ރިވައިވަލް އިން ދެކުނު އެފްރިކާ މުބާރާތުގެ ފަސް ކުއާޓާ ފައިނަލަކަށް

Nov 29, 2025, 3:47 AM
ރިވައިވަލް އިން ދެކުނު އެފްރިކާ މުބާރާތުގެ ފަސް ކުއާޓާ ފައިނަލަކަށް

ރިވައިވަލް ސްޕޯޓްސް އިން މިހާރު ކުރިއަށްދާ އަކުއާސްޕްރިންގް ސައުތު އެފްރިކާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ ފަސް ކުއާޓާ ފައިނަލެއްގައި ވާދަކުރަން ތައްޔާރުވެއްޖެ އެވެ.

ދެކުނު އެފްރިކާގެ މި މުބާރާތުގައި ރިވައިވަލް އިން ކުއާޓާ ފައިނަލުގައި ވާދަކުރާނީ، އަންހެން ސިންގަލްސް ދެ މެޗާއި އަންހެން ޑަބަލަސް، ފިރިހެން ޑަބަލްސް އަދި މިކްސް ޑަބަލްސްގަ އެވެ.

އެ ގޮތުން، އަންހެން ސިންގަލްސްގައި، އައިމިނަތު ނަބީހާ (ނަބީ) އަންހެން ސިންގަލްސްގެ ގަދަ 32 ކުޅުންތެރިންގެ ބުރުގައި، ދެކުނު އެފްރިކާގެ ތިއޮޑޯރާ އޮފްޓެންސްއާ އަތުން 21-04، 21-05 އިން މޮޅުވެ، ގަދަ 16 ބުރުގައި މޮރިޝަސްގެ ޝިއާރާ ހައު ހޮން އަތުން 21-09، 25-23 އިން މޮޅުވެ، ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. ކުއާޓާގައި ކުޅޭނީ، ސައުދީ އަރަބިއްޔާގެ ހަދީޖާ ކައުސަރުއާ އެވެ.

އަންހެން ސިންގަލްސްގެ ގަދަ 16 ބުރުގައި، ފާތިމަތު ނަބާހާ (ނަބާ)، ވަނީ ދެކުނު އެފްރިކާގެ އަނިކާ ނެލް އަތުން 21-15، 21-10 އިން މޮޅުވެފަ އެވެ. އަދި، ކުއާޓާ ފައިނަލުގައި ކުޅޭނީ މޮރިޝަސްގެ ތިޔާ ބުރުތުންއާ ދެކޮޅަށެވެ. އަންހެން ޑަބަލްސްގައި ނަބާ އާއި ނަބީގެ ޕެއާ އިން، ކުއާޓާ ފައިނަލުގައި ބައްދަލުކުރާނީ ދެކުނު އެފްރިކާގެ ޑެބޯރާ ގޮޑްފްރޭ އާއި އަންރީ ޝޫންސްއާ އެވެ.

ފިރިހެން ޑަަބަލްސްގައި ޒަޔާން ޒަކީ އާއި ނިބާލްގެ ޕެއާ ބައްދަލުކުރީ ގަދަ 16 ބުރުގަ އެވެ. އެއީ، ދެކުނު އެފްރިކާގެ ޖޯހަން އޮބާހޯޒްލާ އާއި ރިޔާން އާމަންޑް ސްވާޓްގެ ޕެއާއާ އެވެ. އެ މެޗުން ޒަޔާން އާއި ނިބާލް މޮޅުވީ، 21-12، 21-13 އިންނެވެ. ކުއާޓާ ފައިނަލުގައި ޒަޔާން އާއި ނިބާލް ބައްދަލުކުރާނީ އޮސްޓްރޭލިއާގެ އަވިނާޝް ސްރިނިވާސް އާއި އެފްރައިމް ސްޓެފެންގެ ޕެއާއާ އެވެ.

އަދި، މިކްސް ޑަބަލްސްގައި، ޒަޔާން ޒަކީ އާއި ނަބާގެ ޕެއާ ބައްދަލުކުރާނީ ދެކުނު އެފްރިކާގެ ޖޯހަން ވެން ޓޮންޑާ އާއި ޓްވައިލާ ވެން ރީނަންގެ ޕެއާއާ އެވެ. ނަބާ އާއި ޒަޔާން، މި މެޗުން، 21-12، 21-11 އިން މޮޅުވެ، ކުއާޓާ ފައިނަލުގައި ބައްދަލުކުރާނީ، ދެކުނު އެފްރިކާގެ އެންތަނީ ފިލިޕްސް އާއި އަންރީ ޝޫނީސްއާ އެވެ.

ފިރިހެން ސިންގަލްސް އަށް ބަލާއިރު، ނިބާލް އާއި ޒަޔާން ވެސް ގަދަ 16 ބުރުގައި ކުޅުނެވެ. ނިބާލް ކުޅެން ޖެހުނީ މި މުބާރާތުގައި ދެ ވަނަ އަށް ސީޑުކޮށްފައިވާ ޕޯޗުގަލްގެ ބްރޫނޯ ކަވާލިއޯއާ އެވެ. އެ މެޗުން ކަވާލިއޯ މޮޅުވީ 21-18، 21-14 އިންނެވެ. ފިރިހެން ސިންގަލްސްގެ ގަދަ 32 ބުރުގައި، ޒަޔާން ވަނީ ސައުދީ އަރަބިއްޔާގެ އަބްދުލް އަޒީޒް މުގާވީއާ ދެކޮޅަށް ކުޅެ، 21-09، 21-15 އިން މޮޅުވެފަ އެވެ. އެކަމަކު، ގަދަ 16 ބުރުގައި، ޒަޔާން ވަނީ އިންޑިއާގެ ރަޖޭޝް ސްރިކާރު އަތުން 21-16، 21-15 އިން ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox