ބީޑަބްލިއުއެފް މުބާރާތްތަކަށް ރިވައިވަލް އާ ހިތްވަރަކާ އެކު

Nov 13, 2025, 5:13 AM
ރިވައިވަލްގެ ކޯޗު ނަޝްފާން މުހައްމަދު: އޭނާ ވަނީ ރިވައިވަލް އަށް ކުރިއަށް އޮތީ ޗެލެންޖިން ހާލަތެއް ކަމަށް ފާހަގަކޮށްފައި.--- ފޮޓޯ: އަދަދު ސްޕޯޓްސް

ރިވައިވަލްގެ ކޯޗު ނަޝްފާން މުހައްމަދު: އޭނާ ވަނީ ރިވައިވަލް އަށް ކުރިއަށް އޮތީ ޗެލެންޖިން ހާލަތެއް ކަމަށް ފާހަގަކޮށްފައި.--- ފޮޓޯ: އަދަދު ސްޕޯޓްސް

ރިވައިވަލް ސްޕޯޓްސް އިން ދުނިޔޭގެ ބެޑްމިންޓަން ޖަމިއްޔާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރުހުންދީފައިވާ އެފްރިކާގެ ތިން މުބާރާތެއްގައި ވާދަކުރާއިރު، ރޭންކިން އަށް ވަރަށް ބޮޑަށް ވަނީ މަސައްކަތްކުރަން ޖެހިފައި ކަމަށް ކޯޗު ނަޝްފާން މުހައްމަދު ބުނެފި އެވެ.

މިއީ، މިދިޔަ މެއި މަހު ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑް ކުރުމުން، އެ ސަސްޕެންޝަނާ އެއްގޮތަށް އަމަލުކުރަން ފަށައި، ޖޫން މަހު، ޗެކް ރިޕަބްލިކާއި އިޓަލީގައި އޮތް މުބާރާތްތަކުގައި ވާދަކުރަން އެންޓްްރީ ހަދައި، ބައިވެރިވުން ޔަގީންކޮށްފައި އޮތް ގައުމީ ބެޑްމިންޓަން ޓީމާއި ރިވައިވަލް ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ވަނީ ބާކީކޮށްފަ އެވެ. އޭގެ ފަހުން، މިދިޔަ ސެޕްޓެމްބަރު މަހު، ބީޑަބްލިއުއެފް އިން ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖޭގެ ކުޅުންތެރިންނަށް ކުޅެވޭ ގޮތަށް ސަސްޕެންޝަނަށް ލުއިތަކެއްް ދީފަ އެވެ. އެއާ އެކު، އިއްޔެ، ރިވައިވަލްގެ ކުޅުންތެރިން ތައްޔާރީތައް ފަށައި، އެފްރިކާގެ ތިން މުބާރާތަށް ވަނީ ގޮސްފަ އެވެ. އޭގެ ތެރެއިން ފުރަތަމަ މުބާރާތް، ޒެމްބިއާގައި މިއަދު ފަށާނެ އެވެ.

"(ބީޑަބްލިއުއެފް މުބާރާތެއް ކުޅެން) އެއް އަހަރު ފަހުން އަނެއްކާ ވެސް، ޗާންސް ލިބުނީމަ ވަރަށް ހިތްހަަމަޖެހިފައި ހުރިހާ ކުުޅުންތެރިން ވެސް ތިބެނީ. ވަރަށް ބޮޑަށް ރެޑީވެސް ވެފިން މުބާރާތަށް، އަޅުގަނޑުމެންނަށް އެނގުނު، ހިސާބުން ޗާންސް ލިބުނު ހިސާބުން ފަށައިގެން، ގާތްގަނޑަކަށް ދޮޅު މަސް ވަރު މި ލިބުނީ އެ ދޮޅު މަސް ތެރޭގައި ރެޑީވެވުނު އެންމެ ރަނގަޅަށް މި ތިބީ ހުރިހާ ކުދިން ވެސް ރެޑީވެފައި،" ނަޝްފާން ބުންޏެވެ.

ޒެމްބިއާ އާއި ބޮޓްސްވާނާ އަދި ސައުތު އެފްރިކާގައި ކުރިއަށްދާ މި މުބާރާތްތަކުގައި ރިވައިވަލް ސްޕޯޓްސްގެ ހައި ޕާފޯމަންސް ޓީމުގެ ހަ ކުޅުންތެރިއަކު ފެނިގެންދާނެ އެވެ. އެއީ، ނިބާލް އަހުމަދު، ޒަޔާން ޒަކީ، ފާތިމަތު ނަބާހާ (ނަބާ)، އައިމިނަތު ނަބީހާ (ނަބީ)، ހަަސަން ޒަޔާން މުހައްމަދު، އަދި ހައިޝަމް އިބްރާހިމް އަލީ އެވެ.

މިދިޔަ އަހަރުގެ ޒެމްބިއާ މުބާރާތާއި ބޮޓްސްވާނާ މުބާރާތުން ޖުމްލަ އެކު، ރިވައިވަލް އިން ވަނީ ރާއްޖެ އަށް އަށް މެޑަލް ހޯދައިދީފަ އެވެ. ފާއިތުވި އަހަރުތަކުގައި ރިވަައިވަލް އިން ހޯދި ކާމިޔާބީތަކާ އެކު، ބީޑަބްލިއުއެފްގެ ރޭންކިންގައި ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދިޔަ އެވެ. އެކަމަކު، ބީޑަބްލިއުއެފްގެ ސަސްޕެންޝަނެއްގައި އޮންނަން ޖެހި ރޭންކިން އިން ބޮޑުތަން ފަހަތަށް ރާއްޖޭގެ ކުޅުންތެރިން ވަނީ ވެއްޓިފަ އެވެ.

ނަޝްފާން ބުނީ، މިއީ ލިބިގެންދިޔަ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

"ރޭންކިން އެ ތިބީ މިހާރު އަނެއްކާ ވެސް ބެކް ޓު ޒީރޯ ހަަމަ. ވަރަށް ބޮޑަށް ގިނަ މުބާރާތްތަކެއް ކައިރިކައިރީގައި ކުޅެގެން ނޫނީ އެ ގެޕް ކައިރިނުކުރެވޭނެހާ ބޮޑަށް ވެއްޓިފައި އެ ހުރީ، ރޭންކިންތައް ހުރިހާ ކުދިންގެ ވެސް، އެހެންވީމަ، މި އަށް ވެސް ކުއްލިއަކަށް (މި ތިން މުބާރާތަށް ވެސް) ލިބުނު ދޮޅު މަސް ކުޑަ ނަމަވެސް ރިސްކު ނަގައިގެން ވެސް ދާންޖެހޭ މި މުބާރާތްތައް ކޮންމެ ގޮތެއް ވިޔަސް، އެއީ ރޭންކް ކައިރިކުރަން ލިބޭނީ މި ކަހަލަ މުބާރާތްތަކަށް ދިޔަ ވަރަކަށް އެހެންވީމަ، ގެއްލުން ވަރަށް ބޮޑު، އެކަމަކު ފުރުސަތު ލިބުނީމަ ކުރިއަށްދާނީ،" ނަޝްފާން ބުންޏެވެ.

"އަބަދުވެސް ރިވައިވަލްގެ ޓާގެޓަކީ، ގައުމަށް ހަމަ ގޯލްޑް މެޑަލް ހޯދުމުގެ ޓާގެޓް އިންނާނީ، މި މުބާރާތްތަކަށް ވެސް މި ދަނީ ގޯލްޑް މެޑަލް، އެކި އިވެންޓްތަކުން (ހޯދަން). މި ފަހަރު ދާ ކުދިންގެ ތެރޭގައި އިތުރުވެއްޖެ އާ ދެ ކުޅުންތެރިން. އެއީ ހައިޝަމް އާއި ހަސަން ޒަޔާން. ކުރިން ދިޔައީ ހަތަރު ޕްލޭޔަރުން. މި ފަހަރު ހަ ޕްލޭޔަރުން ދާތީ މެޑަލް ލިބުމުގެ ޗާންސް އިތުރު ވާނެ ކަމަށް މި ބަލަނީ. އަބަދުވެސް ގޯލްޑް މެޑަލް ޓާގެޓް އިންނާނީ،"

ނަޝްފާން ބުނީ، ހަސަން ޒަޔާން އާއި ހައިޝަމް އަކީ މުޅިން އާ ދެ ކުޅުންތެރިންނެއް ނޫން ކަމަށާއި އެފްރިކާގައި މި ކުޅޭ ލެވަލްގެ މުބާރާތްތަކަށް އާ ކުޅުންތެރިން ކަމަށެވެ. އެހެންކަމުން، މި މުބާރާތްތަކަކީ އެ ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާ އަކަށްވާނެ ކަމަށް ވެސް ނަޝްފާން ވަނީ ބުނެފަ އެވެ.

ރިވައިވަލް އިން ރާއްޖޭގެ ބެޑްމިންޓަން ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތް މިހާރު ގިނަ ބަޔަކު ބަަލައިގަނެފައިވާ ކަމަށާއި އެހެން ފަރާތްތަކުން ވެސް ބެޑްމިންޓަންގެ ކުރިމަގަށްޓަކައި ކުރެވުނު މަސައްކަތްތަކެއް ކުރުން މުހިންމު ކަމަށް ނަޝްފާން ވަނީ ބުނެފަ އެވެ.

ރިވައިވަލް ވާދަކުރާ މުބާރާތްތަކުގެ ތާރީހުތަކަށް ބަލާއިރު، ޒެމްބިއާ އިންޓަނޭޝަނަލް ކުޅޭނީ މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހުގެ މުއްދަތަށެވެ. ބޮޓްސްވާނާ އިންޓަނޭޝަނަލް ކުޅޭނީ މި މަހު 20-23 އަށެވެ. އަދި މި މަހު 27-30 އަށް ސައުތު އެފްރިކާގައި އަކުއާސްޕްރިންގްސް ސައުތު އެފްރިކާ އިންޓަނޭޝަނަލް އޮންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox