ފިފްޕްރޯ ޓީމުގައި މިހާތަނަށް ހިމެނުނު އެންމެ ހަގު ކުޅުންތެރިޔަކީ ޔަމާލް

Nov 4, 2025, 5:42 AM
ފިފްޕްރޯ ޓީމުގައި މިހާތަނަށް ހިމެނުނު އެންމެ ހަގު ކުޅުންތެރިޔަކީ ޔަމާލް

ޒިއުރިކް، ސްވިޒަލެންޑް (ނޮވެމްބަރު 4) - ފީފްޕްރޯ އިން ހޮވާ އަަހަރުގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ޓީމުން މިހާތަނަށް ޖާގަ ލިބުނު އެންމެ އުމުރުން ހަގު ކުޅުންތެރިޔާގެ ޝަރަފް، ބާސެލޯނާގެ އުމުރުން 18 އަހަރުގެ ވިންގް، ލަމީން ޔަމާލް އަށް ލިބިއްޖެ އެވެ.

ޖުމްލަ އެކު، 26،000 އަށް ވުރެން ގިނަ ކުޅުންތެރިންގެ ވޯޓާ އެކު ހޮވާ ފިފްޕްރޯ އިލެވަންގައި ޔަމާލް ހިމެނުނުއިރު، މިދިޔަ ސީޒަނުގައި އޭނާ ވަނީ ސްޕެއިންގެ ގައުމީ ޓީމާއި ބާސެލޯނާގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެހެންކަމުން، މި ތަފާތާ އެކު، އޭނާ އަށް މި ވަނީ ފިފްޕްރޯ ޓީމުން ފުރުސަތު ލިބިފަ އެވެ. ފިފްޕްރޯ އަށް އެންމެ ގިނަ ވޯޓު ލިބުނީ ޔަމާލް އަށެވެ. އެ ގޮތުން، އޭނާ އަށް އެކަނި 10،000 އަށް ވުރެން ގިނަ ވޯޓު ލިބިފައިވެ އެވެ.

ފިފްޕްރޯ ޓީމުގައި މި ފަހަރުގެ އެންމެ ގިނައީ، ޕީއެސްޖީ އަށް ކުޅުނު ކުޅުންތެރިންނެވެ. ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީއާ އެކު ހޯދި، ގޯލްކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާ އާއި ޑިފެންޑަރުން، ނޫނޯ މެންޑޭޒް އާއި އަޝްރަފް ހަކީމީ، މިޑްފީލްޑަރު، ވިޓީނިއާގެ އިތުރުން، ބެލޮންޑިއޯ އެވޯޑް ހޯދި އޮސްމާން ޑެމްބެލޭ އަށް ވަނީ ފިފްޕްރޯ ޓީމުން ޖާގަ ލިބިފަ އެވެ.

ބާސެލޯނާ އިން ޔަމާލްގެ އިތުރުން މި ޓީމުން ޖާގަ ލިބުނީ، ޕެޑްރީ ގޮންޒާލޭޒް އަށެވެ. ދެން، މިޑްފީލްޑަރުން ގޮތުގައި ހުރީ، ޗެލްސީއާ އެކު، ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރި އިނގިރޭސި ތަރި، ކޯލް ޕާމާ އެވެ.

ރެއާލް މެޑްރިޑްގެ ފޯވާޑް ކީލިއަން އެމްބާޕޭ އާއި ޖޫޑް ބެލިންހަމްގެ އިތުރުން، ދެން މި ޓީމުގައި ހިމެެނެނީ، ލިވަޕޫލްގެ ކެޕްޓަން، ވާޖިލް ވެން ޑައިކް އެވެ. މިއީ، މިދިޔަ ސީޒަނުގައި ލިވަޕޫލަށް އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ހޯދައިދޭން މޮޅު ކުޅުމެއް ދެއްކި ވެން ޑައިކް، މި ޓީމުގައި ހިމެނުނު ފަސް ވަނަ ފަހަރެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox