ދަސްވެނިވި ފުލުހުންގެ ކިބައިން އިހުސާން އެދުނީ ގޭންގުތަކާއި ޑްރަގުގެ ވަބާއިން ގައުމު ސަލާމްތަވަންދެން ކެނޑިނޭޅި މަސައްކަތް ކުރުމަށް

ރޭ އޮތް ފުލުހުންގެ ދަސްވެނިވުމުގެ ޖަލްސާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ހޯމް މިނިސްޓަރު، އަލީ އިހުސާން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ފުލުހުން

ރޭ އޮތް ފުލުހުންގެ ދަސްވެނިވުމުގެ ޖަލްސާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ހޯމް މިނިސްޓަރު، އަލީ އިހުސާން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ފުލުހުން

ގޭންގުތަކާއި ޑްރަގުގެ އިތުރުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ކިބައިން ގައުމު ސަލާމަތްކޮށް ކުށުގެ ވެށީގައި އުޅޭ ކުދިން ހަމަ މަގަށް އެޅުވެންދެން ކެނޑިނޭޅި މަސައްކަތް ކުރުމަށް އަލަށް ދަސްވެނިވި ފުލުހުންގެ ކިބައިން ހޯމް މިނިސްޓަރު އިހުސާން އެދިވަޑައިގަންނަވައިފި އެވެ.

އައްޑޫގައި ރޭ އޮތް ފުލުހުންގެ އިނީޝަލް ޓްރެއިނިން ކޯހުގެ ދަސްވެނިންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ދިވެހި ރައްޔިތުން އެދެނީ ދިވެހިރާއްޖޭގެ ކޮންމެ މަގަކީ އަދި ކޮންމެ ރަށަކީ ވެސް ރައްކާތެރިކަން ކަށަވަރުވެފައި އޮތް ތަނަކަށް ހެދުމަށް ކަމަށެވެ. އެކަން ހާސިލު ކުރުމަށްޓަކައި ފުލުހުންނާ މިޝަންތަކެއް ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަސައްކަތްތަކަކީ ދިވެހިރާއްޖެއިން ޑްރަގުގެ ވަބާ އެއްކޮށް ނައްތައިލުމާއި ދިވެހިރާއްޖޭގައި ގޭންގު ހަދައިގެން ކުށް ކުރަމުން މި އަންނަ ގްރޫޕުތައް އެއްކޮށް ގާނޫނުގެ ކުރިމައްޗަށް ގެނައުމާއި އަދި އެ މީހުންގެ ފަރާތުން މި މުޖުތަމައު ސަލާމަތް ކުރުން ކަމަށް އިހުސާން ވިދާޅުވި އެވެ.

އޭގެ އިތުރުން ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލު ކުރުމާއި ކުށުގެ މާހައުލުގައި އުޅެމުންދާ ތުއްތު ކުދިން ކުށުގެ މާހައުލުން ނެރެ އެ ކުދިންނަށް ބޭނުންވާ ތަމްރީނާއި އެ ކުދިންނަށް ބޭނުންވާ އެކިއެކި ޕްރޮގުރާމުތައް ހިންގައި ކުށުގެ މާހައުލު އެއްކޮށް ނައްތައިލުމަކީ ވެސް ފުލުހުންނާ ހަވާލުކޮށްފައިވާ މިޝަންއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ދުވަހަކީ މި ދެންނެވި ފަދަ ނުރައްކާތެރި ފަރާތްތަކާއި ނުރައްކާތެރި މާހައުލުތަކުގައި ފުލުހުން ހިދުމަތް ކުރަންޖެހޭނެ ދުވަހެއް، މި ކަމަށް ތިޔަ ފުލުހުން ތިޔަ ތިބީ ތައްޔާރަށް، މި ކަމަށްޓަކައި މާދަމާއިން ފެށިގެން ކެނޑިނޭޅި މި މިޝަންތައް ހާސިލުވަންދެން މަސައްކަތް ކޮށްދެއްވުމަކީ ތިޔަ އެންމެހާ ފުލުހުންގެ ކިބައިން އަޅުގަނޑު އެދޭ އެދުން،" އިހުސާން ވިދާޅުވި އެވެ.

ރައްޔިތުން އެދެނީ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން 100 ޕަސެންޓު ކަށަވަރުވެފައި އޮންނަން ކަމަށް އޭނާ ވިދާޅުވި އެވެ. ފުލުހުން މަސައްކަތް ކުރަންޖެހެނީ އެކަން ހާސިލުކޮށް އެފަދަ މާހައުލެއް ރާއްޖޭގައި ގާއިމުކުރަން ކަމަށް އިހުސާން ވިދާޅުވި އެވެ.

އެ މަސައްކަތުގައި ފުލުހުން އުޅޭއިރު، ކޮރަޕްޝަންގެ މުޑުދާރު ފައިސާ އާއި މަގާމުގެ ކުރިއެރުން ދިނުމަށް ވެސް މީހުން ވައުދުވާނެ ކަމަށް އިހުސާން ވިދާޅުވި އެވެ. އެހެން ނަމަވެސް، ފުލުހުންގެ ކޯހުން ދަސްވި އެއްޗެއްގެ ބޭނުން ހިފައި ސާބިތުކަން ދޫކޮށް ނުލުމަށް އޭނާ ދަސްވެނިންނަށް ގޮވައިލެއްވި އެވެ.

"ތިޔަ ހެއްދެވި ތަމްރީނާއި މިއަދު ތިޔަ ތިއްބެވި ސާބިތުކަން ދޫކޮށްލައިގެން ނުވާނެ، އަޅުގަނޑުމެންގެ މި މުއައްސަސާގައި އެބްސޮލިއުޓް ޒީރޯ ޓޮލެރެންސް އޮންނާނީ ކޮރަޕްޝަންއަށް، އެހެންވީމާ މިފަދަ ބަލިމަޑުކަމެއްގައި އެއްވެސް ފުލުހަކު ނުޖެހުމަކީ އަޅުގަނޑު ދޭ ނަސޭހަތެއް،" އިހުސާން ވިދާޅުވި އެވެ.

ގައުމީ ހިދުމަތައް ދަރިން ނެރުމަކީ އާއިލާއަކަށް ކުރެވޭނެ އެންމެ ބޮޑު ގައުމީ އެއް ހިދުމަތް ކަމަށް ވިދާޅުވެ، ރޭ ދަސްވެނިވި ފުލުހުންގެ އާއިލާތަކަށް އިހުސާން ޝުކުރު އަދާކުރެއްވި އެވެ.

ފުލުހުންގެ 41 ވަނަ އިނީޝަލް ޓްރެއިނިން ކޯސް ފުރިހަމަކުރި 185 ފުލުހަކު ރޭ ދަސްވެނިވި އެވެ. އޭގެތެރެއިން 96 ފުލުުހުންނަކީ އަންހެނުންނެވެ.

މިފަހަރުގެ ފުލުހުންގެ އިނީޝަލް ކޯހުން އެއްވަނަ ހާސިލުކުރީ ވެސް އަންހެން ފުލުހެކެވެ. ފުލުހުންގެ ތާރީހުގައި ވެސް އިނީޝަލް ޓްރެއިނިން ކޯހުގެ އެއްވަނަ ހާސިލުކޮށްގެން ތާރީހުން ޖާގަ ހޯދީ އިމްޝާ އަބްދުލް ލަތީފް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox