ހުޅުމާލޭގައި 10 ބުރިއަށް ނަގަން ހުއްދަ ދެނީ އިހަށް ދުވަހު ހެދި މާސްޓާޕްލޭނާ ހިލާފަށް

ހުޅުމާލޭގެ ހަތަރު ވަނަ މާސްޓާޕްލޭން: މި ޕްލޭން އާންމުކުރިތާ އަދި ހަ މަސް ނުވޭ -- ކުރެހުން: އެޗްޑީސީ

ހުޅުމާލޭގެ ހަތަރު ވަނަ މާސްޓާޕްލޭން: މި ޕްލޭން އާންމުކުރިތާ އަދި ހަ މަސް ނުވޭ -- ކުރެހުން: އެޗްޑީސީ

ހުޅުމާލޭގެ ދެ ފިޔަވަހިން އަމިއްލަ މީހުންނަށް ދިރިއުޅެން ދޫކޮށްފައި ހުރި ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރުމަށް ގަވާއިދުތައް ބަދަލުކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ މި ދާދި ފަހުން އާންމުކުރި ހުޅުމާލޭގެ މާސްޓާޕްލޭނާ ހިލާފަށް ކަން "އަދަދު" އަށް އެނގިއްޖެ އެވެ.

ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހު އާންމުކުރީ މި އަހަރުގެ މެއި 26، ގަ އެވެ. އާ މާސްޓާޕްލޭންގައި އެންމެ ބޮޑު ބަދަލުތަކެއްގެ ގޮތުގައި ފޭސް ދޭކާއި ފޭސް ތިނެއްގެ ބިން ގުޅުވާލައިގެން ހިއްކުމާއި، ބަނދަރު ސަރަހައްދު ބޮޑުކުރުމެވެ. މިއީ، ހުޅުމާލެއަށް އެކުލަވާލި ހަތަރު ވަނަ މާސްޓާޕްލޭނެވެ.

މި މާސްޓާޕްލޭންގައި އޮތް ގޮތުން، ހުޅުމާލޭގެ އެއް ވަނަ ފިޔަވައްސާއި ދެ ވަނަ ފިޔަވަހިން، ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތައް ހިމެނޭހެން، އެންމެ އުސްކޮށް އިމާރާތްކުރެވެނީ ހަތް ފަންގިފިލާއަށެވެ. އެއަށް ވުރެ އުސްކޮށް އިމާރާތްކުރެވެނީ ސޯޝަލް ހައުސިން އާއި މެދު ފަންތީގެ ހައުސިން އާއި ލަގްޒަރީ ހައުސިންއަށް ހާއްސަކޮށްފައިވާ ބިންތަކުގަ އެވެ. މި ބިންތަކުގައި އިމާރާތްކުރެވޭނީ 15 ފަންގިފިލާއަށެވެ.

ނަމަވެސް، މުއިއްޒު ވަނީ އަދި އާންމުކުރިތާ ހަތް މަސް ނުވާ މާސްޓާޕްލޭނާ ހިލާފަށް 10 ފަންގިފިލާއަށް އިމާރާތްކުރަން ގަވާއިދުތައް ބަދަލުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އެއީ، ތިރީ ފްލޯ ޕާކިންއަށް، އަދި އެއް ފްލޯ ކޮމާޝަލް ޖާގައަށް ހާއްސަކުރަން ޝަރުތުކޮށެވެ.

"މި ދެ ފިޔަވަހީގައި ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރެވޭ އުސްމިން ވައުދުވެފައިވާ ގޮތަށް 10 ބުރިއަށް ބަދަލުކޮށްދޭނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

މިއީ ވައުދެއް ކަމަށް ވިދާޅުވެ އެކަން ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިިއިރު، މި ފަހުން މާސްޓާޕްލޭނަށް ބަދަލު ގެނައި އިރު، އެ ބަދަލު އެޗްޑީސީން ނުގެނައީ ކީއްވެގެން ކަމެއް ނޭނގެ އެވެ. އަދި، މުއިއްޒު އާއި ސަރުކާރުގެ ވިސްނުމާ ހިލާފަށް ބޮޑު ހަރަދު ކޮށްގެން މާސްޓާޕްލޭނެއް އެކުލަވާލި ސަބަބެއް ވެސް ނޭނގެ އެވެ.

ހުޅުމާލޭގެ މާސްޓާޕްލޭންތައް އެކުލަވާލަނީ، ބިން ބޭނުންކުރާނެ ގޮތުގެ އިތުރުން، އެއީ ބޯހިޔާވަހިކަމުގެ ބޭނުމަށް ދޫކުރާ ބިމެއް ނަމަ، އެ ބިމެއްގައި އިމާރާތްކުރެވޭނެ ފަންގިފިލާގެ އަދަދު ކަނޑައަޅައި، އެ އިމާރާތެއްގައި ދިރިއުޅޭނެ ކަމަށް ލަފާކުރެވޭ މީހުންގެ އަދަދު ހިމަނައިގެންނެވެ.

އާބާދީގެ އަންދާޒާތައް މުހިންމު ވަނީ ތަނުގެ އެހެން ހިދުމަތްތައް ގާއިމުކުރާނެ މިންވަރު ދެނެގަތުމަށެވެ. މިސާލަކަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމެވެ. މި ނިޒާމު ފަރުމާކުރަނީ ދިރިއުޅޭ އާބާދީއަށް، ލޯޑު ބޮޑު ނުވެ، ހިދުމަތް ދެވޭނެ ގޮތަށެވެ.

އޭގެ އިތުރުން އެ ތަނެއްގައި ހުންނާނެ ސްކޫލުތަކާއި މިސްކިތްތަކާއި ހިތްފަސޭހަ މައިޒާންތަކުގެ އަދަދާއި، އާންމު އިޖުތިމާއި ބޭނުންތަކަށް ޖާގަ ކަނޑައަޅާނެ މިންވަރު ވެސް ބިނާކުރަނި ދިރިއުޅޭނެ ކަމަށް އަންދާޒާ ކުރާ އާބާދީގެ އަދަދަށް ބިނާކޮށެވެ.

މިހެން ނަމަވެސް މާސްޓާޕްލޭނަކީ ގާނޫނީ ގޮތުން އޭގައި ބުރަދަނެއް ހުރި އެއްޗެއް ނޫން ކަމުން އެއަށް އެއްވެސް ބަދަލެއް ނުގެނަޔަސް ސަރުކާރުން ބޭނުން ވެއްޖެ ހިނދެއްގައި ހުޅުމާލޭގައި 10 ބުރިއަށް އިމާރާތްކުރަން ހުއްދަ ދެވޭނެ އެވެ. އަދި މި ހުއްދަ ދިނުމުގެ ބާރު ލިބެނީ، އެޗްޑީސީއަށް ނޫން ކަމަށާއި އެއީ ޕްލޭނިން މިނިސްޓްރީއަށް ލިބޭ ބާރެއް ކަމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުން އޮތީ ކަނޑައަޅާފަ އެވެ.

މަޖިލީހުން މިހެން ކަނޑައެޅި ނަމަވެސް، އެޗްޑީސީން ބިލްޑިން ޕާމިޓްތައް ދޫކުރަމުން އަންނަނީ އެ ކުންފުނިން ގެންގުޅޭ ގަވާއިދުތަކުގެ ދަށުންނެވެ. މީގެ ތެރެއިން ފޭސް އެކަކާ ގުޅޭ ގަވާއިދު އެޗްޑީސީގެ ވެބްސައިޓުން ފެންނާކަށް ނެތެވެ. ފެންނަން އޮތީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕްލޭނިން އަދި އިމާރާތްކުރުމުގެ އުސޫލެވެ. އެ އުސޫލުގައި އޮތް ގޮތުން އެންމެ އުސްކޮށް އިމާރާތްކުރެވެނީ ހަ ފަންގިފިލާއަށެވެ.

މިއީ ވެސް މި ސަރުކާރުން އެޗްޑީސީ ހިންގަން ހަަވާލުކުރި މެނޭޖުމަންޓުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު 2، ގައި އާންމުކޮށް އެ އަހަރުގެ އޮކްޓޫބަރު 8، އިން ފެށިގެން އަމަލުކުރަމުން އަންނަ ގަވާއިދެކެވެ.

އެޗްޑީސީގެ މިހާރުގެ މެނޭޖުމަންޓުން ގެންގުޅޭ ސްޓޭންޑެއް ނޭނގުނު ނަމަވެސް، އެޗްޑީސީގެ ކުރީގެ މެނޭޖުމަންޓުން ވަނީ ހިދުމަތްތަކަށް ނުތަކާ ވަރަށް ހުޅުމާލޭގައި އިމާރާތްކުރަން ހުއްދަ ނުދޭނެ ކަމަށް ބުނެފަ އެވެ. ކުރީގެ ޕްލޭނިން މިނިސްޓަރު އަސްލަމް ވެސް ގެންގުޅުއްވީ މި ސްޓޭންޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox