އެފްރިކާ ޓުއާގައި ރިވައިވަލް އަށް ޖުމްލަ އެކު ހަތް މެޑަލް

Nov 30, 2025, 1:29 PM
އެފްރިކާ ޓުއާގައި ރިވައިވަލް އަށް ޖުމްލަ އެކު ހަތް މެޑަލް

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރާއްޖެ އަށް ދީފައިވާ ސަސްޕެންޝަނުން ލުޔެއް ދިނުމާ އެކު، ވާދަކުރި ފުރަތަމަ ތިން މުބާރާތުގައި ވާދަކޮށް، ރިވައިވަލް ސްޕޯޓްސްގައި ހިމެނޭ ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިން ތިން މުބާރާތުން ޖުމްލަ އެކު ހަތް މެޑަލް ހޯދައިފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު، ބީޑަބްލިއުއެފް އިން ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖޭގެ ކުޅުންތެރިންނަށް ކުޅެވޭ ގޮތަށް ސަސްޕެންޝަނަށް ލުއިތަކެއްް ދީފަ އެވެ.

އޭގެ ފަހުން، ރިވައިވަލް އިން ވާދަކޮށްފައިވާ ބީޑަބްލިއުއެފް އިން ރުހުންދީފައިވާ ތިން މުބާރާތަކީ، ޒެމްބިއާ އިންޓަނޭޝަނަލް އާއި ބޮޓްސްވާނާ އިންޓަނޭޝަނަލްގެ އިތުރުން މިއަދު ނިމުނު، އަކުއާސްޕްރިންގް ސައުތު އެފްރިކާ އިންޓަނޭޝަނަލް އެވެ.

މި މުބާރާތްތަކުގައި ރިވައިވަލް ސްޕޯޓްސްގެ ހައި ޕާފޯމަންސް ޓީމުގެ ހަ ކުޅުންތެރިއަކު ފެނިގެންދިޔަ އެވެ. އެއީ، ނިބާލް އަހުމަދު، ޒަޔާން ޒަކީ، ފާތިމަތު ނަބާހާ (ނަބާ)، އައިމިނަތު ނަބީހާ (ނަބީ)، ހަަސަން ޒަޔާން މުހައްމަދު، އަދި ހައިޝަމް އިބްރާހިމް އަލީ އެވެ. ރިވައިވަލްގެ ކޯޗު، ނަޝްފާން މުހައްމަދު ވެސް ޓީމާ އެކު ދިޔައިރު، ޓީމުގެ މެނޭޖަރަކަށް ޝާނިފް އެވެ.

ޒެމްބިއާ އިންޓަނޭޝަނަލް މުބާރާތުގެ މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާގެ ޕެއާ އިން ރަން މެޑަލާއި އަންހެން ޑަބަލްސް އިން، ނަބީ އާއި ނަބާގެ ޕެއާ އިން ރިހި މެޑަލް ހޯދި އެވެ. ބޮޓްސްވާނާ އިންޓަނޭޝަނަލް އިން، އަންހެން ޑަބަލްސް އިން ނަބާ އާއި ނަބީގެ ޕެއާ އިން ރިހި މެޑަލެއް ހޯދިއިރު، މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާގެ ޕެއާ ވަނީ ލޯ މެޑަލެއް ހޯދައިފަ އެވެ.

މިއަދު ނިމުނު ސައުތު އެފްރިކާ އޯޕަންގައި، ނަބާ ވަނީ އަންހެން ސިންގަލްސް އިން ލޯ މެޑަލެއް ހޯދައިފަ އެވެ. އަދި، މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާގެ ޕެއާ އިން ލޯ މެޑަލެއް ހޯދިއިރު، މި ތިން މުބާރާތުގައި ވެސް ނަބާ އާއި ނަބީގެ ޕެއާ އިން އަންހެން ޑަަބަލްސްގައި ލިބިފައިވަނީ ރިހި މެޑަލް އެވެ.

ތިން މުބާރާތުގެ ފައިނަލުގައި ވެސް ނަބީ އާއި ނަބާގެ ޕެއާ ބަލިވީ ދެކުނު އެފްރިކާގެ ޕެއާ އެއް ކަމަށްވާ ދެކުނު އެފްރިކާގެ އެމީ އެކަމަން އާއި ޖޮހަނީޓާ ޝޮލްޓްޒް އަތުންނެވެ. ޒެމްބިއާ މުބާރާތުގެ ފައިނަލުގައި، 21-16، 21-14 އިން ބަލިވިއިރު، ދެން ކުޅުނު ދެ ފައިނަލުގައި ވެސް ނަތީޖާ ނެރުނީ ތިން ސެޓަށް ގޮސްގެންނެވެ. އެ ގޮތުން، ބޮޓްސްވާނާގައި ސެޓުތައް ދިޔައީ، 21-19، 13-21 އަދި 15-21 އިންނެވެ. އަދި، މިއަދު، ދެކުނު އެފްރިކާގައި ކުޅެގެން ސެޓުތައް ދިޔައީ، 09-21، 26-24 އަދި 14-21 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox