އީސީ އޮތީ މުއިއްޒުގެ ނުފޫޒުގައި ތާށިވެފައި، އިންތިހާބު އިންސާފުވެރިއެއް ނުވާނެ: ޝިފާޒު

މުހައްމަދު ޝިފާޒު ވަނީ މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި. -- ފޮޓޯ: އަދަދު

މުހައްމަދު ޝިފާޒު ވަނީ މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި. -- ފޮޓޯ: އަދަދު

އިލެކްޝަންސް ކޮމިޝަނަކީ މިހާރު މިނިވަން ކޮމިޝަނެއް ނޫން ކަމަށާއި، އެތަން އޮތީ ރައީސް މުހައްމަދު މުއިއްޒުގެ ސީދާ ނުފޫޒުގެ ދަށުގައި "ތާށިވެފައި" ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

"އަދަދު" ނޫހުން ރެއިން ފެށިގެން ގެނެސްދޭން ފެށި "ފެންނަނުފެންނަ" ޕްރޮގްރާމުގައި، ކުރިން މިނިސްޓަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ޝިފާޒު ވިދާޅުވީ، އޭޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި "ފެންނަ ނުފެންނަ" ވޯޓާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ނިންމަމުންދާ ނިންމުންތަކަކީ ރައްޔިތުންގެ ބައިވެރިވުން ކުޑަކޮށް، ސަރުކާރަށް ފައިދާވާނެ ގޮތަށް ރޭވިގެން ކުރިއަށްދާ ކަންކަން ކަމަށެވެ.

"ކުޑަކޮށްވެސް އަޅުގަނޑު ގަބޫލެއް ނުކުރަން މިއީ އިންސާފުވެރި އިންތިހާބެއް ކަމަކަށް. އިންސާފުވެރި އިންތިހާބެއްގައި އެންމެ ބޮޑު އެއް މަފުހޫމަކީ ވީހާވެސް ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ގޮތް ނިންމަން ފުރުސަތު ދިނުން،" ޝިފާޒު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކޮށްފައިވަނީ ފުރުސަތުތައް ހަނިކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް، ރާއްޖޭން ބޭރުގައާއި ރިސޯޓުތަކުގައި ވޯޓު ފޮށި ނުބެހެއްޓުމަށް ނިންމި ނިންމުމަކީ، ލޯކަލް ކައުންސިލް އިންތިހާބުތަކުގެ ނަތީޖާ ބަދަލުކުރުމަށް ކުރާ "ހީލަތްތެރި" މަސައްކަތެއްގެ ގޮތުގައި ޝިފާޒު ފާހަގަކުރެއްވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ތިއްބެވީ ނުފޫޒުގައި ތާށިވެފައިކަން ވަރަށް ސާފުކޮށް އެނގޭކަމަށް ޝިފާޒު ވިދާޅުވި އެވެ.

"އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ވިދާޅުވި އެ ބޭފުޅުން ގިލްޓީވަމޭ މިވަގުތު ހާލަތާ ދޭތެރޭގައި. ސިޔާސީ ޕާޓީތަކާއި އީސީއާ ދެމެދު އެންގޭޖުވުމެއް ނެތް. އެ ބޭފުޅުންނަށް ނެތްކަން އެ ނޫން އެހެން ގޮތެއްވެސް، އެ ބޭފުޅުންނަށް މާ މުހިއްމު ދައުލަތުގެ ޕޭރޯލުން ލިބޭ މުސާރަ،" އިލެކްޝަންސް ކޮމިޝަނާއެކު އެމްޑީޕީން ބޭއްވި ބައްދަލުވުމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވިއެވެ.

ފެންނަ ނުފެންނަ ވޯޓަށް ރައްޔިތުން ހޭލުންތެރިކުރުވުމަކީ އީސީގެ ޒިންމާއެއް ކަމަށް ވެސް އެ ކޮމިޝަނުން ގަބޫލު ނުކުރާ ކަމަށް ވެސް ޝިފާޒު ވިދާޅުވި އެވެ.

"އެހެން ވިދާޅުވީމަ އަޅުގަނޑުމެން ބުނިން ގާނޫނުގައި އޮވޭހޭ އީފާސް ކިޔާ އެއްޗަކުން ސިޔާސީ ޕާޓީތަކުގެ މެންބަޝިޕް ހޯދަން،" ޝިފާޒު ވިދާޅުވި އެވެ.

އީސީން އީފާސް ބޭނުންކުރަން ފެށީ ސަރުކާރުން އަންގައިގެން ކަމަށް މުއިއްޒު ކުރިން ވިދާޅުވެފައިވެ އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ނުފޫޒު ކުޑަވާނެ ކަމެއް ކަމަށް މިދިޔަ ހުކުރު ދުވަހު މުއިއްޒު ފާހަގަކުރެއްވި ވާހަކައަށް އިޝާރާތް ކުރައްވައި ޝިފާޒު ވިދާޅުވީ، ނުފޫޒުން އެއްފަރާތްވެ އިންތިހާބު ބާއްވަން މުއިއްޒު ބޭނުން ނަމަ، އެ ނަމޫނާ އެމަނިކުފާނު ވެސް ދެއްކެވުމަށް ގޮވާލެއްވި އެވެ.

ޝިފާޒު ގޮވާލެއްވީ، ރައީސް މުއިއްޒު ވެސް ރައީސުލްޖުމްހޫރިއްޔާ ކަމުން އެއްފަރާތްވެވަޑައިގެން، މިނިވަންކަމާއެކު އިންތިގާލީ މަރުހަލާއެއްގެ ތެރެއިން އާ ފެށުމަކުން ފެށުމަށް ފުރުސަތު ދެއްވުމަށެވެ.

"ކެރިވަޑައިގަންނަވާނެތޯ އެކަން ކުރައްވަން؟ ކެރިވަޑައިގަންނަވާނަމަ އިންސާފުން މިކަން ކުރެވޭނެ ނުފޫޒުން ބޭރުން،" ޝިފާޒު ވިދާޅުވިއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox