"އަދާވަތް ތެރިވިޔަސް ވާންވީ ހިތަށް ކުޅަދާނަ މިންވަރަކުން"

"އަދާވަތް ތެރިވިޔަސް ވާންވީ ހިތަށް ކުޅަދާނަ މިންވަރަކުން"

ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހަވާސާގައި ހޭކި އުޅެވޭތީ، އެ ދާއިރާއިން ފެންނަ މަންޒަރުތަކަށް އަޅުގަނޑު ނިކަން ޝައުގުވެރި ވެ އެވެ. މިހެން އުޅޭއިރު، އެކި ކަންކަމުގައި ބޮޑެތި ބޭބޭފުޅުން ކަންކަން ކުރައްވާ ގޮތް ފެނުނީމާ މިކަމުގައި މި ނޫންގޮތެއް ނޯންނާނޭބާއޭ ހިތަށް އަރަނީ މަދު ފަހަރެއްގަ އެއް ނޫނެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ލީޑަރުން ކަންކަން ނިންމަވަނީ ހިކުމަތެއް އޮވެގެން ކަމަށް އީމާންވެ، ސުވާލުކުރުމުގެ ފާފައިން އަޅުގަނޑުގެ ނަފުސު ސަލާމަތްކޮށްގެން ހުރެވޭތޯ ބަލަނީ އެވެ.

އަދާވާތްތެރިކަމުގެ ހިތި ރަހަ ތަޖުރިބާ ނުކުރާ ސިޔާސީ ޖަމާއަތެއް ރާއްޖެއަކު ނެތެވެ. ބައެއް ފަހަރު އެއީ ހައިރާނަކަށް ވެސް ނުވެ އެވެ. ބައެއް ސިޔާސީ ގުޅުންތަކުގައި ކުރެވެނީ މުތުޢާ ކައިވެނިކަން މާ ދުރުން ބަލާ މީހުންނަށް ވެސް ހާމަވާން އޮންނާތީ އެވެ. މިސާލަކަށް، 2009 ވަނަ އަހަރު ގާސިމް އިބްރާހީމް އެމްޑީޕީގެ ސަރުކާރު ކޯލިޝަނާ ވަކިވެދިއުން އެއީ ބަޔަކަށް ހައިރާނަކަށް ނުވި އެވެ. އެއީ އަވަހަށް ނުވަތަ ލަހުން ވިޔަސް ހިނގާނޭ ކަމެއްކަން އެންމެން ދެނެ ތިއްބެވެ. ރައީސް ޔާމީނުގެ ސަރުކާރުގައި އުމަރު ނަސީރު ހޯމް މިނިސްޓަރުކަމުން ވަކިކުރުމަކީ ވެސް އެކަހަލަ ކަމެކެވެ. އެއީ އެ ދެބޭފުޅުންގެ ނުރުހުމުގައި ރައީސް މައުމޫނުގެ ނުފޫޒުން ކުރުވުނު ކައިވެންޏެކެވެ. އެހެންވެ މިކަހަލަ ވަރިތަކުން މީހެއްގެ ހިތަށް، ނުވަތަ ރާއްޖޭގެ ސިޔާސީ މަސްރަހަށް ވެސް ކުރާ އަސަރެއް ނެތެވެ.

ހައިރާނަކަށް ވަނީ ހިނގާފާނެޔޭ ހީނުވާ ޒާތުގެ ވަކިވުންތަކުންނެވެ. ރައީސް މައުމޫނާއި ރައީސް ޔާމީނުގެ ވަކިވެދިއުމަކީ އެފަދަ ކަމެކެވެ. އެވަކިވުމުގެ އިޖުރާއަތަކީ، ސޫފީ ޅެންވެރިޔަކަށް ކިޔައިދީފިނަމަ އެތައް އަދަދެއްގެ މައްޗަށް އެކުލެވޭ ފޮތެއް ނެރެވޭނޭހައި ޅެން ހަދާލާނޭ ވަރުގެ ވޭންހުރި އިޖުރާއަތެކެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ސިޔާސީ މަސްރަހަށް ކުރި އަސަރު ވެސް ބޮޑެވެ. ދެ ފިކުރަކަށް ބެހިފައި އޮތް ސިޔާސީ ވިސްނުމުގެ އެއް ގޮފިން ކުރިއެއް ފެޅީ އެވެ. އެ ކުރިއަށް ކާނާދީ، ހެޔޮވަރުގެ އޮފިގަނޑަކަށް ހެދުމުގެ ޒިންމާ މަތިވީ ދިވެހި ރައްޔިތުންނާ އެވެ.

Advertisement

ދެން އައީ ރާއްޖޭގެ ސިޔާސީ މަސްހަރުގެ ބޮޑު ވަކިވުމެވެ. މުޅި ރާއްޖޭގެ ސިޔާސީ މަސްރަހު އަދިވެސް އަރައިނުގަނެވިގެން މިއުޅެނީ އެކަމުންނެވެ. ކުރީގެ ރައީސް ނަޝީދުއާއި، ކުރީގެ ރައީސް ސޯލިހުގެ ސިޔާސީ ވަކިވުމެވެ. ދެ ބޭފުޅުންގެ މެދުގައި މައްސަލަ އުފެދުނީ 'އެއްގޮނޑިއެއްގައި އިށީންނަށް ބޭނުންވި ހިސާބުން' ކަމަށް ވިޔަސް އެ މައްސަލައަށް ދަރުއަޅައި، ހުޅުގަނޑު ނިވުނަ ނުދީ ހިފެހެއްޓީ ދެބޭފުޅުންގެ 'މިތުރުންނެވެ.' ދެ އެކުވެރިން ދުރުގައި ތިބޭކަން ކަށަވަރުކުރާން ބަޔަކު ލައްކަ މަސައްކަތް ކުރި އެވެ. ޕާޓީގެ އެތެރެއިންނާއި ބޭރުންނެވެ. ދެ ބޭފުޅުން ވިދާޅުވާ ވާހަކައަށް ވުރެ، އެ ވާހަކަ ވިދާޅުވި ރާގުން ނެގޭ މާނައާއި، މޫނުފުޅުމަތީގެ އަސަރުތަކުން ކުރެވޭ ތަރުޖަމާއަކީ ވާހަކަ އުފުލާ މީހުންގެ ނަޒަރުގައި ހަގީގަތެވެ. ކޮންމެއަކަސް ވީގޮތެއް ވެގެން އެ ދެބޭފުޅުން މިހާރު އެތިއްބެވީ ސިޔާސީ ހަތުރުންނަށް ވެފަ އެވެ.

ރިޔާސީ އިންތިހާބު ނިމި، އެމްޑީޕީއަށް ނާކާމިޔާބު ވުމުން އެމްޑީޕީގެ ވަފާތެރި މެންބަރުންނަށް އެ ބަލީގެ ސަބަބަކަށްވީ ރައީސް ނަޝީދެވެ. އެހެންނަމަވެސް އެއީ ހަގީގަތުގެ ބައިކުޅަބައެވެ. އިންތިހާބުތަކުން އެމްޑީޕީ ބަލިވީ ސަބަބު ދެނެގަތުމަށްޓަކައި ޕާޓީ ތެރޭގައި ދިރާސާއެއް ކުރެވުނެވެ. ނަމެއްގަ އެއް ނޫނެވެ. ޕާޓީގެ ޒިންމާތަކާ ހަވާލުވެގެން ތިބި މީހުންނާއި، އާންމު މެންބަރުންނާއި ޕާޓީއާ މިހާރު މާ ދުރުގައި ތިއްބެވި ބޭފުޅުން ހިމެނޭހެން އެތައް ބަޔަކާ ވާހަކަ ދެއްކުނެވެ. އެތަށް ރަށަށް ދަތުރުކުރެވުނެވެ.

އެންމެންގެ ވާހަކައިން އާދެވުނު ހުލާސާގައި، އިންތިހާބުތަކުން އެމްޑީޕީ ބަލިވުމުގައި ރައީސް ނަޝީދަކީ މައިގަނޑު ސަބަބެއް ނޫނެވެ. ޕާޓީގެ ސަރުކާރު އޮތްއިރު ހިނގި އެތައް ކަމެއްގެ ރަނގަޅު މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދެވިފައި ނެތުމާއި، އިދިކޮޅުން ހިންގި ދޮގު މައުލޫމާތު ފެތުރުމުގެ ކެމްޕޭނުތަކަށް ރައްދު ނުދެވުމާއި، ސީދާ ސަރުކާރުގެ ބައެއް ސިޔާސަތުތަކުން ވެސް ވޯޓު ގެއްލުނުކަން ރިޕޯޓުގައި އޮންނާނެ އެވެ. އެ ވާހަކަ ލިޔުނީ އެތައް ހާސް ބަޔަކު އެހެން ބުނީމަ އެވެ. އެއްކަމެއްގައި، އެކި ތަންތަނުގައި ހާހެއްހައި މީހުން އެއްގޮތަކަށް ދައްކާ ވާހަކައަކީ ކަމުގެ ހަގީގަތް ކަމަށް ބަލަންޖެހެ އެވެ. އެ ރިޕޯޓު ޕާޓީގެ އިދާރާގައި އޮންނާނެ އެވެ.

މަޖިލިސް އިންތިހާބަށް ފަހުގައި އެމްޑީޕީ ކުރިއަށް ދާން މަސައްކަތް ކުރީ ހަގީގަތުގައި ރައީސް ނަޝީދު ވެސް އަދި ރައީސް ސޯލިހު ވެސް ނެތިއްޔާ ޕާޓީއަށް މާ ރަނގަޅު ވާނޭ ކަމަށް ދެކިގެންނެވެ. އެއީ އެއްގޮތަކުން ވިސްނާއިރު މޮޅު ވިސްނުމެކެވެ. ސިޔާސީ ލީޑަރުންނަށް ވުރެ ސިޔާސީ ފިކުރު ކުރިއެރުވުން މުހިންމުވާނެ އެވެ. ބައެއްގެ ކޯޅުމުގެ ތެރޭގައި ރާއްޖޭގެ މުސްތަގުބަލު ތާށިވެފައި އޮންނާކަށް ނުޖެހެ އެވެ. އެ ފަލްސަފާގެ މައްޗަށް ޕާޓީ ހިންގާލަން އުޅުނަސް، އެކަހަލަ ފަލްސަފާއަކަށް އެމްޑީޕީގެ އާންމު މެންބަރުން ވެސް، އަދި ރާއްޖެ ވެސް ތައްޔާރެއް ނޫނެވެ. ރާއްޖޭގެ ރައްޔިތުން ފަރިތައީ މީހުންނަށެވެ. ފިކުރަކަށް ނޫނެވެ.

އެމްޑީޕީއަށް އޮތް އެންމެ ބޮޑު ނަސީބަކީ، އަދި ބައެއް ފަހަރު ކުރިމަތިވާ އެންމެ ބޮޑު ބަދު ނަސީބަކީ ވެސް ލީޑަރޝިޕް ކޮލިޓީ ހުރި ލީޑަރުން ގިނަ ވުމެވެ. އެކަން ނަސީބަކަށް ނުވަތަ ބަދުނަސީބަކަށް ވުން ބިނާވަނީ އަޅުގަނޑުމެން އަމަލުކުރާ ގޮތެއްގެ މައްޗަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ގަސްތުކޮށްގެން މިވަގުތު ވެސް 6 ބޭފުޅުން އެބަ ތިއްބެވި އެވެ. އަޅުގަނޑުގެ ނަޒަރުގައި، އަންނަ ރިޔާސީ އިންތިހާބުގައި، ރާއްޖޭގެ އެންމެ ދޮށީ ޕާޓީން ވާދަ ކުރާ މީހާއަށް ވުމުގެ ޝައުގުވެރިކަން ތިމަންނާގެ އެބަހުއްޓޭ ބުނަން ކެރޭނީ ފިސާރި މީހަކަށެވެ. އެއީ ކިހައިވަރެއްގެ މަސްއޫލިއްޔަތެއްކަމާއި، ރާއްޖެ މިއޮތް ހާލަތާއި، ދެން އުފެދޭ ސަރުކާރުން އަޅާންޖެހޭނޭ ފިޔަވަޅުތައް ވެސް އެނގިހުރެ މެނުވީ އެވަރުގެ ވާހަކައެއް ނުދައްކާނެ އެވެ. އެހެންވީމާ އެ ބޭފުޅުން ހިތްވަރާއި، ގާބިލުކަމާއި ކެރުމަށް އައްސަރިބަހުން ސާބަހެވެ.

'އެއްގޮނޑިއެއްގައި އިށީންނަން' ތައްޔާރަށް ތިބި މިހައި ގިނަ ލީޑަރުން ތިބިއިރު ކޮންމެވެސް ވަރެއްގެ ހައިޖާނެއް ނުހިނގާނީ މަރުވެފައި އޮތް ޕާޓީއެއްގަ އެވެ. ޕާޓީ ދިރިއޮތްކަމުގެ ލިސާނަކީ މި ކޯޅުންތަކާއި ވާދަވެރިކަމުގެ ކޮންމެވެސް ހިލަމެއް އާންމު މެންބަރުންނަށް ވެސް ވުމެވެ. ގޮތް ނިންމަންޖެހޭ ދުވަހު، މެންބަރުން ފާހަގަ ޖަހާނޭ ނަމެއް ނިންމާން އެނގޭނީ މިހާރު އިވޭ އަޑުތަކަށް ބަލައިގެންނެވެ.

ރިޔާސީ އިންތިހާބަށް އަދި ލައްކަ ވަގުތު އެބައޮތެވެ. ވީމާ... ހަމަޖެހޭށެވެ. މިވަގުތު ޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންދެވޭނޭ ގޮތަކަށް ޕާޓީގެ ލީޑަރުންގެ އަމަލުތައް ބެހެއްޓުން މުހިންމެވެ. ލީޑަރުންނޭ މި ދެންނެވީ، މިހެން ބުނީމާ ހިތަށް ތި އަންނަ ނަންތަކާއި، ޕާޓީގެ އިންތިހާބީ މަގާމުތައް ވެސް ހިމަނައިގެންނެވެ. ތިބޭފުޅުންގެ މެދުގައި ހެޔޮވަރުގެ ސިޔާސީ އަދާވާތްތެރިކަމެއް އޮތުމަކީ ސިޔާސީ މަސްރަހު ހިނގަހިނގައި ބޭއްވުމަށް ހަމަ އެންމެ ރަނގަޅު ކަމެކެވެ. އެހެންނަމަވެސް އަދާވާތްތެރިވިޔަސް ވާންވާނީ ހިތަށް ކުޅަދާނަވާ މިންވަރަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox