މައްސަލައަށް ހޯދި ހައްލުން އުފެދުނު ބޮޑު މައްސަލަ

މިއީ އޭއައިއިން ތައްޔާރުކޮށްފައިވާ ކުރެހުމެއް

މިއީ އޭއައިއިން ތައްޔާރުކޮށްފައިވާ ކުރެހުމެއް

އިންޑިއާގައި އިނގިރޭސީންގެ ކޮމްޕެނީރާޖް ނުވަތަ ކުންފުނީގެ ވެރިކަން ހިނގަމުން ދިޔަ ދުވަސްވަރުގެ ވާހަކަ އެކެވެ. ދިއްލީގައި އާދަޔާ ހިލާފަށް ހަރުފަ ގިނަވެ، އެ ހަރުފަތައް މީހުންނަށް ހަމަލާދޭ މިންވަރުވެސް އެތައް ތަނަކުން އިތުރުވެގެން ދިޔައީ އެވެ. އޭރު އަންދާޒާ ކުރެވުނު ގޮތުން، ހަރުފައިގެ އެންމެ ވިހަގަދަ ނަސްލުކަމަށްވާ ކޯބްރާގެ ހަމަލާތަކުގައި އިންޑިއާއިން އަހަރަކު ވިހިހާސް މީހުން މަރުވެ އެވެ. ހަރުފަ ނުއުޅޭ ތަނެއް ނެތެވެ. ގޮވަތިގެދޮރާއި ބަގީޗާތަކާއި ހާމަ މަގުތަކުގައި ވެސް މިނިވަންކަމާއެކު އެސޮރުމެން ދުވެ ނަގަނީ އެވެ. ކުޑަކުއްޖެއް އަންހެނެއް މުސްކުޅިއެއް ބެލުމެއް ނެތި ދިމާވި ކޮންމެ މީހަކަށް ހަމަލާ ދެނީ އެވެ.

ހަރުފަތަކުގެ ތެރެއިން ވެސް ކޯބްރާއޭ މި ކިޔާ ބާވަތުގެ ހަރުފަ ވިހަލައިފިނަމަ ދޭނޭ ފަރުވާއެއް އިންޑިއާގައި އޭރު ނެތެވެ. އިނގިރޭސިންގެ ކުންފުނި ސަރުކާރުގެ ފަރާތުން ޑރ.ޖޯން ޝޮޓް ދިޔައީ ފަރުވާއެއް ހޯދުމަށް ދިރާސާކުރަމުންނެވެ. އެހެންނަމަވެސް އެ ދިރާސާތަކުން އެދެވޭ އަލިމަގެއް ނުފެނެ އެވެ. ހަރުފައިގެ ހަމަލާތަކުގައި މީހުން މަރުވާ ނިސްބަތް ދިޔައީ އިތުރުވަމުންނެވެ. ހަރުފަ އާބާދީ ވެސް އިތުރުވެ ކޮންމެ އަކަމޭލެއްގައި އެއްހާހަށް ވުރެ ގިނަ ހަރުފަ އުޅޭނޭ ކަމަށް އޭރު އަންދާޒާ ކުރެވުނެވެ.

މި މައްސަލަ ކިތަންމެ ބޮޑުވިޔަސް މިކަމުގެ ހައްލެއް ކަމުގައި އިދާރާތަކުން ފުރަތަމަ ދުށީ ފަރުވާއެއް އީޖާދުކުރުމެވެ. އެކަމަށް އިންޑިއާގެ އެކި ސަރަހައްދުތަކުގެ ރަސްރަސްކަލުން ވަރަށް ބޮޑެތި ހަރަދުތައް ކުރި އެވެ. އިނގިރޭސި ކުންފުނި ސަރުކާރުން ވެސް ގެންދިޔައީ އެހެން ގައުމުތަކާ ވެސް ގުޅިގެން ފަރުވާއެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ކާމިޔާބަކާ ހަމައަށް ވާސިލުވުމުގެ ކޮޅުމަތި ވެސް ދައްކައިނުލި އެވެ.

މިކަމެއްގެ ތެރޭގައި ދެއަހަރެއްހައި ދުވަސް ވީއިރު އިނގިރޭސި ކުންފުނި ސަރުކާރުން އެތައް މަޝްވަރާއަކަށްފަހު ނިންމީ ހަރުފަތައް މެރުމަށެވެ. އެކަމަކު މިއީ ކުންފުނި ސަރުކާރުގައި ހުރި ވަސީލަތްތަކުން އެކަނި ކުރެވެން އޮތް ކަމެއް ނޫނެވެ. އާންމުންގެ އެހީތެރިކަން ބޭނުންވެ އެވެ. އެހެންނަމަވެސް، އިންޑިއާގެ ހިންދޫއިންގެ މެދުގައި ހަރުފައަކީ ހުރުމަތްތެރި ޖަނަވާރެކެވެ. އެހެންވީމާ ހަރުފަ މެރުމުގައި އާންމުންގެ އެއްބާރުލުން ލިބިދާނޭކަމާމެދު އޮތީ ސުވާލު އުފެދިފަ އެވެ.

ކުންފުނި ސަރުކާރުން މިކަމަށް ހޯދި ހައްލަކީ މަރާލާ ކޮންމެ ކޯބްރާއަކަށް ދެ އަނާގެ ފައިސާގެ އިނާމެއް ކަނޑައެޅުމެވެ. އަނާއަކީ ރުޕީއެއްގެ އަށްބައިކުޅަ އެއްބައެވެ. ސެޕްޓެމްބަރު 23، 1872 ގައި އިއުލާނުކުރެވުނު މި މަޝްރޫއު ހިނގަން ފެށީ ވަރަށް ލަސް ދުވެލީގަ އެވެ. މާޗް 1873 އާ ހަމައަށް އާންމުންގެ ފަރާތުން މަރާލައިގެން ގެނައީ އެންމެ 74 ކޯބްރާ އެވެ. އެހެންނަމަވެސް، ދުވަހު ނޫސްތަކުގެ އިޝްތިހާރުތަކުގެ ސަބަބުން، ކޯބްރާ މަރާލާ މީހުންނަށް ފައިސާ ލިބޭ ޕްރޮގްރާމްގެ ކާމިޔާބީ ފެންނާން ފެށި އެވެ. އިންޑިއާގައި އޭރު ވެސް އޮތް ފަގީރުކަން އެއީ މި ޕްރޮޖެކްޓުގެ ކާމިޔާބީގައި ބޮޑު ދައުރެއް އަދާކުރި ކަމެކެވެ. ސެޕްޓެމްބަރު 1873 އާ ހަމައަށް އައިއިރު 1.2 މިލިއަން ހަރުފަ މަރާލައިގެން އެތައް ބަޔަކު ފައިސާގެ އިނާމު ހޯދައިފި އެވެ. ދީނީ ގަބޫލުކުރުމާއި އަގުކުރުންތަކުގެ މައްޗަށް ބަނޑުހައިހޫނުކަމާއި އަސާސީ ޒަރޫރަތުތައް އަބަދުވެސް ކުރި ހޯދާ ކަމުގެ ފުރިހަމަ މިސާލެކެވެ.

މިހާރު ދިއްލީގެ މަގުތަކުން ކޯބްރާ ފެންނަނީ މަދުންނެވެ. ގޭގެއަށް ވަދެ އުޅުމާއި މީހުންނަށް ހަމަލާދޭ ނިސްބަތް ވެސް މަދުވެއްޖެ އެވެ. ކުންފުނި ސަރުކާރުން ދުށީ އެމީހުން ފެށި މަޝްރޫއު ކާމިޔާބުވީ ކަމަށެވެ. ފަހުން މި މަޝްރޫއު މުޅި އިންޑިއާއަށް ފުޅާކޮށް އެކި ސަރަހައްދުތަކުގައި އެކި ނިސްބަތަށް ފައިސާގެ އިނާމު ކަނޑައެޅި އެވެ. މަޝްރޫއުގެ ދާއިރާ ވެސް ފުޅާކޮށް ހަރުފައިގެ އިތުރުން އެހެނިހެން ވަލުޖަނަވާރު މަރާލައިގެން ގެންނަ މީހުންނަށް ވެސް ފައިސާގެ އިނާމު ދޭ ގޮތަށް ކަނޑައެޅި އެވެ.

މަޝްރޫއުގެ ކާމިޔާބީ ފާހަގަކުރަމުން ދިޔައިރު އެހެން ކަހަލަ ޝައްކުތަކެއް ވެސް ދިޔައީ އުފެދެމުންނެވެ. އަހަރެއްގެ މައްޗަށް އެތައް މިލިއަން މީހުން އެތައް މިލިއަން ހަރުފައެއް މަރާލާއިރު ވެސް ފައިސާގެ އިނާމު ހޯދުމަށް މަރުވެފައިވާ ހަރުފަ ގެންނަ ނިސްބަތް މަދު ނުވެ އެވެ. މިކަމާމެދު ފިކުރު ހިންގިއިރު އެންމެ އަވަހަށް އާދެވުނު ނަތީޖާއަކީ، ހަރުފަ މަރާލައިގެން ލިބޭ ފައިސާ ހޯދުމަށްޓަކައި ސިއްރުން ހަރުފަ އާލާކުރުން އާންމުވީ ކަމެވެ. މި ޝައްކުގެ މައްޗަށް ކޮންމެވެސް މިންވަރެއްގެ ތަހުގީގެއް ހިންގުނު ނަމަވެސް އޭރު ހެއްކެއް ނުހޯދުނެވެ.

ފަހުން، ފުރިހަމަ ތަހުގީގެއް ކުރެވުނުއިރު ހާމަވީ ކަމަކީ، ސަރުކާރުން ދެމުން ގެންދިޔަ ފައިސާގެ ބޭނުމުގައި ކޮންމެ ގެއެއްގައި ހަރުފަ ކޮށްޓެއް ބަހައްޓައިގެން ހަރުފަ އާލާކުރަމުން ގެންދިޔަ ކަމެވެ. ހަރުފަތައް އެކަށީގެންވާ ސައިޒަކަށް ބޮޑުވުމުން މަރާލަނީ އެވެ. ކޮންމެ މީހަކު ވެސް އެ މީހަކަށް ކުޅަދާނަވީ މިންވަރަކުން ގޭގައި ހަރުފަ އާލާކުރަމުން ގެންދިޔައީ އެވެ. މިކަން ނޭނގި އޮތީ އިނގިރޭސި ސަރުކާރަށެވެ. މިކަން ފަޅައިއެރުމާއެކު ކުންފުނި ސަރުކާރުން އެ ސްކީމް އެކީއެކަށް ހުއްޓާލި އެވެ.

ކޯބްރާ އާލާކުރަމުން ގެންދިޔަ މީހުންނަށް މިކަން ވީ ބޮޑު ގެއްލުމަކަށެވެ. ގޭގޭގައި ކޯބްރާ އާލާކުރެވޭނީ ކޮންމެވެސް ވަރެއްގެ އިންވެސްޓްމަންޓްތަކެއް ވެސް ކޮށްގެންނެވެ. އެތަކެއްޗަށް ސަރުކާރުން ފައިސާ ނުލިބޭނަމަ ކޯބްރާ އާލާކުރުމުގެ ބޭނުމެއް ނެތެވެ. އެހެންވީމާ، ކޯބްރާ އާލާކުރަމުން ގެންދިޔަ މީހުން އެ މަސައްކަތް ހުއްޓާލައި ކޮށިތައް ހުޅުވައި ހުރިހާ ކޯބްރާތަކެއް މިނިވަންކޮށްލި އެވެ. ނަތީޖާއަކަށްވީ، އަނެއްކާ ވެސް ކޯބްރާތަކުން އިންޑިއާގެ މަގުތައް ފުރުމެވެ.

އިކޮނޮމިކްސް ކިޔަވާ ދަރިވަރުން ވާނީ 'ދަ ކޯބްރާ އިފެކްޓް' ގެ ނަމުގައި މި ވާހަކަ އަޑުއަހާފަ އެވެ. މި ވާހަކަ ބޭނުންކުރަނީ މައްސަލައަކަށް ހޯދާ ހައްލުގެ ސަބަބުން އިތުރު މައްސަލަތައް އުފެދިދާނޭ ހާލަތްތަކާ ގުޅުވައިގެންނެވެ. އެ ފިލާވަޅުގައި ބުނެދެނީ މައްސަލައަކަށް ހޯދާ ހައްލަކީ އެހެން މައްސަލަތަކަކަށް ދެވޭ ދައުވަތަކަށް ނުވާނޭ ގޮތަށް ވިސްނުމަށެވެ.

އަޅުގަނޑުމެންގެ މުޖުތަމައުއަށް ބަލާއިރު ވެސް މިކަހަލަ ކިތަންމެ ކަމެއް ފެނިފައި އެބަހުއްޓެވެ. ކަންކަމަށް ހޯދާ މޮޅު ހައްލުތައް 'އަތަށް ގޮވާފައި' ހުރީ މަދެއްކޮށެއް ނޫނެވެ. އެކަންކަމުން އަޅުގަނޑުމެން އިބުރަތެއް ވެސް ހާސިލެއް ނުކުރެ އެވެ. މި ތިއަރީ ތަތުބީގު ކުރެވެނީ ހަމައެކަނި ވަކި މަގުސަދެއް ހާސިލުކުރުމަށްޓަކައި 'އިންސެންޓިވް' ދިނުމުގެ މައްޗަކަށް ނޫނެވެ. ކަންކަން މަނާކުރުމުގެ ސިޔާސަތުގައި ވެސް މިއީ މުހިންމު ތިއަރީއެކެވެ. އެއްވެސް ކަމެއް މަނާކުރާއިރު، މަގުގެ އެއްފަރާތުން ހުޅުވިދާނެ އިތުރު ދޮރުތަކަށް ސަމާލުކަން ދޭންޖެހެ އެވެ.

ރާއްޖޭގައި މި ނަތީޖާ ފެނުނު މަޝްރޫއުތަކެއް އެބަހުރި ހެއްޔެވެ؟ އާބާދީ ކޮންޓްރޯލްކުރުމުގެ ޕްރޮޖެކްޓާމެދު ދެކެނީ ކިހިނެއް ހެއްޔެވެ؟ ސިނގިރޭޓު އަގުބޮޑު ކުރުމާއި ވޭޕު މަނާކުރުމުގެ މަސައްކަތަށް މި ނަޒަރިއްޔާގެ ނުފޫޒު ފޯރި ބާއެވެ؟ ސުކޫލު ކުދިންގެ ޔުނިފޯމަށް ގެނައި ބަދަލާއި، ބައެއް ދާއިރާތަކުން ބިދޭސީ މަސައްކަތްތެރިން ގެނައުން މަނާކުރުމާއި، ބިދޭސީން ދަންވަރު ބޭރުގައި އުޅުން ދަތިކުރުމަށް ނިންމި ނިންމުމުގެ ނަތީޖާއެއްގެ ގޮތުން މި 'ކޯބްރާ އިފެކްޓް' ފެނިދާނެބާ އެވެ. އަޅުގަނޑަކަށް ނޭނގެ އެވެ. މިކަންކަމުގައި ސިޔާސަތު ކަނޑައެޅި ބަޔަކު އެ ސިޔާސަތެއް ކަނޑައެޅި މޭޒުގައ މި ވާހަކަ ވެސް ދެކެވި، މިކަމާމެދު ވެސް ފިކުރު ހިންގާފައި އޮންނާނެކަމަށް އުއްމީދުކުރެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox