ހުލާސާކޮށް އިއްޔެ: އެޗްޑީސީން ކުރާ އިސްރާފު ދިފާއުކޮށް ބަޔާނެއް

Dec 13, 2025, 1:28 AM
ހުޅުމާލެ މަގު ހަދަން ޗައިނާ ކުންފުންޏަކަށް ބޮޑު އަގެއްގައި ހަވާލު ކުރުން -- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ މަގު ހަދަން ޗައިނާ ކުންފުންޏަކަށް ބޮޑު އަގެއްގައި ހަވާލު ކުރުން -- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ މަގު ހެދުމާއި މަގުތައް މަރާމާތުކުރަން ޗައިނާގެ ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ ބޮޑު އަގެއްގައި މިދިޔަ ހަފްތާގައި ހަވާލުކުރީ ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

މިކަން ހާމަކޮށް އެ ކުންފުނިން ބަޔާނެއް ނެރުނީ, "އެމްޓީސީސީ/އާރުޑީސީ ބާކީކޮށް, ހުޅުމާލޭ މަގުތައް މަރާމާތު ކުރުން ޗައިނާގެ ކުންފުންޏާ ހަވާލުކުރީ ބޮޑު އަގެއްގައި" ކަމަށް ބުނެ، އަދަދު ނޫހުން ރިޕޯޓުކޮށްފައި ވަނިކޮށެވެ.

އެޗްޑީސީގެ ބަޔާނެއްގައި ބުނީ ރޮޓައިމްއާއެކު ސެޓްލްމަންޓް އެއްބަސްވުމެއް ހެދީ އެ ކުންފުންޏާ ހަވާލުކުރި ހުޅުމާލެ ޓެމްޕަރަރީ ވޯކާސް އެކޮމޮޑޭޝަން ތަރައްގީކުރުމުގެ މަސައްކަތުގެ ބަދަލުގައި އެކުލަވާލި އެއްބަސްވުމެއް ކަމަށެވެ.

ޓެމްޕަރަރީ ވޯކާސް އެކޮމޮޑޭޝަން ތަރައްގީ ނުކުރަން ނިންމީ ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ބަދަލު އައުމާއި، އެ ސަރަހައްދުން ބައިނަލްއަގުވާމީ ކުޅިވަރު ސްޓޭޑިއަމެއް އެޅުމަށް ސްޕޯޓްސް މިނިސްޓްރީން އެދުމުން ކަމަށް އެޗްޑީސީން ބުންޏެވެ.

ރޮޓައިމްއާއެކު ހެދި ސެޓްލެމްނަޓް އެއްބަސްވުމުގެ ދަށުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފަސް މަގަކާއި ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓް ކައިރީގައިވާ މަގު ހިމެނޭ ގޮތަށް ޖުމްލަ 19،001 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުރުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ މަގުތަކުގައި ހަލާކުވެފައިވާ 8،012 އަކަމީޓަރުގެ ސަރަހައްދެއް މަރާމާތުކޮށް އަލުން ތާރު އެޅުމަށް ވެސް އެއްބަސްވުމުގެ ދަށުން ވަނީ ހަމަޖެހިފަ އެވެ.

އެޗްޑީސީން ބުނީ މި މަޝްރޫއަށް ހަރަދުވާނީ 91،86،829.15ރ. ކަމަށާއި އެ ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ އެޗްޑީސީގެ ކޭޝްފްލޯއަށް ދަތިނުވާ ގޮތަށް ކަމަށެވެ. އެގޮތުން 50 ޕަސަންޓުގެ ފައިސާ އެއް އަހަރުގެ މުއްދަތަށް ބަހައިގެން ދައްކާއިރު، ބާކީ 50 ޕަސަންޓު ދައްކާނީ 2027 ވަނަ އަހަރުގެ ފެށިގެން ހަ އަހަރު ދުވަހުގެ ތެރޭގައި ކަމަށެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި މަގު ހެދުމުގެ މަޝްރޫއަށް 90 މިލިއަން ރުފިޔާއަށްވުރެ ގިނައިން ހަރަދުވާއިރު، އެ މަޝްރޫއަށް އަރާނެ ކަމަށް ބެލެވެނީ 30 މިލިއަނެއްހާ ރުފިޔާ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގާތްވެގެން އައިއިރު ވެސް ބޮޑު އަގުގައި ޗައިނާ ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކުރި އެވެ.

އެ މަޝްރޫއުތަކުގެ ތެރެއިން މިހާރު ހިނގަމުން އަންނަ ހިޔާ ފްލެޓުތަކުގައި 32 ލިފްޓު ހަރުކުރުމުގެ އަގަކީ 18 މިލިއަން ޑޮލަރެވެ. ބްލެކްމާކެޓު ރޭޓުން ބަލާނަމަ އެއީ 360 މިލިއަން ރުފިޔާ އެވެ. އެތައް ގުނައެއް އަގުބޮޑުކޮށް މި މަޝްރޫއު ހަވާލުކުރުމަކީ ކޮރަޕްޝަން ކަމަށް ތުހުމަތުކުރެވެ އެވެ.

މަޖިލީހުގެ އިންތިހާބާ ދިމާކޮށް ހަވާލުކުރި މިފަދަ ބައެއް މަޝްރޫއުތައް އަދިވެސް ނުފެށި އެބަ ހުއްޓެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox