ބެޑްމިންޓަން އެސޯސިއޭޝަންގެ އަސާސީ ގަވާއިދު ފާސްކޮށް އިންތިހާބު މި މަހު 22 ގައި

Nov 1, 2025, 5:44 PM
ބެޑްމިންޓަން އެސޯސިއޭޝަނުން މިރޭ ބޭއްވި ހާއްސަ އާންމު ޖަލްސާގެ ތެރެއިން.--- ފޮޓޯ: އިސްމާއިލް ތޯރިގު

ބެޑްމިންޓަން އެސޯސިއޭޝަނުން މިރޭ ބޭއްވި ހާއްސަ އާންމު ޖަލްސާގެ ތެރެއިން.--- ފޮޓޯ: އިސްމާއިލް ތޯރިގު

ބެޑްމިންޓަނުގެ ދުނިޔޭގެ ޖަމިއްޔާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ސަސްޕެންޝަނުން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް) ސަލާމަތްކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އަސާސީ ގަވާއިދު ފާސްކޮށް، މި މަހުގެ 22 ވަނަ ދުވަހު އިންތިހާބު ބާއްވަން ނިންމައިފި އެވެ.

މި އަހަރުގެ މެއި 16 ވަނަ ދުވަހުން ފެށިގެން ބީޑަބްލިއުއެފްގެ ސަސްޕެންޝަނެއްގައި އޮތް، ބީީއޭއެމް މިހާރު ހިންގަމުން އަންނަނީ، އެ އެސޯސިއޭޝަންގެ ކުރީގެ ލީޑަޝިޕްގެ ބައިވެރިވުން ހިމެނޭ ގޮތަށް އޭރުގެ ހިންގާ ކޮމިޓީ ތަމްސީލްކުރާ މެމްބަރަކާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެމްބަރަކާއި ބީޑަބްލިއުއެފްގެ މެމްބަރެއްގެ މައްޗަށް އެކުލެވޭ ވޯކިން ގްރޫޕެއް މެދުވެރިކޮށެވެ.

އެ ގޮތުން، ވޯކިން ގްރޫޕުން ޓައިމްލައިނެއްގެ ތެރެއިން މަސައްކަތް ކުރުމަށް ފަހު، އެންމެ ފުރަތަމަ ނިންމީ މިދިޔަ މަހުގެ ފުރަތަމަ ހަފްތާ ނޫނީ ދެ ވަނަ ހަފްތާ ތެރޭގައި، ބެޑްމިންޓަން އެސޯސިއޭޝަނުގެ އާންމު ޖަލްސާއެއް ބާއްވައި، އާ އަސާސީ ގަވާއިދު ފާސްކުރުމުގެ އިތުރުން، މިއަދު އިންތިހާބު ބޭއްވުމަށެެވެ. އެކަމަކު، މިދިޔަ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި، އާންމު ޖަލްސާއެއް ބޭއްވުމަށް ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. އެހެން ނަމަވެސް، ކުރިން އިންތިހާބު ބާއްވަން ތާވަލުކުރި ދުވަހު މި ވަނީ ހާއްސަ އާންމު ޖަލްސާއެއް ބާއްވައި، ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ.

އެ ގޮތުން، މިރޭގެ އާންމު ޖަލްސާ އަށް ފަހު، ބީއޭއެމްގެ ވޯކިން ގްރޫޕްގައި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ތަމްސީލްކުރައްވާ މެމްބަރު، އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް، އަހުމަދު މުންތަގިމް (މުންތޭ) ވިދާޅުވީ މިރޭ ބޭއްވުނު އާންމު ޖަލްސާގައި، ބީއޭއެމްގެ އަސާސީ ގަވާއިދުގެ މަސައްކަތް ނިންމައި، މި މަހު 22 ވަނަ ދުވަހު އިންތިހާބު ބާއްވަން ފާސްކޮށްފައިިވާ ކަމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން މިރޭ ބޭއްވި ހާއްސަ އާންމު ޖަލްސާގެ ތެރެއިން.--- ފޮޓޯ: އިސްމާއިލް ތޯރިގު

އޭނާ ވިދާޅުވީ، ރާއްޖޭގެ ބެޑްމިންޓަން ރަނގަޅަށް ކުރިއަށްދިއުމަށްޓަކައި، ކުރެވުނު މި މަސައްކަތުގައި ބެޑްމިންޓަން އެސޯސިއޭޝަންގެ ކުރީގެ ލީޑަޝިޕާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަދި ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ މުހިންމު ދައުރާ އެކު، ކޮމިޝަނާ އޮފް ސްޕޯޓްސްގެ ވެސް ބައިވެރިވުން އޮތް ގޮތަށް ކަންކަން ކުރިއަށްގެންދެވުނު ކަމަށެވެ.

އަސާސީ ގަވާއިދަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން މުހިންމު ކަންތައްތަކަށް ބަލާއިރު، މެމްބަރުން ގިންތި ކުރުމުގައި ކުރިން އޮތް ހަތް މެމްބަރުންގެ ކެޓަަގަރީ މިހާރު ވަނީ ހަތަރަކަށް ކުޑަކޮށްފަ އެވެ. ހަތަރު ކެޓަގަރީ އަކީ އޮނަރަރީ މެމްބަރުންނާއި ކްލަބް މެމްބަރުންނާއި އިންޑިވިޖުއަލް މެމްބަރުންނާއި ރީޖަނަލް މެމްބަރުންނެވެ. ރީޖަނަލް މެމްބަރުންނަކީ ކުރިން އޮތް ޑިވެލޮޕްމަންޓް ކޮމިޓީތައް ދެން އަންނާނެ ގޮތެވެ.

"މި ފަހަރުގެ އިންތިހާބުގައި ހަމައެކަނި ވޯޓު ލެވޭނީ، މެމްބަރު ކްލަބްތަކަށް، އެއީ ގެނެވުނު ބަދަލަކީ، ކުރީގެ ވެއްޖިއްޔާ 15 މެމްބަރުން ރަޖިސްޓްރީ ކޮށްފައި އިންނަ ކްލަބަކަށް 20 ވޯޓު ލެވޭނެ. މިހާރު މި އިންނަނީ ކޮންމެ ކްލަަބަކީ އެއް ވޯޓު،" މިރޭ ބޭއްވި އާންމު ޖަލްސާ އަށް ފަހު، މުންތަގިމް ވިދާޅުވި އެވެ.

އެ ގޮތުން، މިރޭގެ ބީއޭއެމްގެ އާންމު ޖަލްސާގައި މި ބައިވެރިވީ، 2024 ވަނަ އަހަރު، އޭރު އޮތް ބީއޭއެމްގެ ހިންގާ ކޮމިޓީން ގެޒެޓްކޮށްފައި ތިބި މެމްބަރުން ހިމަނައިގެންނެވެ. އެހެން ނަމަވެސް، މުންތަގިމް ވިދާޅުވީ، މި މެމްބަރުންގެ ކަންކަމަށް އަސާސީ ގަވާއިދުގައިވާ ގޮތުން ބަދަލު އަންނާނެ ކަމަށެެވެ. އެއީ، އޭޖީއެމްގައި ބައިވެރިވެވޭނީ، މިދިޔަ އަހަރުގެ ޖުލައިއާ ހަމައަށް މެމްބަޝިޕްގެ ކަންކަން ފުރިހަމަކޮށްފައި ތިބި ފަރާތްތަކަށް ކަމަށެވެ.

"އިންތިހާބުގެ ކަންކަން ނިމޭއިރަށް ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަނުން ރާއްޖެ ސަސްޕެންޑްކޮށްފައި މި އޮތް އޮތުން ނިމުމަކަށް އަންނާނެ،" މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބައިވެރިވުން ބޮޑުކޮށް ކުރިއަށްދިޔަ ބެޑްމިންޓަންގެ އިސްލާހީ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރި މުންތަގިމް ވިދާޅުވި އެެވެ.

އާ އަސާސީ ގަވާއިދުގެ ތެރެއިން، ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގައި ތިބޭނީ އަށް މެމްބަރުންނެވެ. އެއީ، ރައީސް އާއި ދެ ނައިބު ރައީސުންގެ އިތުރުން، ހަތަރު ރިޕްރެޒެންޓޭޓިވް އާއި އެތުލީޓުން ތަމްސީލްކުރާ ރެޕްރެޒެންޓޭޓިވް އެކެވެ. ކުރިން، އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އާއި ހަޒާންދާރަަށް ހިންގާ ކޮމިޓީން ފުރުސަތު އޮތްނަމަވެސް، އާ އަސާސީ ގަވާއިދާ އެކު، ޖެނެރަލް ސެކްރެޓަރީ އާއި ހަޒާންދާރު ޖަވާބުދާރީ ކުރުމުގެ ފުރުސަތު ބޮޑުކޮށް، އައްޔަނުކުރާ މަގާމަކަށް ބަދަލުވެގެންދާނެ އެެވެ.

"މައިގަނޑު ގޮތެއްގައި ޖެނެރަލް ސެކްރެޓަރީ އާއި ހަޒާންދާރަކީ އެސޯސިއޭޝަން ހިންގުމަށްޓަކައި، މާލީ ކަންތައްތަކާ ހަވާލުވެ ތިބޭ މީހުން، އެހެންވީމަ، ހިންގާ ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ތިބުމަށް ވުރެން، އައްޔަނުކުރާ ބަަޔަކަށް ހެދީމަ، ޖަވާބުދާރީވުމުގެ ކަންކަން ރަނގަޅުވާނެ،" އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ދިގު މުއްދަތެއް ވަންދެން ފުރުއްވަމުން އަންނަ މުންތަގިމް ވިދާޅުވި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން މިރޭ ބޭއްވި ހާއްސަ އާންމު ޖަލްސާގެ ތެރެއިން.--- ފޮޓޯ: އިސްމާއިލް ތޯރިގު

އަސާސީ ގަވާއިދާ އެކު ފާސްކުރެވިފައިވާ ގޮތުން، ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބު ބޭއްވޭތާ 60 ދުވަސް ތެރޭ، އެތުލީޓުން ތަމްސީލްކުރާ ރެޕްރެޒެންޓޭޓިވެއް އިންތިހާބު ކުރަން ޖެހޭނެ އެވެ. އަދި، އެ ފަރާތެއް އިންތިހާބު ކުރާނީ ހަމައެކަނި، އިންޑިވިޖުއަލް މެމްބަރުންގެ ވޯޓުންނެވެ.

ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑް ކުރުމާއި ލުއިދިނުން

މި އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު، ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް (ތޮލާ) ނިންމެވީ، ބީއޭއެމްގެ ގައުމީ ހައިސިއްޔަތު ނަގައި، އެ އެސޯސިއޭޝަން ހިންގުމާއި ހުރި މައްސަލަތައް ހައްލުކުރަން، ތިން މެމްބަރުންގެ އެޑްހޮކް ކޮމިޓީއެއް ނެގުމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބު ނުބޭއްވި އެއް އަހަރަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުމާއި ދިން މުއްދަތުގައި، އެސޯސިއޭޝަންގެ ހިންގާ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެނެވިފައި ނުވުމަކީ ދިމާވި ބޮޑެތި މައްސަލަތަކެެވެ. އެ ކަންކަމަށް ބަލައި، ސްޕޯޓްސް ކޮމިޝަނަރު، ތޮލާލް ގޮތެއް ނިންމެވީ އެވެ.

އެކަމަކު، އެޑްހޮކް ކޮމިޓީގެ މަސައްކަތް ނުފެށިގެން އުޅެނިކޮށް، ބީޑަބްލިއުއެފް އިން މެއި 16 ދުވަހު ރާއްޖެ ސަސްޕެންޑްކުރަން ނިންމައި، 20 ވަނަ ދުވަހު މީޑިއާގައި އެކަން އާންމުކުރި އެވެ. އެޑްހޮކް ކޮމިޓީ އޮތްގޮތާ މެދު ބީޑަބްލިއުއެފް އިން ހިތްހަމަނުޖެހުމުން، ފަހުން ނިންމީ، އޮލިމްޕިކް ކޮމީޓީ އާއި ބީޑްބަލިއުއެފް އަދި ބީީއޭއެމްގެ ކުރީގެ ލީޑަޝިޕްގެ ބައިވެރިވުން ހިމެނޭ ގޮތަށް ވޯކިން ގްރޫޕެއް މެދުވެރިކޮށް މަސައްކަތް ކުރުމަށެވެ.

އެ ވޯކިން ގްރޫޕްގެ މަސައްކަތް ފެށި ތާވަލާ އެއްގޮތަށް ކަންކަން ހިނގަން ފެށުމުން، ބީޑަބްލިއުއެފް އިން ވަނީ ތިން މަސް ދުވަހުގެ މުއްދަތަށް ރާއްޖޭގެ ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކުޅެވޭ ގޮތަށް ސަސްޕެންޝަަށް ލުޔެއްދީފަ އެވެ. އެއީ، ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

ބީއޭއެމްގެ އާ އަސާސީ ގަވާއިދު ފާސްކުރެވުމާ އެކު، އާ އިންތިހާބުގެ މަސައްކަތް ފެށިގެންދާނެ އެވެ. އަދި، އާ އިންތިހާބެއް ބާއްވައި އެ ފުރިހަމަ ކުރަން ޖެހޭ ކަންކަން ނިންމުމާ އެކު، ބީޑަބްލިއުއެފްގެ ސަސްޕެންޝަން ހާލަތުން ރާއްޖެ ސަލާމަތްވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox