ނަބާ އާއި ނަބީ، ދެކުނު އެފްރިކާ މުބާރާތުގެ ޑަބަލްސް ފައިނަލަށް

Nov 30, 2025, 3:43 AM
ނަބާ އާއި ނަބީ، ދެކުނު އެފްރިކާ މުބާރާތުގެ ޑަބަލްސް ފައިނަލަށް

މިހާރު ކުރިއަށްދާ އަކުއާސްޕްރިންގް ސައުތު އެފްރިކާ އިންޓަނޭޝަނަލްގެ ފައިނަލުން ރިވައިވަލް ސްޕޯޓްސްގެ ރާއްޖޭގެ ގައުމީ ޓީމުގެ ޕެއާ، އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ފައިނަލަށް ދަތުރުކޮށްފި އެވެ.

އަންހެން ޑަބަލްސް ކުއާޓާގައި ނަބާ އާއި ނަބީގެ ޕެއާ އިން، ބައްދަލުކުރީ ދެކުނު އެފްރިކާގެ ޑެބޯރާ ގޮޑްފްރޭ އާއި އަންރީ ޝޫންސްއާ އެވެ. އެ މެޗުން ނަބީ އާއި ނަބާގެ ޕެއާ އިން 21-17 އާއި 21-13 އިން މޮޅުވިއިރު، ސެމީ ފައިނަލުގައި ވަނީ މޮރިޝަސްގެ ޝިއާރާ ހައު ހޮން އާއި އެލްސާ ހައު ހޮން އަތުން ތިން ސެޓު ކުޅެގެން މޮޅުވެފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ، 21-19، 18-21 އަދި 21-14 އިންނެވެ. ފައިނަލުގައި މިއަދު ނަބާ އާއި ނަބީގެ ޕެއާ އިން ކުޅޭނީ ދެކުނު އެފްރިކާގެ އެމީ އެކަމަން އާއި ޖޮހަނިޓާ ޝޯލްޓްޒްގެ ޕެއާއާ އެވެ.

ނަބާ އާއި ނަބީ ވަނީ، ރިވަައިވަލް އިން މި ފަހަރު ޒެމްބިއާ އާއި ބޮޓްސްވާނާ އިންޓަނޭޝަނަލްގައި ވާދަކުރިއިރު، އަންހެން ޑަބަލްސް އިން ރިހި މެޑަލް ހޯދައިފަ އެވެ.

އަންހެން ސިންގަލްސްގެ ކުއާޓާގައި މޮރިޝަސްގެ ތިޔާ ބުރުތުންއާ ދެކޮޅަށް ތިން ސެޓު ކުޅެ، މޮޅުވެގެން ނަބާ ވަނީ ސެމީ ފައިނަލުގައި ކުޅެފަ އެވެ. ސެމީގައި ޖޮހަނިޓާއާ ކުޅެގެން ނަބާ ބަލިވީ 21-12، 21-08 އިންނެވެ.

ފިރިހެން ޑަބަލްސްގެ ކުއާޓާ ފައިނަލުގައި ޒަޔާން ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާ އިން އޮސްޓްރޭލިއާގެ އަވިނާޝް ސްރިނިވާސް އާއި އެފްރައިމް ސްޓެފެންގެ ޕެއާއާ ކުޅެގެން ވަނީ 21-14، 21-13 އިން ބަލިވެފަ އެވެ.

މިކްސް ޑަބަލްސްގައި، ޒަޔާން އާއި ނަބާގެ ޕެއާ އިން ކުއާޓާގައި ދެކުނު އެފްރިކާގެ އެންތަނީ ފިލިޕްސް އާއި އަންރީ ޝޫނީސްގެ ޕެއާ ބަލިކޮށް ސެމީ ފައިނަލަށް ދަތުރުކުރި އެވެ. ސެމީގައި ދެކުނު އެފްރިކާގެ ރޮބަޓް ސަމާސް އާއި އެމީ އެކަމަން އަތުން ވަނީ 21-08، 21-14 އިން ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox