ފުލުހުން ބުނީ ޑްރަގުގެ ބޮޑު އޮޕަރޭޝަން މުޅި ރާއްޖޭގައި ރޭ ފަތިހު ފަށާފައިވާ ކަމަށް

މީގެ ކުރިން ފުލުހުން މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ފުލުހަކު ގެއެއްގެ ކުޑަދޮރުން ބޭރަށް ބަލަނީ --- ފޮޓޯ: އަދަދު

މީގެ ކުރިން ފުލުހުން މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ފުލުހަކު ގެއެއްގެ ކުޑަދޮރުން ބޭރަށް ބަލަނީ --- ފޮޓޯ: އަދަދު

ގިނަ އަދަދެއްގެ ފުލުހުން ނެރެގެން މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގާ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ބޮޑު އޮޕަރޭޝަން މުޅި ރާއްޖޭގައި ރޭ ފަތިހު ފަށާފައިވާ ކަަމަށް ފުލުހުން ބުނެފި އެވެ.

މުއިއްޒުގެ ޕޯސްޓަށްފަހު ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާ އޮޕަރޭޝަން ފެށީ ރޭ ފަތިހު 5:30 ގައި ކަމަށެވެ. މި އޮޕަރޭޝަންގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުން 100 އަށްވުރެ ގިނަ ތަންތަން ބަލައިފާސްކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

"އޮޕަރޭޝަން އަލިމަގު"ގެ ނަމުގައި ކުރިއަށް ގެންދާ މި އޮޕަރޭޝަނަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

"މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެއް،" ފުލުހުން ބުންޏެވެ.

ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން މިދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް، ވެރިކަމަށް ވަޑައިގެންނެވީއްސުރެ މުއިއްޒު ގެންދަވަނީ ހަރު ބަސް ވިދާޅުވަމުންނެވެ.

އެ މަސައްކަތުގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ އަދި ކުށްކުރާ ގޭންގުތަކާއި ދެކޮޅު އޮޕަރޭޝަންތަކުގައި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޭންގު ގާނޫނެއް ވެސް މި ސަރުކާރުން ވަނީ ހަދާފަ އެވެ. ބެލެވޭ ގޮތުގައި މިއަދުގެ ބޮޑު އޮޕަރޭޝަން ގައި ގޭންގު ގާނޫނުގެ ބޭނުން ފުލުހުން ހިފާނެ އެވެ.

މި ސަރުކާރުން ބުނާ ގޮތުގައި، ޑްރަގާ ދެކޮޅަށް ސަރުކާރުން ގެންގުޅެނީ ވަރަށް ހަރުކަށި ސިޔާސަތެކެވެ. އެ ގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި އޭގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބޭން ދިރާސާ ކުރަން ޖުލައި މަހު މުއިއްޒު އެންގެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލުކޮށްފި

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޯވަލްއާ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ބައްދަލުކުރައްވައި، ދެ ގައުމުގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. "ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް" ގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން ދެމެހެއްޓުމަށާއި ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.

އޮކްޓޯބަރު މަހު އެކަނިވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 24 މައްސަލައާއި ގެވެށި އަނިޔާގެ 57 މައްސަލަ!

ނިމިދިޔަ އޮކްޓޫބަރު މަހު ޖެންޑާ މިނިސްޓްރީއަށް 299 މައްސަލަ ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 109 މައްސަލައެވެ. މީގެ އިތުރުން ގެވެށި އަނިޔާގެ 57 މައްސަލައަކާއި، ކުޑަކުދިންގެ އަހުލާގީ 35 މައްސަލައެއްގެ އިތުރުން އާއިލީ 33 މައްސަލައެއް އެ މަހު ރިޕޯޓުކޮށްފައިވެއެވެ.

"އަހާބަލަ" ނަމުގައި އެމްޑީޕީގެ މުޒާހަރާ ބުރާސްފަތި ދުވަހުގެރޭ

ރަސްމާލޭގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، "އަހާބަލަ" ނަމުގައި ބުރާސްފަތި ދުވަހުގެރޭ މުޒާހަރާކުރުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.

ބިލު ފާސްނުކުރަން ގޮވާލައި "ފައިސަލްއާޒިމް" ޓީމުގެ ސިޓީއެއް

ރަސްމާލެއިން ބޮޑު ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަށް މަގުފަހިވާ ގޮތަށް ފަރުމާކޮށްފައިވާ ރިއަލް އެސްޓޭޓް ބިލު ފާސްނުކުރުމަށް ގޮވާލައި "ފައިސަލްއާޒިމް" ޓީމުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ވަނީ ހުށަހަޅާފައި. ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މި ބިލަކީ ވަކި ބަޔަކަށް ފައިދާވާގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް.

ސަރުކާރުން ފޮނުވި ގޮތަށް 59 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް 63 މެންބަރުންގެ ވޯޓާއެކު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އިދިކޮޅު އެމްޑީޕީން ބަޖެޓަށް ހުށަހެޅި އެއްވެސް އިސްލާހެއް ފާސްނުވާއިރު، މި ބަޖެޓުގައި މާލީ ބޮޑެތި ރިސްކުތަކެއް ހުރިކަމަށް އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވާފައި

މުއިއްޒު ހެއްކެއް ގޮތުގައި ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް

އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފު ކުރުމުގެ ދައުވާގައި، މުއިއްޒު ހެއްކެއްގެ ގޮތުގައި ބަލައިނުގަންނަން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައި. ކްރިމިނަލް ކޯޓާއި ހައި ކޯޓުން މި ހެކި ބަލައިނުގަތުމަށް ވަނީ ނިންމާފައި.

ވީއައިއޭގެ އީ-ގޭޓުތަކުން ދޭ ހިދުމަތް ފަތުރުވެރިންނަށް ފުޅާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އީ-ގޭޓްތަކުން ފަތުރުވެރިންނަށް ޚިދުމަތް ދޭން ފެށުމާއެކު، 39 ގައުމެއްގެ ފަތުރުވެރިންނަށް އިމިގްރޭޝަންގެ މަރުހަލާތައް އަވަސްވެ، ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައިވޭ. މި ނިޒާމުގެ ދަށުން "އިމުގާ" މެދުވެރިކޮށް ކްލިއަރެންސް ލިބި، އީ-ގޭޓް ބޭނުންކުރުމުން ވަގުތުން އީ-ވިސާ ދޫކުރެވޭ.

Newsletter

Get the latest news delivered straight to your inbox