ޔޭޔޭގެ ސްކޭން އެންޑް ވިން ޕްރޮމޯޝަން: އީ-ޕިކަޕު ލިބޭ ތިން ނަސީބުވެރިން ހޮވައިފި

ޔޭޔޭގެ ސްކޭން އެންޑް ވިން ޕްރޮމޯޝަން: އީ-ޕިކަޕު ލިބޭ ތިން ނަސީބުވެރިން ހޮވައިފި

ބީއެޗްއެމް ޓްރޭޑާސް އިން ކުރިއަށް ގެންދާ ޔޭޔޭގެ ސްކޭން އެންޑް ވިން ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ކަމަށްވާ ތިން އީ-ޕިކަޕް ލިބޭ ނަސީބުވެރިން ހޮވައިފި އެވެ.

ޖުލައި 1، ގައި ފެށި މި ޕްރޮމޯޝަންގައި ބައިވެރިވެވުނީ ޔޭޔޭގެ އޮރިޖިނަލް، ޔޭޔޭގެ ސީރިއަލް އަދި ޔޭޔޭގެ ލެސް ޝުގާ ކޮފީ ބޮޑު ޕެކެޓެއް ގަނެ، އެ ޕެކެޓުގައި ހުރި ކޯޑު ސްކޭން ކުރި ފަރާތްތަކަށެވެ.

މި ޕްރޮމޯޝަންގެ ދަށުން އީ-ޕިކަޕް ލިބުނު ތިން ނަސީބުވެރިންނަކީ އައިޝަތު ނަޝްފާ، އަބްދުލް ހަޔަރު، އަދި މަރިޔަމް ލިލީޝާ އެވެ. އެ ތިން ފަރާތަށް ޕިކަޕު ރަމްޒީކޮށް ހަވާލުކޮށްދިނީ ބީއެޗްއެމް އިން ބޭއްވި ރަސްމިއްޔާތެއްގައި އެކްސްޕޯޓް ސެޕްޝަލިސްޓު ޓެން ޔިކިއަން އެވެ.

އިނާމުތައް ލިބުނު ފަރާތްތަކުން ބުނެފައިވަނީ ބައިވެރިވިއިރު ބޮޑު އިނާމެއް ލިބޭނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ. އަދި، ކުރިއަށް އޮތްތަނުގައި ވެސް ބީއެޗްއެމްގެ ޔޭޔޭ ކޮފީ ޕްރޮމޯޝަންތަކުގައި ބައިވެރިވާނެ ކަމަށް އެ ފަރާތްތަކުން ބުންޏެވެ.

މި ޕްރޮމޯޝަން ނިމުނު ނަމަވެސް ބީއެޗްއެމް އިން ވަނީ ކުރިއަށް އޮތްތަނުގައި މިއަށްވުރެ ބޮޑެތި އިނާމުތަކާއެކު އިތުރު ޕްރޮމޯޝަންތައް ބާއްވާނެކަން އިއުލާނުކޮށްފަ އެވެ.

ބީއެޗްއެމް ޓްރޭޑާސް އަކީ އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރާ އެއް ކުންފުންޏެވެ.

ދިވެހިންގެ ދޫތަކަށް އެންމެ ކަމުދާ، ވަގުތުން ތައްޔާރުކޮށްލެވޭ ޔޭޔޭ ކޮފީގެ އިތުރުން "ހޯސެން"، "ކޯސްޓް" އަދި "ޖޫލީސް" ފަދަ އެތައް ބްރޭންޑެއްގެ ސޯލްޑިސްޓްރިބިއުޓަރަކީ ބީއެޗްއެމް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިފްކޯއަށް ގިނައިން މަސް ކިރުވާ ނަމަ ބޮޑު އަގެއް ދެނީ

މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު ގެނެސް، ގިނައިން މަސް ކިރުވާ އުޅަނދުފަހަރަށް ބޮޑު އަގު ދޭން ނިންމައިފި. މި ބަދަލުގެ ދަށުން އަށް ޓަނަށް ވުރެ ގިނައިން މަސް ކިރުވާނަމަ ކިލޯއަކަށް 22.75ރ. ލިބޭނެ. މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، ގެނައި ބަދަލެއް ކަމަށް މިފްކޯއިން ބުނޭ.

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްއަށް ބާކީ ދެ ދުވަސް

އެމްއައިބީން އިންތިޒާމުކުރާ "ގެސްޓްހައުސް ސިމްޕޯސިއަމް" އާއި އަލަށް ތައާރަފްކުރާ "ގެސްޓްހައުސް އެވޯޑްސް" އޮންނާނީ ބުރާސްފަތި ދުވަހު. މި ސިމްޕޯސިއަމްގައި ގެސްޓްހައުސް ދާއިރާގެ މުސްތަގުބަލާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ. އަދި، ގެސްޓްހައުސް އެވޯޑްސްގައި ގެސްޓްހައުސްތަކަށާއި ވަކިވަކި ފަރުދުންނަށާއި ރަށްރަށަށް އެވޯޑު އެރުވޭނެ.

ދުނިޔޭގެ އެންމެ ވަރުގަދަ ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

ފޯބްސް މެގަޒިންއިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅަށް މަސައްކަތްކުރާ ބޭންކުތަކުގެ ލިސްޓުގައި، ބީއެމްއެލް ހިމެނުނީ 3 ބިލިއަނާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުރި ބޭންކުތަކުގެ ކެޓަގަރީގެ 39 ވަނައިގައި. އެ ބޭންކުން މިދިޔަ އަހަރު ރެކޯޑު ފައިދާއެއް ނެރުނު. މި އަހަރު އެ ބޭންކުން މިސްރާބު ޖަހާފައި ހުރީ މިދިޔަ އަހަރުގެ ރެކޯޑު މުގުރާލަން.

ބީއެޗްއެމްއިން އޭބްލް ފާމް ކިރު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

ބީއެޗްއެމް ޓްރޭޑާސްއިން ސިއްހީ ގޮތުން ފައިދާހުރި، މަތީ ފަންތީގެ "އޭބްލް ފާމް" ބްރޭންޑުގެ ކިރު ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކޮށްފިއެވެ. މި ބްރޭންޑުގެ ފުލް ކްރީމް އަދި ލޯ ފެޓް ކިރުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ބާވަތްތައް މިހާރު ރާއްޖޭގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox