ވިނީޝިއުސް ބޭނުންވަނީ އެމްބާޕޭ އަށް ދޭވަރުގެ މުސާރައެއް: ރިޕޯޓް

Nov 29, 2025, 5:45 AM
ވިނީޝިއުސް ބޭނުންވަނީ އެމްބާޕޭ އަށް ދޭވަރުގެ މުސާރައެއް: ރިޕޯޓް

މެޑްރިޑް (ނޮވެމްބަރު 29) - ރެއާލް މެޑްރިޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރަން، ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ ބޭނުންވަނީ އެ ކްލަބަށް ކުޅެމުން އަންނަ ފްރާންސްގެ ކީލިއަން އެމްބާޕޭ އަށް އެ ޓީމުން ދެމުން އަންނަ ވަރުގެ މުސާރައެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ އަހަރު ފީފާ އިން ހޮވި އެންމެ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި ވިނީޝިއުސް، 25، އާ އެކު، ރެއާލުން ހަދާފައި އޮތް ކޮންްޓްރެކްޓް އޮތީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަަލަށެވެ. އަދި، މި ސީޒަން ފެށި ފަހުން، ކޮންޓްރެކްޓް އާ ކުރަން ރެއާލުން ކުރި މަޝްވަރާތައް އޮތީ މަޑުޖެހިފަ އެވެ.

Advertisement

ޒަބީ އަލޮންސޯ، ރެއާލްގެ ކޯޗުކަމާ ހަވާލުވި ފަހުން، އެ ޓީމުގެ ފުރަތަމަ އެގާރައިން ވިނީޝިއުސް އަށް ކުޅުމުގެ ފުރުސަތު ގިނައިން ނުލިބޭތީ، އެ މައްސަލަ ޖެހި އޭނާ އެ ކްލަބް ދޫކޮށްލަން ނިންމި ކަމަށް ވެސް މިދިޔަ ހަފްތާގައި ސްޕެއިން ނޫސްތަކުން ރިޕޯޓްކުރި އެވެ. އެކަމަކު، މިދިޔަ ދެ ދުވަހު ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ، ވިނީޝިއުސްގެ ކޮންްޓްރެކްޓްގެ ވާހަކަ މަޑުޖެހުނީ އޭނާ ޑިމާންޑްކުރާ މުސާރައާ ހެދި ކަމަށެވެ.

ހިލޭ ޓްރާންސްފާއެއްގައި ރެއާލާ ގުޅި، އެމްބާޕޭ އެ ޓީމުގައި ހުރީ ސީޒަނަކަށް 30-35 މިލިއަން ޑޮލަރުގެ މުސާރަ އަކަށެވެ. ވިނީޝިއުސް މި ވަގުތު ރެއާލްގައި ހުރީ، ސީޒަނަކަށް 18-20 މިލިއަން ޑޮލަރުގެ މުސާރަ އަކަށެވެ. ރިޕޯޓްތައް ބުނާގޮތުން، ވިނީޝިއުސް ވަނީ ރެއާލްގައި އިތުރު ހަތަރު އަހަރުގެ ކޮންޓްރެކްޓެއް ހަދަން، އެމްބާޕޭ އަށް ދޭ ވަރުގެ މުސާރަ އަކަށް ޑިމާންޑްކޮށްފަ އެވެ. އަދި، މިހާރު ރެއާލުން އަންނަނީ ވިނީޝިއުސް އަށް ރަނގަޅު މުސާރައިގެ ޕެކޭޖެއް ހަމަޖައްސަން މަޝްވަރާކޮށް، އެ ޑީލުގައި ކުރިއެރުންތަކެއް ހޯދަމުންނެވެ.

ރެއާލުން ވިނީޝިއުސް ވިއްކާނަމަ ވިއްކާނެ އެންމެ ކުޑަ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 300 މިލިއަން ޑޮލަރު އެވެ. ރެއާލުން 2017 ވަނަ އަހަރު ވިނީޝިއުސް ގަންނަން ނިންމައި، 2018 ވަނަ އަހަރު އެ ޑީލް ނިންމިއިރު، އޭނާގެ ޓްރާންސްފާ ޕެކޭޖަށް ޖުމްލަ އެކު، ފްލަމެންގޯ އަށް 65 މިލިއަން ޑޮލަރު ދެއްކި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox