ހުލާސާކޮށް އިއްޔެ: މައުލޫމާތު ހާމަކުރުމާ ގުޅޭ ގޮތުން އިހުސާން ދެކޭ ގޮތް

Dec 3, 2025, 1:10 AM
މިިނިސްޓަރު އިހުސާން. -- ފޮޓޯ: އެމްއެންޔޫ

މިިނިސްޓަރު އިހުސާން. -- ފޮޓޯ: އެމްއެންޔޫ

ރައިޓް ޓު އިންފޮމޭޝަން (އާރްޓީއައި) މެދުވެރިކޮށް މައުލޫމާތު ހާމަކުރަން ބޮޑު ހަރަދެއް ހިނގާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އެމްއެންޔޫގެ ދަރިވަރުންތަކެއް އިސްނަގައިގެން ހޯމަ ދުވަހު ބޭއްވި "ނޯ-ކެޕް ޖަސްޓް ފެކްޓްސް" ފޯރަމްގައި އިހުސާން ވިދާޅުވީ އާރްޓީއައި މެދުވެރިކޮށް މައުލޫމާތުތައް ހާމަކުރަން ބޮޑު ހަރަދެއް ހިނގާއިރު އެކަމަށް ގިނަ ގައުމުތަކުގައި އަގެއް ނަގާ ކަމަށެވެ.

"ދުނިޔޭގެ 130 އަކަށްހާ ގައުމެއްގައި މިހާރު ކޮންމެވެސް ފޯމް ޝޭޕެއްގައި އެބައޮވޭ ރިކުއެސްޓް ޓު އިންފޮމޭޝަން ގާނޫނީ ގޮތުން އޮނިގަނޑެއްގެ ތެރެއިން ގެނެސްފައި. އޮންނައިރު އޭގެ ތެރެއިން ވަރަށް ގިނަ ގައުމުތަކުގައި މިހާރު ޗާޖު ކުރޭ އެ މައުލޫމާތަށް. އެ ޕޭ ކުރަން ޖެހޭ ކޮންމެވެސް ވަރެއް. ސަބަބަކީ އިޓް އިންވޯލްވްސް އަ ކޯސްޓް އޭގެ ބެކް އެންޑުގައި،" މިނިސްޓަރު ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ރާއްޖޭގައި އޮތް އާރްޓީއައިގެ ރަނގަޅު ނިޒާމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ. ނަމަވެސް އިހުސާން ވިދާޅުވީ އެ މައުލޫމާތު ދޫކުރުމަށް ވެސް ހަރަދުކުރާނީ ކިހާ ވަރެއްތޯ ވެސް ނިންމަން ޖެހޭ ކަމަށެވެ.

"ދައުލަތެއްގެ ތެރޭގައި ބައްލަވާ 80 އެތައް އިންސްޓިޓިއުޝަނެއް މިސާލަކަށް އޮޕަރޭޓް ކުރަމުންދާއިރުގައި ކޮންމެ ދުވަހަކު އެއިން ކޮންމެ ތަނަކަށް އަންނަ އެ އިންފޮމޭޝަންތަކަށް ޖަވާބުދޭން ތިބޭ އަދަދު. އެއަށް އިންވެސްޓްކުރާނީ ކިހާ ވަރެއްތޯ އޭޒް އަ ސޮސައިޓީ ވިސްނަންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އާރްޓީއައި ގާނޫނުގެ ދަށުން ސަރުކާރުގެ އެކި އޮފީސްތަކުގައި އިންފޮމޭޝަން އޮފިސަރުން ތިބުން ލާޒިމެވެ. އެގޮތުން އައިކޮމްގައި މިވަގުތު 1،033 އިންފޮމޭޝަން އޮފިސަރުން ރަޖިސްޓްރީކޮށްފައި އެބަތިއްބެވެ.

ހުށަހަޅާ އާރްޓީއައި ރިކުއެސްޓްގެ ތެރެއިން 62 ޕަސަންޓު އާރްޓީއައިއަށް ފުރިހަމައަށް ޖަވާބު ނުލިބޭ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން މި އަހަރު އާންމުކުރި އާރްޓީއައި ގާނޫނަށް އަމަލުކުރުމާބެހޭ ކޮމްޕްރިހެންސިވް އެސެސްމަންޓުން ދައްކަ އެވެ.

ދައުލަތުގެ އިދާރާތައް ތަމްސީލުކުރެވޭ ގޮތަށް ތަފާތު ދާއިރާތަކުން 30 އިދާރާއަކުން ނަގާފައިވާ ސާމްޕަލްތަކުން ތައްޔާރުކުރި އެ އެސަސްމަންޓުގައި ސަރުކާރުގެ ވުޒާރާތަކާއި ޑިޕާޓްމަންޓުތައް، މިނިވަން މުއައްސަސާތައް، ކޯޓުތައް، ލޯކަލް ކައުންސިލްތައް އަދި ދައުލަތް ހިއްސާވާ ކުންފުނިތައް ހިމެނެ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox