އައްޑޫގެ އިދާރީ ހިންގުމާބެހޭ އާންމު ވޯޓުގެ ރަސްމީ ނަތީޖާ އިއުލާނުކޮށްފި

އިއްޔެ ކުރިއަށް ގެންދިޔަ އިންތިހާބުގައި ހުޅުދޫ މީހަކު ވޯޓުލަނީ -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

އިއްޔެ ކުރިއަށް ގެންދިޔަ އިންތިހާބުގައި ހުޅުދޫ މީހަކު ވޯޓުލަނީ -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

އައްޑޫ ސިޓީ ކައުންސިލުން އެ އަތޮޅު ފޭދޫ، ހުޅުދޫ އަދި މީދޫ ވަކިވާން ފެނޭތޯ ބެލުމަށް އިއްޔެ ނެގި އާންމު ވޯޓުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ރަސްމީ ނަތީޖާއިން ދައްކާ ގޮތުގައި އިއްޔެ ކުރިއަށް ގެންދިޔަ ވޯޓުގައި ބައިވެރިވެ ވޯޓު ދިނީ ވަރަށް މަދު ބައެކެވެ.

އައްޑޫ މީދޫއަށް ހާއްސަކޮށްގެން މީދޫ ކައުންސިލް އުފައްދަން ފެންނަ ކަމަށް ނިންމާފައި ވަނީ މީދޫގެ ވޯޓުލެވޭ އާބާދީގެ އެންމެ 42.95 ޕަސެންޓު މީހުންގެ ވޯޓުންނެވެ.

އިއްޔެ ކުރިއަށް ގެންދިޔަ ވޯޓުގައި މީދޫގައި ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް 847 މީހުން ވޯޓު ދިނެވެ. ނުފެންނަ ކަމަށް ވޯޓު ދިނީ 144 މީހުންނެވެ. އެ ރަށުގެ ވޯޓުލެވޭ މީހުންގެ ޖުމުލަ އާބާދީއަކީ 2347 އެކެވެ.

ހުޅުދޫއަށް ހާއްސަކޮށްގެން ހުޅުދޫ ކައުންސިލް އުފައްދަން ފެންނަކަމަށް ނިންމާފައި ވަނީ ހުޅުދޫގެ ވޯޓުލެވޭ އާބާދީގެ އެންމެ 37.20 ޕަސެންޓު މީހުންގެ ވޯޓުންނެވެ.

އިއްޔެ ކުރިއަށް ގެންދިޔަ ވޯޓުގައި ހުޅުދޫގައި ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް 723 މީހުން ވޯޓު ދިނެވެ. ނުފެންނަ ކަމަށް ވޯޓު ދިނީ 329 މީހުންނެވެ. އެ ރަށުގެ ވޯޓުލެވޭ މީހުންގެ ޖުމުލަ އާބާދީއަކީ 2874 އެކެވެ.

އައްޑޫ ސިޓީން ވަކިނުވެ، އެ ސިޓީގެ އިދާރީ ހިންގުމުގެ ތެރޭގައި އޮތުމަށް ފޭދޫ ރައްޔިތުން ނިންމީ ފޭޑޫގެ ވޯޓުލެވޭ އާބާދީގެ 55.94 ޕަސެންޓު މީހުންގެ ވޯޓުންނެވެ.

އިއްޔެ ކުރިއަށް ގެންދިޔަ ވޯޓުގައި ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 1784 މީހުން ވޯޓު ދިނެވެ. ފެންނަ ކަމަށް ވޯޓު ދިނީ 616 މީހުންނެވެ. އެ ރަށުގެ ވޯޓުލެވޭ މީހުންގެ ޖުމުލަ އާބާދީއަކީ 4355 އެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox