ހުޅުމާލޭ މަގުތައް މަރާމާތު ކުރުން؛ އެމްޓީސީސީ/އާރުޑީސީ ބާކީކޮށް ޗައިނާގެ ކުންފުންޏާ ހަވާލުކުރީ ބޮޑު އަގެއްގައި!

Dec 11, 2025, 3:50 AM
ހުޅުމާލޭ ފޭސް 2 -- ފޮޓޯ: އަދަދު

ހުޅުމާލޭ ފޭސް 2 -- ފޮޓޯ: އަދަދު

ހުޅުމާލޭގެ މަގުތައް މަރާމާތުކުރުމުގެ ބޮޑު މަޝްރޫއު، އެކަން ކުރުމުގެ ގާބިލްކަން ހުރި އެމްޓީސީސީ އާއި އާރުޑީސީއަށް ނުދީ، ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ އިންތިހާއަށް ބޮޑު އަގެއްގައިކަން އެނގިއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް، އެޗްޑީސީން މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ "ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ" އާ އެވެ.

ބީލަމަކަށް ނުލައި ހަވާލުކުރި މި މަޝްރޫއުގެ މައުލޫމާތާއި ތަފްސީލީ އަގުތައް އެޗްޑީސީން ހާމަކޮށްފައި ނުވި ނަމަވެސް، އެ ކުންފުނީގެ މެނޭޖުމެންޓާއި ބޯޑާ ގާތް ގުޅުމެއް އޮންނަ އިތުބާރު ހުރި ފަރާތްތަކުން "އަދަދު" ނޫހަށް ބުނީ ރޯޓައިމްއާ މަސައްކަތް ހަވާލުކުރީ ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ އަށް ކަމަށެވެ. އެ މަސައްކަތުގެ އަސްލު އަގަކީ ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ ކަމަށް މަސްދަރުތަކުން ބުންޏެވެ.

"މި ހުންނަނީ ގޯސްކަންކަން. ބޯޑުން ފާސްކުރިޔަސް ބޯޑުގެ އެންމެން މިކަމާ ގަޔާވަނީއެއް ނޫން. އަދި އެޗްޑީސީގެ ކަންކަން ކުރިއަށް ވުރެ ވެސް ސިއްރުވެރި ގޮތެއްގައި ކުރިއަށް ގެންދަނީ،" މައުލޫމާތު ދިން މީހަކު ބުންޏެވެ.

މި މަޝްރޫއުގެ އަގާ ގުޅޭ ގޮތުން ސުވާލު ކުރުމުން، ޖަވާބެއް ދެއްވުމުގެ ބަދަލުގައި އެ ކުންފުނީގެ އިސްވެރިޔަކު ވިދާޅުވީ އޮންނަ އުސޫލުން ކުރިޔަށް ދިޔުމަށެވެ. އޭނާ މާނަކުރި ގޮތުގައި އެއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ނުވަތަ ލިޔެކިޔުމުން ޖަވާބު ދިނުމެވެ.

މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގެ މަގުތައް ހެދުމުގެ އިތުރުން ރެކްޓިފިކޭޝަން މަސައްކަތް ވެސް ހިމެނޭ ކަމަށް އެޗްޑީސީން ކުރިން ބުނެފައިވެ އެވެ.

މި އެއްބަސްވުމާ ގުޅޭ އިތުރު މައުލޫމާތެއް އެޗްޑީސީން ހާމަނުކުރާތީ އެ އެއްބަސްވުމުގެ ދަށުން ހަދަނީ ކޮން މަގުތަކެއް ކަމެއް އަދި މަރާމާތު ކުރަނީ ކޮން މަގުތަކެއް ކަމެއް ނޭނގެ އެވެ. އަދި، މިހާރު ހިއްކަމުން އަންނަ ފޭސް ތިނެއްގެ މަގުތައް ޕްރޮޖެކްޓުގައި ހިމެނޭ ކަމެއް ވެސް ސާފެއް ނުވި އެވެ.

މަގު ހެދުމުގެ މަސައްކަތް ހަވާލުކުރި ރޯޓައިމްއަކީ މިދިޔަ އަހަރުގެ ތެރޭގައި ހުޅުމާލޭގައި ސްމާޓް ވެއާހައުސް ކޮމްޕްލެކްސް އާއި އޭގެ ފަހުން ޗިލްޑްރަންސް ސެންޓަރާއި މާލޭގައި ތަރައްގީކުރާ ސާފިން ސްޓޭޑިއަމް ވެސް ތަރައްގީކުރަން ހަވާލުކުރި ކުންފުންޏެވެ.

ދެވަނަ ފިޔަވަހީގައި ހުންނަ، އަދި މިހާރު މަސައްކަތް ނިމުމަކާ ގާތްވެފައިވާ "ކޯ-ލިވިން" އިމާރާތް ވެސް ތަރައްގީކުރަނީ މި ކުންފުނިންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގާތްވެގެން އައިއިރު ވެސް ބޮޑު އަގުގައި ޗައިނާ ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކުރި އެވެ. އެ މަޝްރޫއުތަކުގެ ތެރެއިން މިހާރު ހިނގަމުން އަންނަ ހިޔާ ފްލެޓުތަކުގައި 32 ލިފްޓު ހަރުކުރުމުގެ އަގަކީ 18 މިލިއަން ޑޮލަރެވެ. ބްލެކްމާކެޓު ރޭޓުން ބަލާނަމަ އެއީ 360 މިލިއަން ރުފިޔާ އެވެ. އެތައް ގުނައެއް އަގުބޮޑުކޮށް މި މަޝްރޫއު ހަވާލުކުރުމަކީ ކޮރަޕްޝަން ކަމަށް ތުހުމަތުކުރެވެ އެވެ.

މަޖިލީހުގެ އިންތިހާބާ ދިމާކޮށް ހަވާލުކުރި މިފަދަ ބައެއް މަޝްރޫއުތައް އަދިވެސް ނުފެށި އެބަ ހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox