ބައިނަލްއަގުވާމީ މަގުބޫލުކަމެއް ހޯދުމަށް ދިވެހިން ގުރުބާންކުރުން ރަނގަޅު؟

Dec 7, 2025, 12:53 PM
ބައިނަލްއަގުވާމީ މަގުބޫލުކަމެއް ހޯދުމަށް ދިވެހިން ގުރުބާންކުރުން ރަނގަޅު؟

ބައިނަލްއަގުވާމީ ގޮތުން ސިޔާސީ، އިގުތިސާދީ، ނުވަތަ އެހެނިހެން ދާއިރާތަކުން މަގުބޫލުކަމެއް ހޯދުމުގެ ބޭނުމަށް، އެއްވެސް ގައުމެއްގެ ރައްޔިތުންނަށް ނުވަތަ އެ މީހުންގެ އަސާސީ ހައްގުތަކަށް ނުވަތަ ސިއްހަތަށް ގެއްލުންދޭ ފިޔަވަޅުތަކެއް އެޅުމަކީ އެތިކަލީ ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް، ރާއްޖޭގެ ސަރުކާރުން ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް އަޅަމުންދާ ކުއްލި ފިޔަވަޅުތަކުން މި ކަންކަން ހިނގަނީ މި ގޮތަށް ކަމަށް ގަބޫލުކުރެވެ އެވެ.

ސަރުކާރުން ބުނާ ގޮތުގައި، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސިނގިރޭޓާއި ދުންފަތުގެ ޓެކްސް 200 އިންސައްތައަށް އިތުރުކުރީ އާންމުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށެވެ. މުޅި ގައުމުގައި ވޭޕްކުރުން މަނާކުރީ ވެސް އާންމުންގެ އެއްވެސް ފަރާތަކާ މަޝްވަރާ ނުކޮށެވެ. އެންމެ ފަހުގެ ފިޔަވަޅަކީ، 2007 ވަނަ އަހަރުގެ ޖަނަވަރީ މަހަށް ފަހު އުފަންވި މީހުންނަށް ސިނގިރޭޓު ވިއްކުން މަނާކުރި "ޖެނެރޭޝަނަލް ބޭން" އެވެ.

ދުންފަތް ކޮންޓްރޯލްކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅުނުތާ އަހަރެއް ވެގެންދިޔައިރު، މިކަމުގެ ނަތީޖާ ރާއްޖެއަށް ފެނިފައިވަނީ ކިހާވަރަކަށްބާ އެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަދަދު މަދުވެފައިވާކަން ދައްކުވައިދޭ އެއްވެސް މައުލޫމާތެއް ލިބިފައިވޭތޯ އެވެ އަގު ބޮޑުވުމާއި ވޭޕް ނުލިބުމުގެ ސަބަބުން ކުޑަކުދިން މި އާދަޔަށް ވެދުން ހުއްޓިފައިވޭތޯ އެވެ. މި ސުވާލުތަކަށް ސަރުކާރުން ދޭނެ އެއްވެސް ޖަވާބެއް ނެތެވެ.

ނަމަވެސް، އެއްކަމެއް ވަރަށް ސާފުކަން ބޮޑުކޮށް ފެނެ އެވެ. އެއީ ދުންފަތުގެ ބޮޑު ކަޅު ބާޒާރެއް އުފެދިފައިވާ ކަމެވެ. އެތައް މިލިއަން ސިނގިރޭޓު އެއަޕޯޓުގެ ޑިއުޓީ ފްރީ ޒޯނުންނާއި، ބަނދަރުތަކުންނާއި، އަދި ފުލުހުންގެ ބައެއް މަރުކަޒުތަކުން ވެސް ގެއްލިއްޖެ އެވެ. މިއީ މިކަމުގެ ސީރިއަސްކަން ދައްކުވައިދޭ ކަމެކެވެ.

މި ކަމުގެ ނަތީޖާއެއްގެ ގޮތުން، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް މިހާރު މާލޭގެ ކޮންމެ ކަނެއް، ކޮންމެ ފިހާރައެއްގެ ކައިރިން ވެސް ދަށް ފެންވަރުގެ، އަގު ހެޔޮ ދުންފަތުގެ ބާވަތްތައް ލިބެން ހުރެ އެވެ. ސިނގިރޭޓު ވިއްކާ އެއްވެސް ފިހާރައަކުން، "ޖެނެރޭޝަނަލް ބޭން" ތަންފީޒުކުރުމަށްޓަކައި، ކަސްޓަމަރުންގެ އައިޑީކާޑު ބަލާކަމަކަށް ނުފެނެ އެވެ. ގަވާއިދުތައް ތަންފީޒުނުކުރާތީ، މަނާކުރެވިފައިވާ ތަންތަނުގައި ސަރުކާރުގެ ބައެއް އިސް ފަރާތްތަކުން ވެސް ދުންފަތުގެ އިސްތިއުމާލުކުރާތަން ފެނެ އެވެ.

މި ނަތީޖާއާ އެކުވެސް، 2025 ވަނަ އަހަރުގެ މެއި މަހު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ރައީސް މުހައްމަދު މުއިއްޒުއަށް، ދުނިޔޭގެ ނޯ-ޓޮބާކޯ ޑޭގެ ހާއްސަ އެވޯޑެ އަރުވާފަ އެވެ. ޑަބްލިއުއެޗްއޯ އިން ބުނި ގޮތުގައި، މި އެވޯޑަކީ "ހަރުދަނާ ދުންފަތް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތަކެއް މެދުވެރިކޮށް، ދިވެހިރާއްޖޭގެ އާންމު ސިއްހަތު ރައްކާތެރިކުރުމަށް އެމަނިކުފާނުގެ އިސްނެންގެވުމާއެކު އެޅި ފިޔަވަޅުތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން" ދިން އެވޯޑެކެވެ.

އެ ޖަމިއްޔާއިން ބުނި ގޮތުގައި، ދުންފަތުގެ އިސްތިއުމާލު މަދުކުރުމަށް މަސައްކަތްކުރާ އެހެން ގައުމުތަކަށް ރާއްޖެއިން މި ދެއްކީ ވަރަށް ވަރުގަދަ މިސާލެކެވެ. އަދި ރާއްޖެއިން މި ދެކޭ 'ސްމޯކް-ފްރީ މޯލްޑިވްސް' ގެ ހުވަފެނަކީ، މިހާރާއި މުސްތަގުބަލުގެ ޖީލުތަކުގެ ސިއްހަތު ރަނގަޅުކޮށް، އެތައް ބަޔެއްގެ ފުރާނަ ސަލާމަތްކުރާނެ ކަމެއް ކަމަށް ޑަބްލިއުއެޗްއޯ އިން ސިފަކުރެ އެވެ.

އަދި 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޖެނީވާގައި ބޭއްވުނު ޑަބްލިއުއެޗްއޯ ފްރޭމްވޯކް ކޮންވެންޝަން އޮން ޓޮބާކޯ ކޮންޓްރޯލް ގެ އެގާރަވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ގައި، ގްލޯބަލް ސެންޓަރ ފޯ ގުޑް ގަވަނަންސް އިން ޓޮބާކޯ ކޮންޓްރޯލްއިން ވެސް ރާއްޖޭގެ ސަރުކާރަށް "އިންޓެގްރިޓީ އެވޯޑު" ދީފައި ވެއެވެ.

މި އެވޯޑުތަކުން ދުނިޔޭގެ ސިއްހަތު ކޮންޓްރޯލް ކުރުމުގެ ނިޒާމުގައި ހުރި ގޯސްތައް ހާމަކޮށްދެ އެވެ. އެއީ ތަންފީޒުކުރެވުނު މިންވަރާއި، ލިޔެކިޔުންތަކުން ދައްކާ ނަތީޖާއަށް ވުރެ ބޮޑަށް، ސިޔާސަތު އެކުލަވާލުމުގެ ބޭނުމާއި، ހެޑްލައިން ހެދުމަށް ނިންމި ނިންމުންތަކަށް އިސްކަންދީ، އެކަމަށް އިނާމު ދިނުމުންނެވެ. ބައިނަލްއަގުވާމީ މުޖުތަމައުއިން މިވަނީ އެ ސިޔާސަތުތަކުގެ ތައުރީފުކޮށްފަ އެވެ. ނަމަވެސް ދިވެހި ރައްޔިތުން ދަނީ ތަންފީޒު ނުކުރެވުމާއި، ކަޅު ބާޒާރުގެ ހަރަކާތްތައް އިތުރުވުމާއި، ދަށް ފެންވަރުގެ ދުންފަތް ލިބުން އިތުރުވުމުގެ ހަގީގަތާ ކުރިމަތިލަމުންނެވެ.

އަޞްލު ސުވާލު އަދިވެސް އެބަ އޮތެވެ. ބައިނަލްއަޤުވާމީ މަގުބޫލުކަމެއް ހޯދުމުގެ ބޭނުމުގައި އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ކަންކަން ކުރުމަކީ ރަނގަޅު ކަމެއްތޯ އެވެ. އެ ކަމުގެ ސަބަބުން ކޮރަޕްޝަނަށް ވެސް މަގުފަހިވެއްޖެ އެވެ.

ރާއްޖޭގެ މިހާރުގެ ހާލަތުން ދައްކުވައިދެނީ، ސަރުކާރުން ބައިނަލްއަގުވާމީ ފަރާތްތަކުގެ ތައުރީފު ހޯދުމަށް ދުންފަތް ކޮންޓްރޯލްކުރުމަށް ހަރުކަށިކަމެއް ދެއްކިޔަސް، އެ ކަމުގެ ސަބަބުން އާންމު ރައްޔިތުންގެ ސިއްހަތާއި، ދައުލަތް ހިންގުމުގައި ނަޒާހަތްތެރިކަން ގެއްލޭފަދަ މާހައުލެއް ސަރުކާރުން އިސްވެ އުފައްދާފައިވާ ކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މަޝްރޫއުތައް ގުރުބާންކޮށް، ތެލަށް ބަދަލުކުރި 90 މިލިއަން ޑޮލަރު

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ރާއްޖެއަށް ބޭނުންވާ ތެޔޮ ގަތުމަށްޓަކައި ވޯލްޑް ބޭންކާއި އޭޑީބީ މެދުވެރިކޮށް 90 މިލިއަން ޑޮލަރު ހޯދައިފިއެވެ. މީގެ ތެރެއިން ވޯލްޑް ބޭންކުން ދިން 40 މިލިއަން ޑޮލަރަކީ މިހާރު ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ ފައިސާ އުނިކޮށްގެން ހަމަޖެއްސި ފައިސާއެކެވެ. މި ފިޔަވަޅު އަޅަންޖެހުނީ ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް ދަށްވެ، ތެލަށް ކުރަންޖެހޭ ޚަރަދު ބޮޑުތަނުން އިތުރުވުމާ ގުޅިގެންނެވެ.

މައްސަލައަކީ ކެރެޓެއް ނޫން، ޑޮލަރު

ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދަނީ ޑޮލަރުގެ އަގުބޮޑުވެ ތަދުވުމުގެ ސަބަބުން ކަމަށްވާއިރު، ސަރުކާރުން އެކަން އޮޅުވާލުމަށް މަސައްކަތް ކުރާކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. އަދި ޑޮލަރުގެ ރޭޓު ހަމައަކަށް އަޅުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، މުދަލުގެ އަގު ކޮންޓްރޯލް ކުރުމަށް އޮތް ހަގީގީ ހައްލަކީ ޑޮލަރުގެ އަގު ތިރިކުރުން ކަމަށް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

އިންވެސްޓްމަންޓުގެ ނިވަލުގައި ޒަމާނީ އިސްތިއުމާރު

ރާއްޖޭގައި އިންވެސްޓްމަންޓް ރެސިޑެންސީ ތައާރަފްކުރުމަކީ، ގައުމުގެ ސިޔާދަތާއި ވަސީލަތްތަކުގެ މައްޗަށް އޮތް ބާރު ގެއްލި، ޒަމާނީ އިސްތިއުމާރީ ދަންތުރައެއްގައި ޖެހިދާނެ ކަމެއްގެ ގޮތުގައި މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުން މިފަދަ ޕްރޮގްރާމްތައް ހުއްޓާލަމުންދާއިރު، ރާއްޖޭގެ ކޮރަޕްޝަނާއި ނާޒުކު ތިމާވެށީގެ ސަބަބުން މިކަމުގެ ނުރައްކާ އިތުރަށް ބޮޑުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ދުންފަތް މަނާކުރުން: ދުނިޔޭގެ ތަޖުރިބާއިން ފިލާވަޅެއް

ރާއްޖޭގެ ދުންފަތުގެ ސިޔާސަތުތަކަށް ބަދަލުތަކެއް އަންނަމުންދާއިރު، ދުންފަތުގެ ބާވަތްތައް މުޅިން މަނާކުރުމުގެ ބަދަލުގައި ހަރުކަށި އުސޫލުތަކަކާއެކު ކޮންޓްރޯލްކޮށްގެން ބޭނުންކުރުމުގެ ނަތީޖާ ބައެއް ގައުމުތަކުން ފެންނަން އެބަހުއްޓެވެ. މިގޮތުން ނިއުޒީލެންޑް، ސްވިޑަން އަދި ޖަޕާން ފަދަ ގައުމުތަކުން ވަނީ ޓެކްސް ބޮޑުކުރުމާއި ވިޔަފާރިކުރުމުގެ ހަރުކަށި މިންގަނޑުތަކެއް ކަނޑައަޅައިގެން ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ނިސްބަތް ދަށްކުރުމަށް މަސައްކަތްކޮށްފަ އެވެ. އޭގެ ސަބަބުން، ރާއްޖެއަށް ވެސް ދުނިޔޭގެ މިފަދަ ތަޖުރިބާތަކުން ފިލާވަޅު ލިބިގަނެވިދާނެ ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެ އެވެ.

ޑިސެންބަރު 2 ގެ ކުރިން މި ފުރުސަތުގެ ބޭނުން ހިފާށެވެ.

ރަސްމާލެ މަޝްރޫއަށް މަގުފަހިކުރާ "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް" އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް މި ލިޔުމުގައި ގޮވާލާފައިވެއެވެ. ގައުމުގެ ބިމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ޑިސެންބަރު 2 ގެ ކުރިން ހުރިހާ ފަންތިއެއްގެ ރައްޔިތުންނާއި ތަޖުރިބާކާރުން މަޖިލީހުގެ ކޮމިޓީއަށް ހިޔާލު ފޮނުވުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ސިޓީބިޓީ: އިހުތިރާމާ ގުޅޭ ގޮތުން ރައީސް މުއިއްޒަށް ސުވާލެއް!

ރައީސް ޑރ. މުއިއްޒު "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހު ކުރެއްވި ނަމަވެސް، އެ މަޝްރޫއުގެ ތަފްސީލާއި އިހުތިރާމުގެ މާނަ ސާފުކޮށްދެއްވާފައި ނުވާތީ މި ލިޔުމުގައި ވަނީ ފާޑުކިޔާފައެވެ. އަދި މުޅި ގައުމަށް ނަސޭހަތް ދެއްވުމުގެ ކުރިން، ރައީސްގެ އަރިހުގައި ތިއްބެވި ބޭފުޅުންގެ އަމަލުތަކާއި ބަސްމަގު ހުރި ގޮތުން އެ ބޭފުޅުންނަށް އިހުތިރާމް ކުރަން ދަސްކޮށްދެއްވާފައިވޭތޯ ލިޔުމުގައި ސުވާލު އުފައްދާފައިވެއެވެ.

ރިންގު ހުސްވަންދެން ދިހަ ބާރަފަހަރަށް ގުޅުމުގެ ދީނީ ހުކުމް

ތިމާގެ އެކުވެރިޔާގެ ހާލަތްތަކާއި އުޒުރުތަކެއް ހުރެދާނެކަމަށް ބެލުމެއް ނެތި އެކުވެރިޔާއަށް އުނދަގޫވާނެހެން ދިހަބާރަ ފަހަރަށް ރިންގު ހުސްވަންދެން ފޯނުކޮށްކޮށް ހުރުމަކީ އެކުވެރިޔާގެ ޑިޖިޓަލް ޕާރސަނަލް ސްޕޭސްއަށާއި ބައުންޑަރީއަށް އަރައިގަތުމެވެ. އެކަމަކީ ދީނީގޮތުން ކޮށްގެންވާނެ ކަމެއް ނޫނެވެ.

Newsletter

Get the latest news delivered straight to your inbox