މެސީ ދެން ފެންނާނީ ބެކަމްގެ އިންޓަ މިއާމީ ޓީމުން

Jun 7, 2023, 5:02 PM
މެސީ ދެން ފެންނާނީ ބެކަމްގެ އިންޓަ މިއާމީ ޓީމުން

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 7) - ޕީއެސްޖީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވެ، އެ ޓީމު ދޫކޮށްލަން ނިންމާފައިވާ މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނަލް މެސީ ދެން ކުޅޭނީ ޑޭވިޑް ބެކަމްގެ ހިއްސާ އޮންނަ ކްލަބް، އެމެރިކާގެ އިންޓަ މިއާމީ އެފްސީ އަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ހަތް ފަހަރު ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ މެސީ، 35، އަލުން ގެންދަން އޭނާގެ ކުރީގެ ކްލަބް ބާސެލޯނާ އިން މަސައްކަތް ކުރަމުންދާއިރު، ސައުދީ އަރަބިއްޔާގެ އަލް ހިލާލް އިން ބޮޑު އާމްދަނީއެއް ލިބޭ ކޮންޓްރެކްޓެއް ވެސް މެސީ އަށް ދޭން އޮތީ ނިންމައިފަ އެވެ.

އޭގެ އިތުރުން ޕީއެސްޖީން ވެސް ކޮންޓްރެކްޓް އާ ކުރަން ހުށަހެޅި ޕްރޮޕޯސަލަށް ނޫނެކޭ ބުނި މެސީ މިހާރު ވިސްނައިގެން ހުރީ ކުރީގެ މަޝްހޫރު ތަރި، ބެކަމްގެ ހިއްސާ އޮންނަ އިންޓަ މިއާމީއާ ގުޅުމަށެވެ.

މީގެ ދެ އަހަރު ކުރިން މެސީ އަށް ބާސެލޯނާ ދޫކޮށްލަން ޖެހުނީ ވެސް އެ ކްލަބްގެ މާލީ ހާލަތު ބޮއްސުންލައިފައި އޮތުމުންނެވެ. އޭރު މެސީގެ ކޮންޓްރެކްޓް އާ ކުރަން ބާސެލޯނާ އިން ކުރި މަސައްކަތް ނާކާމިޔާބުވުމާ އެކު، މެސީ އަށް ޖެހުނީ ޕީއެސްޖީން ލިބިފައި އޮތް ހުށަހެޅުން ގަބޫލުކޮށް އެ ޓީމަށް ބަދަލުވާށެވެ.

ޕީއެސްޖީއާ އެކު މެސީ އާ ކޮންޓްރެކްޓެއް ނަހަދާނެކަން ޔަގީންވި ހިސާބުން އެންމެ ފުރަތަމަ ވެސް މެސީ ހޯދަން މަސައްކަތް ފެށީ ބާސެލޯނާ އިންނެވެ. އެކަމަކު، ސްޕެނިޝް ލީގާ އެކު ބާސެލޯނާ އިން އެ ކްލަބްގެ މާލީ ކަންކަން ހަމަޔަަކަށް އަޅުވައި، މެސީ ހޯދަން އޮތް ފުރުސަތެއް ބަލަން ކުރި އެއްވެސް މަސައްކަތެއްގައި އަލިމަގެއް ނުފެނި އޮއްވައި މެސީ މި ވަނީ ދެން ބަދަލުވާނެ ޓީމަކީ އިންޓަ މިއާމީ ކަމަށް ނިންމައިފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ސައުދީގެ އަލް ހިލާލުން މެސީ އަށް ހުށަހެޅި ކޮންޓްރެކްޓްގެ އަގު 500 މިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ އެވެ. އަލް ހިލާލްގެ އޮފިޝަލުން ޕެރިހަށް ގޮސް މެސީގެ އާއިލާއާ ބައްދަލުކުރި ނަމަވެސް މެސީ ނިންމީ އެ ހުށަހެޅުމަކީ ކެރިއަރަށް މި ވަގުތު އެންމެ ރަނގަޅު ނިންމުން ކަމުގައި ނުވާނެ ކަމަށް ކަމުގައި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

މި މަހު، 36 އަހަރު ފުރޭ މެސީ އަށް ޕީއެސްޖީން ހުށަހެޅި ކޮންޓްރެކްޓް ގަބޫލުނުކުރަން އޭނާ ނިންމި އެންމެ ބޮޑު ސަބަބަކީ ފަހަކަށް އައިސް އެ ކްލަބްގެ ސަޕޯޓަރުންގެ ބަޔަކުގެ ހަރަކާތްތައް ހުރި ގޮތުންނެވެ. އެ ގޮތުން، މެޗުތަކުގެ ތެރެއިން މެސީއާ ދެކޮޅަށް ގިނަ ސަޕޯޓަރުންތަކެއް އިސްނަގައިގެން ވަނީ އަޑުގަދަކޮށް ހަދައިފަ އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox