ވިކްޓަރީން ފަހަތުން އަރައި ނިއު ރޭޑިއަންޓް ބަލިކޮށްފި

Dec 19, 2025, 6:07 PM
ވިކްޓަރީގެ ލެޗްނީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ވިކްޓަރީގެ ލެޗްނީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވިކްޓަރީ ސްޕޯޓްސް ކްލަބުން ފަހަތުން އަރައި، 3-1 އިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.

މި މޮޅާ އެކު، ވިކްޓަރީ ވަނީ ލީގުގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ، 11 މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. ނިއު އިން ތިން ވަނައިގައި އޮތީ 11 މެޗުން 20 ޕޮއިންޓާ އެކު އެވެ.

ވިކްޓަރީން ލީގުގެ ފުރަތަމަ ބުރުގައި ނިއު އަތުން 4-0 އިން ބަލިވިއިރު، ދެ ވަނަ ބުރުގައި މި ވަނީ ބަދަލުހިފައިފަ އެވެ. އަނެއްކޮޅުން، މިއީ މި ފަހަރު ލީގުގައި ނިއު އިން ބަލިވި ތިން ވަނަ މެޗެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި ނިއު އިން ވަނީ ލީޑުނަގައިފަ އެވެ. ވިކްޓަރީ ކުޅުންތެރިން އަތުން ބޯޅަ ހޯދައި، ނިއުގެ ކެޕްޓަން، އަލީ ފާސިރު (ސެންޓޭ) ހުސްކޮށްލާފައި، ބްރެޒިލްގެ މިޑްފީލްޑަރު، ގޯމޭސް ޑަ ސިލްވާ އަށް ދިނުމުން އޭނާ ވަނީ ހަމަޖެހިލައިފައި ގޯލުގެ މަތީ ދާގަނޑަށް ފޮނުވާލައިފަ އެވެ.

އޭގެ ފަހުން، މެޗުގެ 10 ވަނަ މިނިޓްގައި، ނިއު އިން ލީޑުފުޅާކުރަން ރަނގަޅު އެޓޭކެއް ކުރި އެވެ. އެ ގޮތުން، ނިއުގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ނަގައިިދިން ހުރަހަކަށް ހުސްކޮށް އަރައި، ޑަ ސިލްވާ ބޮލުން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ވިކްޓަރީން މަޑުމަޑުން މެޗުގެ ތެރެއަށް އައިސް، 29 ވަނަ މިނިޓްގައި ލަނޑު ޖަހައި ނަތީޖާ ހަމަހަމަކުރި އެވެ. މި ފަހަރުގެ ޓްރާންސްފާގައި ނިއުއާ ގުޅެން މަޝްވަރާކޮށް، ފަހުން ވިކްޓަރީ އަށް ލޯނަކަށް ސޮއިިކުރި އީގަލްސްގެ ކެޕްޓަން، އަހުމަދު ރިޒުވާން (ރިޒޭ)، ތަނަވަސްކޮށްދިން ފުރުސަތެއްގައި ބޯޅަ، ކޮންޓްރޯލް ކުރުމަށް ފަހު، ސްލޮވާކިއާ ފޯވާޑް، މިލޯސް ލެޗްނީ ވަނީ ގޯލަަށް ބޯޅަ ފޮނުވާލައިފަ އެވެ.

ނިއު އަށް އަލުން ލީޑުނަގައިދޭން ޑަ ސިލްވާ ފޮނުވާލި ހަމަލާ އާއި އެ ޓީމުން މި ފަހަރު ގެނައި ލައިބީރިއާ ގައުމީ ޓީމުގެ މިޑްފީލްޑަރު، އަބްދުﷲ ބިލިޓީ ފޮނުވާލި ބޯޅަތައް ވިކްޓަރީގެ ގޯލުގައި ހުރި ނޭޕާލް ގައުމީ ޓީމުގެ ކީޕަރު، ކިރަން ކުުމާރު ވަނީ މަތަކޮށްފަ އެވެ.

ދެ ވަަނަ ހާފްގައި ކުޅުން ފަށައިގެން ނިއު އިން ކުރިއަށް ޖެހިގެން އެޓޭކްކުރަމުން ދަނިކޮށް، ވިކްޓަރީން ވަނީ ލިބުނު ފުރުސަތުގައި ގޯލު ޖަަހައި ލީޑުނަގައިފަ އެވެ. މެޗުގެ 57 ވަނަ މިނިޓްގައި، އަަރިމަތިން ވިކްޓަރީގެ ފުލްބެކް، އަލީ ޝާމިސް (ތޮއްޕޭ) ނެގި ހުރަހަކުން އޭރިއާތެރެއިން ލެޗްނީ ވަނީ ފުންމައިގެން އަރައި ގޯލުގެ ތެރެއަށް ބޮލުން ބޯޅަ ފޮނުވާލައިފަ އެވެ.

ނިއު އިން ބަދަލަކަށް މުހައްމަދު ފާސިރު (ފާއްޓޭ) އާއި ރިހާމް އަބްދުލް ގަނީ (ބޮބީ) ކުޅެން އަރުވައި، އެޓޭކަށް ގިނަ ކުޅުންތެރިންތަކެއް ފޮނުވައިގެން ކުޅެން ފެށި އެެވެ. އެކަމަކު، ނިއު އިން ފޮނުވާލި ގިނަ ބޯޅަތަކެއް ކީޕަރު ކިރަން ވަނީ މަތަކޮށްފަ އެވެ.

ވިކްޓަރީން ތިން ވަނަ ލަނޑު ޖެހީ 87 ވަނަ މިނިޓްގަ އެވެ. ކޯނަރަކުން ނަގައިިދިން ބޯޅައެއްގައި، ލެޗްނީ ބޮލުން ފޮނުވާލި ބޯޅަ ކީޕަރު ފައިސަލް އަތުގައި ޖެހިފައި ރީބައުންސަށް ނުކުތް ވަގުތު އުޒްބެކިސްތާންގެ ޑިފެންޑަރު، ޖަވޯހިރް އަޒަމޯވް ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

އޭގެ ފަހުން، ނިއު އަށް ލަނޑެއް ޖަހައިދޭން، ސެންޓޭ ހުސްކޮށްލާފައި ފާއްޓޭ އަށް ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ފޮނުވާލިއިރު، އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި، އިތުރު ވަގުތުގެ ތެރޭގައި، ސެންޓޭ ޖެހި ބޯޅައެއް ކީޕަރު ކިރަން ވަނީ ހުއްޓުވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox