ފުވައްމުލައް އޮތީ ފެނަށް ޖެހިފައި، ބޭނުންވަނީ ދާއިމީ ހައްލެއް: މޭޔަރު އިއްސެ

ފުވައްމުލައް އޮތީ ފެނަށް ޖެހިފައި، ބޭނުންވަނީ ދާއިމީ ހައްލެއް: މޭޔަރު އިއްސެ

ފުވައްމުލައް ސިޓީ މިވަގުތު އޮތީ ފެނަށް ޖެހިފައި ކަމަށާއި އެ މައްސަލައަށް ބޭނުންވަނީ ދާއިމީ ހައްލެއް ކަމަށް އެ ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު (އިއްސޭ) ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އެންމެ ގިނައިން މީހުން ދިރިއުޅޭ ރަށްތަކުގެ ތެރޭގައި ހިމެނޭ ފުވައްމުލަކަށް ހޯމަ ދުވަހުން ފެށިގެން ސާފު ފެން ނުލިބޭ މައްސަލަ ހައްލުކޮށް، ގޭގެއަށް ފެން ދޫކުރަން ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

ގިނަ ގޭގެއަށް އަދި ވެސް ފެން ނުލިބޭ ކަމަށް އެ ރަށުން ވަނީ މައުލޫމާތު ދީފަ އެވެ. އެކަމާ ގުޅޭގޮތުން އަދަދު އަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި މޭޔަރު އިއްސޭ ވިދާޅުވީ ގޭގެއަށް މިހާރު ދޫކުރަމުންދާ ފެނުގެ ރައްކާތެރިކަން ކަށަވަރު ނުވާ ކަމަށެވެ.

"ނެޓްވޯކުގެ ތެރެއިން ގޮސް ގޭގެއަށް ލިބޭ ފެން ހުރީ ކިހިނެއް ކަމެއް އެއީ އަޅުގަނޑުމެންނަށް އަދި ރަސްމީކޮށް ނޭނގޭ، އެކަމުގެ ޓެސްޓުތަކުގެ [ނަތީޖާ] ވެސް ލިބޭނީ މިއަދު ހަވީރު، އަޅުގަނޑަކަށް ޔަގީންކަމެއް ނެތް މިހާރު ގޭގެއަށް ލިބޭ ފެނަކީ ރައްކާތެރި ފެން ކަމެއް،" އިއްސޭ ވިދާޅުވި އެވެ.

ފެނުގެ ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ހޯދުމަށް ރަސްމީކޮށް ކަމާ ގުޅުންހުރި އިދާރާތަކުގައި އެދިފައިވާނެ ކަމަށާއި އެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އިދާރާތަކުގެ ފަރާތުން އެކަށީގެންވާ ޖަވާބެއް މިހާތަނަށް ނުލިބޭ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

"ދާއިމީ ހައްލަކީ ނެޓްވޯކު ރަނގަޅު ކުރުން، ލީކުތައް ބައްދަން ޖެހޭ އަދި އެއާއެކު ފެން އުފެއްދޭ މިންވަރު އިތުރުކުރަން ޖެހޭ. މި ގޮތަށް ފެން ދޭން ފެށިޔަސް ދެން ކަނޑާލަން ޖެހޭނީ ކޮން ހިސާބަކުން ކަމެއް ވެސް ނޭނގޭ،" މޭޔަރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އެ ސިޓީގައި 1500 ޓަނުގެ ދެ ފެން ޕްލާންޓް ބެހެއްޓުމަށް މީގެ ކުރިން ވެސް ރާވާފައިވާ ކަމަށާއި އެކަށީގެންވާ ހައްލެއް ލިބޭނީ އެ ޕްލާންޓުތައް ބެހެއްޓުމުން ކަމަށް މޭޔަރު ވިދާޅުވި އެވެ. އެއީ ގިނަ ގެސްޓުހައުސްތަކެއް ވެސް ސިޓީގައި ހުޅުވަމުން ދިޔުމާއި އާންމުން ވެސް ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ ކަމަށް މޭޔަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފުވައްމުލައް މިއޮތީ ފެނަށް ޖެހިފައި، މިއީ ގުޅިގެން ހައްލު ކުރަން ޖެހޭ މައްސަލައެއް. އެއީ ފުޅި މިކޮޅަށް ގެނެސް ބަހަން ވިޔަސް، ފެން ވަގުތީ ގޮތުން އުފެއްދޭނެ މޯބައިލް ޕްލާންޓެއް ބަހައްޓައިގެން ނަމަވެސް މިހާރުން މިހާރަށް ފެން އެބަ ބޭނުންވޭ،" އިއްސޭ ވިދާޅުވި އެވެ.

ފުވައްމުލަކުގައި މިވަގުތު 150 އަށް ވުރެ ގިނަ ޓޫރިސްޓުން ވެސް އެބަ ތިބި ކަމަށް އެ ރަށުން މައުލޫމާތު ދިން ބައެއް މީހުން ބުންޏެވެ. އެ ރަށަކީ ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެ ކުރިއަރާފައިވާ އެއް ރަށެވެ.

މި ނޫހުން މިހާތަނަށް ސުވާލުކުރި ފުވައްމުލަކުގެ 20 އަށް ވުރެ ގިނަ ގޭބިސީތަކަށް އަދިވެސް ފެން ނުލިބެ އެވެ. ފެން ނުލިބުމާ ގުޅިގެން އިއްޔެ އާއި ރޭ ވަނީ ފުވައްމުލަކުގައި މުޒާހަރާ ވެސް ކޮށްފަ އެވެ.

އަދަދު އިން ހެދި މި ކުޑަ ސާވޭގައި އެ ރަށުގެ ހުރިހާ އަވަށްތަކެއްގެ ގޭބިސީއަކުން މައުލޫމާތު ހޯދީމެވެ. އޭގެ ތެރޭގައި، ފެނަަކައިން ބުނާ "ކްރޮސް ކަނެކްޝަން" ހަދާފައި ހުރި ގެތަކާއި ހަމައެކަނި ސަޕްލައި ފެން ބޭނުންކުރާ ގެތަށް ވެސް ހިމެނެ އެވެ.

ފުވައްމުލަކު ފެނުގެ ނިޒާމުގައި މައްސަލަ ޖެހެން ފެށީ ލޮނުފެން، ސާފު ފެނަށް ބަދަލުކުރަން ބޭނުންކުރާ ސިސްޓަމުގެ ބައިތަކަކަށް ގެއްލުން ވުމާއި ފެނުގެ ނެޓްވޯކުގެ އެހެން ބައިތަކަށް ވެސް އެކި ވަރުގެ ގެއްލުން ވުމާއި ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ފެނުގައި ހުންނަ ބެކްޓީރިއާ ނައްތާލާ ބައެއް ކެމިކަލް ރަށުގައި ނެތިގެން ފުވައްމުލަކުގެ ފެން ތަގައްޔަރު ވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. އެ ޝަކުވާ ތަކާއި ގުޅިގެން ރައީސް މުހައްމަދު މުއިއްޒު މި ފަހުން އެ ރަށަށް ކުރެއްވި ދަތުރުގެ ތެރެއިން ވެސް ކައުންސިލުން ވަނީ މިކަމުގެ ޝަކުވާ ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox