ދިވެހިރާއްޖެއަށް ރައްޔިތުންގެ މަޖިލީހެއް ބޭނުންވޭތަ؟

ރައްޔިތުންގެ މަޖިލީހުގެ ހާލަތު ދައްކުވައި ދޭން އޭއައި ބޭނުންކޮށްގެން ކުރަހާފައިވާ ތަސްވީރެއް.

ރައްޔިތުންގެ މަޖިލީހުގެ ހާލަތު ދައްކުވައި ދޭން އޭއައި ބޭނުންކޮށްގެން ކުރަހާފައިވާ ތަސްވީރެއް.

އަހަރެއްގެ މައްޗަށް ދިވެހި ދައުލަތުގެ ބަޖެޓުން 250 މިލިއަނަށްވުރެ ގިނަ ރުފިޔާ ރައްޔިތުންގެ މަޖިލިސް ހިންގުމަށް ހަރަދުކުރަންޖެހެ އެވެ. މިއީ ކުޑަ އަދަދެއް ނޫނެވެ. މިއީ ރައްޔިތުންގެ ޓެކްސް ފައިސާ އެވެ. މި ފައިސާއިން ބޮޑު ބައެއް ހޭދަވަނީ މެންބަރުންގެ މުސާރަ އާއި އިނާޔަތްތަކަށެވެ.

ކޮންމެ މެންބަރަކަށް އަސާސީ މުސާރައިގެ ގޮތުގައި 42,500ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި 20,000ރ. އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20,000ރ. އާއެކު، ޖުމްލަ 82,500ރ. މަހެއްގެ މައްޗަށް ގެއަށް ގެންދަން ލިބެ އެވެ. މީގެ އިތުރުން މެންބަރުންނާއި އެބޭފުޅުންގެ އަނބިދަރިންނަށް އާސިއާނުގެ ގައުމުތަކުން ހިލޭ ބޭސްފަރުވާކުރެވޭނެ އެންމެ މަތީ ފެންވަރުގެ އިންޝުއަރެންސް ސްކީމާއި، ވީއައިޕީ ހިދުމަތްތައް ހިމެނޭހެން އޮފިޝަލް ޕާސްޕޯޓުގެ އިމްތިޔާޒު ވެސް ލިބިދީފައި އޮވެ އެވެ. އަދި އެއް ދައުރު މެންބަރުކަން ކޮށްލުމުން އުމުރު ދުވަހަށް ދައުލަތުން ޕެންޝަން ވެސް ލިބެއެވެ.

މިހާ ބޮޑު ހޭދައެއްކޮށްގެން، މިހާ ބޮޑެތި އިމްތިޔާޒުތައް ދީގެން ރައްޔިތުންނަށް ލިބެނީ ކޮން އެއްޗެއް ހެއްޔެވެ؟ ބޮޑު މުސާރައާއި އިނާޔަތްތައް ދިނުމުން ވެސް މެންބަރުންގެ "ބަނޑު ފުރޭ" ކަމަށް ނުވުމެވެ. މަޖިލީހުގެ ތަޅުމަކީ ސަރުކާރު ވައްޓާލަން ރާވާ، އަދި ސަރުކާރުން ބޭނުންވާ ގޮތަށް ވޯޓު ދިނުމަށްޓަކައި "އަގު ކިޔާ" މާރުކޭޓަކަށް ވަނީ ވެފަ އެވެ.

އެކަން ކޮންޓްރޯލްކުރުމަށްޓަކައި ވެރިއަކަށް ހުންނަ މީހާ އެތައް ކޮރަޕްޝަންގެ އަމަލެއް ހިންގުމަށް މަޖުބޫރުވެއެވެ. ބައެއް ފަހަރަށް ދައުލަތުގެ ކުންފުނިތައް އެކި ގޮތްގޮތަށް ދަވާލައްވައިގެން ވިޔަސް މިއިން ކޮންމެ މެންބަރަކު ރުއްސުމާއި ލޮއްސުމަށް އަނެއްކާވެސް އެތައް ފައިސާއެއް ކޮރަޕްޝަންގެ ތެރެއިން ވެސް ހަރަދުކުރަންޖެހެ އެވެ.

މިޔާއެކު ވެސް ބައެއް ބާވަތުގެ ހާއްސަ ގާނޫނުތަކަށް އެހޭ ވޯޓުތަކާއި ބައެއް ކަހަލަ ގަރާރުތައް ފާސްކުރުމަށް ވެސް ވޯޓު ހަމަކުރުމަށް އެކި ގޮތްގޮތުން މެންބަރުން ގަންނާންޖެހެ އެވެ. އަނެއްކާ ވެސް ކޮންމެވެސް ދިމާއަކުން ފައިސާ ހޯދަންޖެހެނީ އެވެ. މިހެން އުޅެފައި ދޭތެރެއަކުން ޕާޓީން ބާއްވާލާ އިވެންޓަކަށް ވެސް މިއިން މެންބަރަކު އެއްޗެއް ދިއްކޮށްލަނީ މަދު ފަހަރަކުއެވެ. އެވެސް އެކެއް ދެމީހެކެވެ.

އަދި މިވަރަކުންވެސް ނުފުދެއެވެ. އިހަށް ދުވަހު ސަރުކާރުން ޕްރޮޖެކްޓުތަކެއް ވެސް ބަހާލަން މިޖެހުނީ އެކަން ކުރެވޭނެ އެންމެ ކޮލިޓީ އަދި އެންމެ އަގުހެޔޮ ގޮތަކަށް ބެލުމުގެ ބަދަލުގައި، މަޖިލިސް މެންބަރުންގެ ކުންފުނިތަކާއި މެންބަރުންގެ ގުޅުން ހުންނަ ކުންފުނިތައް ބަލައިގެން އެ ކުންފުނިތަކަށެވެ. އަނެއްކާވެސް މަޖިލިސް މެންބަރުންގެ ޖީބަށް ބޮޑުވާ ގޮތަށެވެ. އެ މެންބަރުން ދެކެ ރައީސުލްޖުމްހޫރިއްޔާ ގަންނާ ކުރައްވާ ބިރެއްގެ ސަބަބުންނެވެ.

ފަނޑިޔާރުގެތަކަށް އައްޔަންކުރާ ފަނޑިޔާރުންނާއި އެނޫންވެސް މުވައްޒަފުން އަދި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ވެސް މަގާމު ދިނުމުގައި ގާބިލު މީހުންނަށް ބެލުމުގެ ބަދަލުގައި އަނެއްކާވެސް މަޖިލިސް މެންބަރުންނަށް އެމީހުންގެ ދާއިރާގައި ނުފޫޒު ލިބިގެންދާނެ ގޮތަކަށް ވަޒީފާތައް ބަހާލަންޖެހޭތީ، އެއްވެސް އިދާރާއަކުން އެއްވެސް ތާކުން އެއްކަމެއް ނުވިޔަސް ނުހިނގިޔަސް މަޖިލިސް މެންބަރުން ބުނާ ގޮތަކަށް އެމީހުން ބުނާ ބަޔަކަށް ނޫނީ މަގާމެއް ވެސް ދެވޭކަށް ނޯވެއެވެ.

ރައްޔިތުންގެ މަޖިލީހެއް މިހުންނަނީ ސަރުކާރު ޖަވާބުދާރީ ކުރުވާށެވެ. ގާނޫނުތައް ހަދަންޖެހޭ ކަންކަމުގައި ގާނޫނު ހެދުމާއި ގާނޫނުތަކަށް ބަދަލުގެންނަންޖެހޭ ކަންކަމުގައި ގެންނަންޖެހޭ ބަދަލުތައް ގެނެސް ފާސްކުރުމާއި މިބާވަތުގެ ކަންކަމަށެވެ. ރައްޔިތުންގެ ފަރާތުން ބަސްބުނަންޖެހޭ ކަންކަމުގައި ގިނަ ރައްޔިތުންތަކެއްގެ ހިޔާލު އެއް ދުލަކުން ފާޅުކުރުމަށެވެ.

އެކަމަކު މިރާއްޖޭގައި ކަންވަމުންދަނީ ތަފާތު ގޮތަކަށެވެ. ސަރުކާރު ޖަވާބުދާރީ ކުރުވަން އޮންނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މުސާރައާއި ކޮރަޕްޝަން ފައިސާ ލިބެންޏާ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތަކީ އެމީހުން ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އެމީހުންގެ ދާއިރާގެ ކުދިންކޮޅަކަށް ވަޒީފާ ލިބިފައި، ސަރުކާރުން ބަހާލާ ޕްރޮޖެކްޓްތަކުން ބައެއް ރަށްޓެހި ބައެއް ކުންފުނިތަކަށް ލިބެންޏާ ސަރުކާރުން ކޮންމެ ކަމެއް ކުރިޔަސް އެމީހުންނަށް ވަރިހަމައެވެ.

ގާނޫނު ހެދުމާއި ގާނޫނު އިސްލާހު ކުރުމުގެ ކަންކަމަށް ބަލާއިރު، ރާއްޖޭގައި ހަދާހާ ގާނޫނަކާއި ހުށަހެޅޭހާ އިސްލާހެއް ހުށަހެޅުމާއި މިކަންކަން ކުރަނީ ބަންޑާރަ ނައިބު އޮފީހުގައި މަދު މުސާރަކޮޅެއް ނަންގަވައިގެން ތިއްބަވާ ވަކީލުން ކޮޅެކެވެ. މާބޮޑު އިނާޔަތެއް އޮފިޝަލް ޕާސްޕޯޓެއް ލިބިފައިނުވާ އެހެނަސް ޤާނޫނީ އިލްމުން މަތީ ފާސްތައް ނަގައިގެން ކިޔަވައިގެން ތިބި އެހެނަސް ދައުލަތަށް އަޅުމަސައްކަތްކޮށްދޭން ހާލަތު މަޖުބޫރުކޮށްފައިވާ ނިކަމެތި ކުދިންކޮޅެކެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ މި ކުދިންކޮޅު ޑްރާފްޓްކޮށްފައި ފޮނުވާ ގާނޫނުތަކުން ގާނޫނެއްގައި އިމްލާ ކުށެއް އޮތަސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެ ފާސްވެ ނިމިގެން ގޮސްފައި އޮންނަނީ އެ އިމްލާ ކުށާ ވެސް އެކީގައެވެ. މަޖިލީހުގެ މުސާރައާއި އިނާޔަތާއި އިމްތިޔާޒްތައް ލިބިގަންނަ އިއްޒަތްތެރިވެގެންވާ މި މެންބަރުންގެ ތެރޭގައި ގިނައީ ހަމަޔަށް ބަލައިގެން ދިވެހި ބަހުން އޮތް އެއްޗެއް ވެސް ފަރިތަކަމާއެކު ކިޔަން ނޭނގޭ މީހުންނެވެ. އަދި އިނގިރޭސި ބަހުން އޮވެއްޖެއްޔާ އުޅޭ ހާލު ވެސް އަހަރެމެން ދެކެމެވެ.

ދެން އޮތީ ސަރުކާރު ޖަވާބުދާރީ ކުރުވުމާއި އާންމުންގެ ފަރާތުން ބަސް ބުނުމާއި އާންމުންގެ ހިޔާލު ކަމާބެހޭ ފަރާތަށް ފޯރުކޮށްދިނުމުގެ ބަޔެވެ. މިބައިވެސް މަޖިލިސް ތެރޭ މިހާރު ހިނގަމަކުން ނުދެއެވެ. މިހާރު އަވަށްތަކުގައި އެ ހިނގަނީ ރައީސުލްޖުމްހޫރިއްޔާ އާންމު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމުގެ ބަޔެވެ. އާންމުން އެއްވެ އެމަނިކުފާނު ޖަވާބުދާރީކުރުވާ ޒިންމާދާރުކުރުވަންޖެހޭ ކަންކަމުގައި ޒިންމާދާރުކުރުވާ ހިޔާލާއި މަޝްވަރާ ދޭންޖެހޭ ކަންކަމުގައި ހިޔާލާއި މަޝްވަރާ އެ ދެއްވަނީ މުސާރައެއް އިނާޔަތެއް އިމްތިޔާޒެއް ނެތި ހިލޭ ސާބަހަށެވެ.

މިދެންނެވުނު އަވަށު ބައްދަލުވުންތަކުގައި، ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއްގެ ހައްލު އާންމުންނާއި ކަމާބެހޭ ފަރާތްތަކަށް ތިލަކޮށްލަދޭކަށް އެވާހަކަ ދައްކާ ދުލުގެ ވެރިޔާއަށް މުސާރައެއް ދޭކަށް ނުޖެހެއެވެ. ރައީސުލްޖުމްހޫރިއްޔާ ކަމެއް ކުރެއްވި ގޮތާމެދު ހިތްހަމަ ނުޖެހޭނަމަ އެކަމާ ގުޅިގެން އެ މަނިކުފާނަށް ބަވާލަދޭން ދައުލަތުގެ ބަޖެޓުން ބޮޑު މުސާރައަކާއި އާސިއާނު ގައުމަކުން އައުލާދު އެންމެންނަށް ބޭސްފަރުވާ ދޭކަށް ނުޖެހެއެވެ. އިހުލާސްތެރިކަމާއެކު ރައީސަށް އެހެރަ ބަވާލަދެނީ ކިތައް ދުލުންތޯއެވެ.

އަދި މިވަރުން ނިމުނީކީ ނޫނެވެ. މި ބައްދަލުވުންތަކަށް ރައީސުލްޖުމްހޫރިއްޔާ އެގެންދަވަނީ ހާޒިރުވެވަޑައިގަންނަވަމުންނެވެ. ދުރާލާ ޗިޓެއް ފޮނުވާކަށް ނުޖެހެއެވެ. މަޖިލީހުން ޗިޓު ފޮނުވައިގެން ހާޒިރުނުވާ އެތައް މިނިސްޓަރުންނެއް ވެސް އެބައްދަލުވުންތަކަށް އެތިބެނީ މާ ކުރިޔާލާ ހާޒިރުވެގެންނެވެ. ޗިޓު އަންނަނީ ބައްދަލުވުމަށް ދާންޖެހޭ މީހުންނަށެވެ. ހަމަ މި ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ތައުރީފާއި ސަނާވެސް ބައެއް މީހުން ކިޔައެވެ. އެކަމަކު ހަމަ ހިލޭ ސާބަހަށެވެ.

އަހަރަކު 250 މިލިއަން ރުފިޔާ "ކައި ހުސްކުރާ"، ކޮރަޕްޝަނަށް މަގުފަހިކުރާ، އަދި ފަންނީ ގާބިލުކަން ކުޑަ ބަޔަކު ތިބޭ ތަނެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ބާއްވަންވީ ކޮން ބޭނުމެއްގައި ހެއްޔެވެ؟ ރައްޔިތުންގެ އަޑު ސީދާ ވެރިމީހާއަށް އިވޭނަމަ، އަދި ގާނޫނުތައް ހަދަނީ އޭޖީ އޮފީހުން ކަމަށްވާނަމަ، ރައްޔިތުންގެ މަޖިލީހަކީ ދައުލަތަށް ބުރައަކަށް ނުވޭ ހެއްޔެވެ.

މިހާރު މިއޮތް ރައްޔިތުންގެ މަޖިލީސް ބޭއްވުމުގެ ބަދަލުގައި، އަތޮޅު ކައުންސިލް އުވާލި ފަދައިން މަޖިލީސް ވެސް އުވާލައި، މަޖިލީސް ކުރާ ގޭގައި އަވަށު ބައްދަލުވުންތަކާއި ރަށު ބައްދަލުވުންތަކާއި، ރައްޔިތުންގެ ބައްދަލުވުންތައް ބާއްވާނީ އެވެ. އަދި ވިލިނގިލީގައި ގަސްކަނޑަށް ވޯޓު ނެގިފަދައިން މުހިއްމު ކަންކަމުގައި ވޯޓު ނެގުން ރައްޔިތުންނަށް މާ ރަނގަޅު ވާނެ އެވެ. މާލިއްޔަތަށް ބުރަ ވެސް ކުޑަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox