ރިވައިވަލް އިން ޒެމްބިއާ އިންޓަނޭޝަނަލް މުބާރާތުގެ ދެ ފައިނަލަށް

Nov 16, 2025, 2:19 AM
ރިވައިވަލް އިން ޒެމްބިއާ އިންޓަނޭޝަނަލް މުބާރާތުގެ ދެ ފައިނަލަށް

ޒެމްބިއާ އިންޓަނޭޝަނަލް މުބާރާތުގެ ދެ އިވެންޓެއްގެ ފައިނަލުން ރިވައިވަލް ސްޕޯޓްސްގައި ހިމެނޭ ގައުމީ ބެޑްމިންޓަން ޓީމުގެ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) އަދި ޒަޔާން ޒަކީ ދަތުރުކޮށްފި އެވެ.

އެ ގޮތުން، ޒަޔާން އާއި ނަބާގެ ޕެއާ މިކްސް ޑަބަލްސް ފައިނަލުން ފުރުސަތު ހޯދިއިރު، ނަބީ އާއި ނަބާގެ ޕެއާ އިން ވަނީ އަންހެން ޑަބަލްސް ފައިނަލުން ޖާގަ ޔަގީންކޮށްފަ އެވެ.

ނަބާ އާއި ނަބީ އަދި ޒަޔާންގެ އިތުރުން، ދެން ރިވައިވަލް އިން ޒެމްބިއާ މުބާރާތް ހިމެނޭ ގޮތަށް އެފްރިކާގެ ތިން މުބާރާތެއްގައި ކުޅޭ ސްކޮޑުގައި ހިމެނެނީ، ނިބާލް އަހުމަދު، ހައިޝަމް އިބްރާހިމް އަލީ، ހަސަން ޒަޔާން އެވެ. މިދިޔަ ސެޕްޓެމްބަރު މަހު، ބީޑަބްލިއުއެފް އިން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖޭގެ ކުޅުންތެރިންނަށް ކުޅެވޭ ގޮތަށް ސަސްޕެންޝަނަށް ލުއިތަކެއްް ދިނުމުން މިއީ، ރާއްޖޭގެ ކުޅުންތެރިން ބީޑަބްލިއުއެފްގެ މުބާރާތްތަކުގައި ބްރޭކަކަށް ފަހު ވާދަކުރާ ފުރަތަަމަ ފަހަރެވެ.

އެ ގޮތުން، މިކްސް ޑަބަލްސް ކުއާޓާ ފައިނަލުގައި ޒަޔާން އާއި ނަބާގެ ޕެއާ އިން ވަނީ ޒެމްބިއާގެ ޕެއާ އެއް ކަމަށްވާ ޕަލާޝް ޕްރަންޖަލް އާއި ބޫޕޭ މާބޯ އަތުން 21-03، 21-04 އިން މޮޅުވެފަ އެވެ. އެ އަށް ފަހު ސެމީ ފައިނަލުގައި، ޒެމްބިއާގެ ޗެންގޯ އެޒްރާ އާއި މެރީ ޗިލަމްބޭގެ ޕެއާ އަތުން ޒަޔާން އާއި ނަބާ މޮޅުވީ ދެ ސެޓު އެއް ސެޓުންނެވެ. ސެޓުތައް ދިޔައީ، 19-21، 21-14 އަދި 21-15 އިންނެވެ.

ފައިނަލުގައި ނަބާ އާއި ޒަޔާން މިއަދު ކުޅޭނީ މިސްރުގެ އިއްޒަތު ކަރީމް އާއި ނޫރު އަހުމަދުގެ ޕެއާއާ އެވެ. މިއީ، ބީޑަބްލިއުއެފް މުބާރާތްތަކުގައި ޒަޔާން އާއި ނަބާގެ ޕެއާ އިން ކުޅޭ ތިން ވަނަ ފައިނަލެވެ. މީގެ ކުރިން، 2019 ވަނަ އަހަރު ޕާކިސްތާނުގައި، މިދިޔަ އަހަރު ބޮޓްސްވާނާގައި އަދި މި އަހަރު މި ވަނީ ޒެމްބިއާގައި ފައިނަލަށް ދަތުުރުކޮށްފަ އެވެ.

އަންހެން ޑަބަލްސްގެ ކުއާޓާ ފައިނަލުގައި ނަބީ އާއި ނަބާ ވަނީ ޒެމްބިއާގެ އެލިޒަބަތު ޗިޕެލްމޭ އާއި އެންގާންޑްވޭ މިޔަމްބޯ އަތުން 21-04، 21-03 އިން މޮޅުވެފަ އެވެ. ސެމީ ފައިނަލުގައި ނަބީ އާއި ނަބާގެ ޕެއާއާ ކުޅެން އޮތް ޓީމުން ވަކިވުމުން، ފައިނަލުގެ ޖާގަ ލިބުނީ އެވެ. ބީޑަބްލިއުއެފް މުބާރާތްތަކުގެ އަންހެން ޑަބަލްސްގައި ނަބީ އާއި ނަބާ ކުޅޭ ހަތަރު ވަނަ ފައިނަލުގައި، މި ފަހަރުގެ ޒެމްބިއާ އިންޓަނޭޝަނަލްގައި ނުކުންނާނީ ދެކުނު އެފްރިކާގެ އެމީ އެކަމަން އާއި ޖޮހަނީޓާ ޝޮލްޓްޒްއާ ދެކޮޅަށެވެ.

ޒެމްބިއާ އިންޓަނޭޝަނަލްގެ ފިރިހެން ސިންގަލްސް ކޮލިފައިންގައި ހައިޝަމް އާއި ހަސަން ޒަޔާން ވެސް ބަލިވީ އިންޑިއާގެ ސްރީ ޔަޝްވަންތު އަތުންނެވެ. ހައިޝަމް އަތުން ސޓުތައް ގެންދިޔައީ 21-12، 21-11 އިންނެވެ. އަދި ހަަސަން ޒަޔާން އަތުން ސެޓުތައް ގެންދިޔައީ، 21-12، 21-10 އިންނެވެ.

ފިރިހެން ސިންގަލްސްގައި ނިބާލް ބަލިވީ ގަދަ 32 ކުޅުންތެރިންގެ ބުރުގައި އިންޑިއާގެ އަކްޝޭ ސައި އަތުން ދެ ސެޓު އެއް ސެޓުންނެވެ. ސެޓުތައް ދިޔައީ، 21-18، 19-21 އަދި 21-14 އިންނެވެ. ހަމަ އެ ބުރުގައި ޒަޔާން ޒަކީ ބަލިވީ 21-19، 21-15 އިން އިންޑިއާގެ އާދިތުޔަން އަތުންނެވެ.

އަންހެން ސިންގަލްސްގެ ގަދަ 32 ކުުޅުންތެރިންގެ ބުރުގައި ޖޮހަނީޓާ އަތުން ނަބީ ބަލިވީ ތިން ސެޓު ކުޅެގެން، 21-10، 21-18، 21-3 އިންނެވެ. އެ ބުރުުގައި ނަބާ ވަނީ ޓަކޫޒާ އެމްބެވޭ އަތުން 21-03، 21-07 އިން މޮޅުވެ، ގަދަ 16 ބުރަށް ދަތުރުކޮށްފަ އެވެ. އެ ބުރުގައި، މިސްރުގެ ނޫރު އަތުން ތިން ސެޓަށް ގޮސްގެން ބަލިވީ އެވެ. ސެޓުތައް ދިޔައީ 21-15، 17-21 އަދި 21-11 އިންނެވެ.

ފިރިހެން ޑަބަލްސްގައި ހަސަން ޒަޔާން އާއި ހައިޝަމްގެ ޕެއާ ބަލިވީ ގަދަ 32 ގެ ބުރުގައި، ޒިމްބާބްވޭގެ ޕޯލް ކިޕޯލޯ އާއި ތަބާނީ މާތޭ އަތުން ތިން ސެޓަށް ގޮސްގެންނެވެ. މެޗުގެ ސެޓުތައް ދިޔައީ، 21-18، 20-22 އަދި 22-24 އިންނެވެ. ފިރިހެން ޑަބަލްސްގެ ގަދަ 16 ބުރުގައި، ޒަޔާން އާއި ނިބާލްގެ ޕެއާ އަތުން އިންޑިއާގެ އަނޫޖް ކާލޭ އާއި އިއަން ލޮޕޭޒް މޮޅުވީ 21-13، 21-06 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox