ވަަކިވަކިން އޮތް 'އައްޑޫ ސިޓީ' ގެ އިދާރީ އިންތިޒާމު ތަބީއަތާ އެއްގޮތްކުރުން

ވަަކިވަކިން އޮތް 'އައްޑޫ ސިޓީ' ގެ އިދާރީ އިންތިޒާމު ތަބީއަތާ އެއްގޮތްކުރުން

ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އައްޑު އަތޮޅަކީ އާބާދީގެ ގޮތުން ވެރިރަށް މާލެ ފިޔަވައި މިހާރު ރާއްޖޭގެ އެންމެ ބޮޑު އާބާދީ އޮތް ތަނެވެ. އެހެން ރަށްތަކާ އަޅާބަލާއިރު ދިގު ތާރީހެއް އޮތް، ގަދީމީ މި އަތޮޅަކީ ޒަމާނުއްސުރެ ތަރައްގީއަށް ފަހި ފުރުސަތުތަކެއް ހުޅުވިފައި އޮތް ތަނެއްކަމަށް އެންމެން އެއްބަސްވެ އެވެ. މާޒީގެ ޒަމާންތަކުން ވާރުތަވަމުން އައި އެކި ބާވަތުގެ ހުނަރުތަކުން ފުރިފައިތިބި ރައްޔިތުންތަކެއް އެ ތަނުގައި ތިބިއިރު، އެ ރައްޔިތުންނަކީ ތަރައްގީގެ މަގުގައި ދުވެލި ބާރުކުރުމަށް ކެތް މަދުވެފައި ތިބި ބައެކެވެ.

މާލޭގައި މަރުކަޒުކުރެވިގެން އިހުގައި ހިންގަމުން އައި ވެރިކަމުގެ ނިޒާމުން އައްޑޫއަށް އެކަށީގެންވާ ސަމާލުކަމެއް ނުދެވޭ ވާހަކައަކީ ހަގީގަތެކެވެ. އައްޑޫގެ ބިޔަ އާބާދީއަށް ބޭނުންވާ ވަސީލަތްތަކާއި ހިދުމަތްތައް ގާއިމުކުރުން އޮތީ މާބޮޑަށް ވެސް ލަސްވެފަ އެވެ. މިގޮތަށް ޒަމާންތަކެއް ދިޔަފަހުން، ލާމަރުކަޒުކޮށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހިންގުމަށް ގާނޫނުއަސާސީގައި ލިޔެވިގެން އައުމުން އައްޑޫގެ ރައްޔިތުންނަށް ފޮނި އުންމީދުތަކެއް ކުރެވެން ފެށި އެވެ.

އެއީ މާލެ އާއި ކިތަންމެ ދުރުގައި ތިއްބަސް ރައްޔިތުންގެ ކަންކަން ރައްޔިތުން އަމިއްލައަށް ނިންމުމަށް މިގެނެވުނު ބަދަލުން މަގުފަހިވާނެކަމަށް ކުރެވުނު އުންމީދެވެ. ދިރިއުޅުމުގެ ފެންވަރު މަތިވެ، ގާތުން ހިދުމަތްތައް ލިބޭނެކަމަށް ކުރެވުނު އުންމީދެވެ. އަދި ރައްޔިތުން ބާރުވެރިވެ ރަށާއި އަތޮޅުގެ ކަންކަން ލާމަރުކަޒުކޮށް ހިނގާނެ ކަމަށް ކުރެވުނު ފޮނި އުންމީދުތަކެވެ.

2010 ވަނަ އަހަރު އަތޮޅުތެރޭގެ ރަށްތައް ލާމަރުކަޒުކޮށް ހިންގުމަށް ކައުންސިލްތައް އުފެއްދިއިރު، އައްޑު އަތޮޅަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ސަރުކާރުން ނިންމެވި އެވެ. އޭރު ސިޓީއެއް އުފެއްދުމަށް ބޭނުންވާ އެންމެ މަދު އާބާދީގެ ގޮތުގައި ގާނޫނުން ކަނޑައެޅިފައި އޮތީ 25،000 މީހުން ކަމުން، ސިޓީ އުފެއްދުމަށް ބޭނުންވާ އާބާދީ ހަމަކުރުމަށް ސަރުކާރުން ނިންމެވީ އައްޑު އަތޮޅުގެ މީހުން ދިރިއުޅޭ 6 ރަށް ހިމަނައިގެންނެވެ. އަދި މިކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށްވެސް އެހިއެވެ.

މީދޫ އާއި ފޭދޫގެ ރައްޔިތުން ފެންނަނުފެންނަ ވޯޓުގައި މިކަމާ އިދިކޮޅު ހެދި ނަމަވެސް، މި ދެރަށް ހިމަނައިގެން ނޫންގޮތަކަށް ސިޓީއަކަށް ބޭނުންވާ އެންމެ މަދު އާބާދީ އޭރު ހަމަނުވެ އެވެ. އެހެންކަމުން އަލަށް އުފެއްދި އައްޑޫ ސިޓީގައި ސަރުކާރުން މި ދެ ރަށްވެސް ހިމެނީ އެވެ. އައްޑޫ ސިޓީ އުފެއްދި އިޖުރާއަތުގައި ގާނޫނީ ގޮތުން ގިނަ މައްސަލަތަކެއް ހުރެގެން މީދޫ މީހަކު ކޯޓަށް ހުށަހެޅި މައްސަލައިގައި އައްޑޫ ސިޓީ އުފެއްދި ގޮތް ބާތިލުކަމަށްވެސް ކަނޑައެޅި އެވެ.

އައްޑޫސިޓީ އުފައްދަން ހިމެނުނު ރަށްތަކަކީ އާބާދީ، އާދަކާދަ، ސަގާފަތް، ބަހުރުވަ އަދި ކޮށްއުޅޭ މަސައްކަތްތަކުގައި ވެސް ބޮޑެތި ތަފާތުތަކެއް ހުރި ރަށްތަކެކެވެ. އެކި ރަށްރަށުގެ ކަންކަން އޮންނަނީ އެކިގޮތަށެވެ. އެހެންކަމުން ސިޓީ ކައުންސިލް އުފެދިގެން މާގިނަ ދުވަސްތަކެއް ނުވެ، އަލަށް އިންތިޒާމުކުރެވުނު އިދާރީ އޮނިގަނޑުން މި ހުރިހާ ރަށްތަކަށް ހިދުމަތް ދިނުމުގައި ބޮޑެތި މައްސަލަތައް ކުރިމަތިވި އެވެ. ހިތަދޫގައި ގާއިމުކުރެވުނު އައްޑޫ ސިޓީގެ އިދާރާއިން ނިންމާ ނިންމުންތަކަކީ ރަށްރަށުގެ އާންމު ވިސްނުމާ ދިމާނުވާ ނިންމުންތަކަށް ވާން ފެށި އެވެ. ހާއްސަކޮށް އެހެން ރަށްތަކާއި ވަކިން އޮންނަ ހުޅުދޫ އަދި މީދޫއަށް މިކަމުން ކުރާ އަސަރު ބޮޑުވި އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން ފެށުމުގެ މާ ކުރިން ރަށުން ލިބޭ ހިދުމަތްތައްވެސް ސިޓީކައުންސިލަށް މަރުކަޒުކުރެވި ރަށުން ބޭރަށް ދިޔައީއެވެ. ރައްޔިތުންގެ ޒާތީ ދިރިއުޅުމާއި ގުޅޭ ގިނަ ކަންކަން ނިންމުން ދިގުލައިގެން ދިއުމާއި، ހުށަހެޅޭ ކަންކަމުގައި ކައުންސިލް އިދާރާއިން ޖަވާބު ހޯދުމަށްވެސް އިހަށްވުރެ ދަތިވީއެވެ.

މިހިސާބުން އައްޑޫގައި ލާމަރުކަޒުކޮށް ވެރިކަން ހިންގުމަށް އެންމެ އެކަށޭނެ މޮޑެލް އަކީ މުޅި އަތޮޅަށް ނިސްބަތްވާ ސިޓީ ނޫންކަން ގިނަ ބަޔަކަށް އިހުސާސް ކުރެވެން ފެށި އެވެ. ޒަމާންވީ ރަށްވަންތަ އާދަކާދަތައް ހިމެނޭ، އާބާދީގެ ފަރަގު ބޮޑު ވަކި ހަ ރަށް އެއްކޮށްގެން މުޅި އަތޮޅަށް ނިސްބަތްވާ ސިޓީއަކަށް އައްޑޫ ސިޓީ ވުމަކީ މި ދިމާވާ ދަތިކަމުގެ ހަގީގީ މައްސަލަކަމަށް ގިނަބަޔަކު އިއްތިފާގުވިއެވެ. އަދި ކުރިން އުންމީދުކުރިގޮތަށް ލާމަރުކަޒުކޮށްގެން ވެރިކަން ހިންގުމުގެ މަންފާ ލިބެންއޮތީ "މުޅި އަތޮޅަށް ނިސްބަތްވާ ސިޓީ" މޮޑެލް ދޫކޮށް ވަކި ކައުންސިލްތަކެއް އުފެދިގެންކަން ގަބޫލުކުރެވުނެވެ.

މި ހިސާބުން އައްޑޫމީދޫ ރައްޔިތުން އިސްވެ "މުޅި އަތޮޅަށް ނިސްބަތްވާ ސިޓީ" މޮޑެލް ބަދަލުކުރުމަށް އަޑުއުފުލަން ފެށީ އެވެ. މަދުބަޔަކާއެކު ފުރަތަމަ ހިންގަން ފެށި ހަރަކާތުގެ ބައިވެރިން އިތުރުވެ، އެހެން ރަށްތަކުންވެސް މި ހަރަކާތުގައި ފަހުން ބައިވެރިވި އެވެ. މީގެ 14 އަހަރު ކުރިން ފެށުނު މި ހަރަކާތަކީ ހަގީގީ މާނައިގައި ހުޅުދޫ އަދި މީދޫ ރައްޔިތުންނަށް ލާމަރުކަޒުކޮށްގެން ވެރިކަން ހިންގުމުގެ މަންފާ ހޯދައި ދިނުމެވެ.

އައްޑޫގައި ސިޓީ ކައުންސިލެއް އުފެއްދުމުން ހަގީގަތުގައި ވެސް ރައްޔިތުންނަށް ފޮނި އުންމީދުތަކެއް އޭރު ކުރެވުނެވެ. ކަންކަން ފަސޭހަވެ އިތުރު ކުރިއެރުން ލިބޭނެ ކަމުގެ އުންމީދެވެ. ނަމަވެސް ވަކިން އޮތް އިދާރީ އިންތިޒާމުތައް އެއްކޮށްގެން ސިޓީ ކައުންސިލެއް އުފެއްދުމުން ކުރެވުނު ތަޖުރިބާ ގޯސްވި ހިސާބުން އަނެއްކާ އެކަން ބަދަލުކުރުމުގެ މަސައްކަތް ފެށީ އެވެ. މިއީ ދުނިޔޭގައި މިގޮތަށް ބަޔަކު އަމަލުކުރަން އުޅޭ ފުރަތަމަ ފަހަރެއްވެސް ނޫނެވެ. އެތައް ގައުމެއްގައި މިފަދަ އިންތިޒާމުތަކުން ކުރެވުނު ތަޖުރިބާ ގޯސްވުމުން ބަދަލުތައް ގެނެސްފައި އެބަހުއްޓެވެ. ސިޓީތައް ރޫޅާލައި ވަކި ކައުންސިލްތައްވެސް ހަދަންޖެހުނީމަ ހަދަނީ އެވެ. ހެދުނު ގޯސްމަތީގައި ދެމިތިބެން މަޖުބޫރުކުރުވާ އިތުރު ސަބަބެއް މިހާރަކުނެތެވެ.

އައްޑޫމީދޫ ރައްޔިތުން ވޭތުވެދިޔަ 14 އަހަރު މިކަމަށް ލައްކަ މަސައްކަތްކޮށް އަޑުއުފުލައިފިއެވެ. ރަށްފުށު ކަމެއްވީމައި ގައުމީ ލެވެލްގެ ސަމާލުކަން މިކަމަށް ނުލިބި އޮވެދާނެ އެވެ. މި މުއްދަތުގައި ތިން ވެރިކަމެއް ފެނުނުއިރު، މިކަމަށް ބާރު އެޅުމަށް އެކި އެކި ބައްދަލުވުންތައް ބާއްވައި ދައުލަތުގެ އެކި ފަންތީގެ މީހުންގެ ސަމާލުކަމަށް މި މައްސަލަ ވަނީ ގެނެވިފަ އެވެ. ޕެޓިޝަން ހުށަހަޅައި ރައްޔިތުން ދެކޭގޮތް ވަނީ ބުނެދެވިފަ އެވެ. އަދި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ފެށުނުތަނާހެން ރައްޔިތުންގެ މަޖިލީހުގެ އައްޑޫއަށް ނިސްބަތްވާ މެންބަރުން އެއްތަންވެ ފުޅާކޮށް މިކަމާ ރަސްމީ ސިފައިގައި މަޝްވަރާ ކުރެވުނެވެ.

ސިޔާސީ ފިކުރުތައް އެކަހެރިކޮށް އެކި ޕާޓީތަކަށް ނިސްބަތްވާ އައްޑޫގެ މަޖިލިސް މެމްބަރުންތަކެއް އެއްބައިވެ، ރައްޔިތުން އެދޭގޮތަށް މި ބަދަލުގެނައުމަށް މަސައްކަތްތަކެއް ކުރެވުނެވެ. އަދި ހައްލު ހޯދެން އޮތީ ކޮންގޮތަކަށްތޯ ބަހުސްކުރެވި، މަޝްވަރާތައް ދޮޅު އަހަރަށް ދެމިގެން ދިޔަ އެވެ. ސަރުކާރުން މިކަމުގައި ވިސްނުން ހުރިގޮތް އަބަދު ބަލައި، މިކަމަށް އެޅުނު ބާރެއް އައީ އަޅަމުންނެވެ. މި މަޝްވަރާތަކުގައި މަސައްކަތްކުރެވުނީ 2026 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން މިކަމަށް ހައްލު ހޯދުމަށެވެ.

މި ކުރެވުނު މަސައްކަތުން ރައްޔިތުންގެ އަޑު މިވަނީ މިހާރު ސަރުކާރަށް އިއްވާފައެވެ. އަދި ސަރުކާރުން މިވަނީ އެ އަޑަށް އިޖާބަވެސް ދެއްވާފައެވެ. ކުރެވުނު ގޯސް ތަޖުރިބާއާއި ދިމާވި މައްސަލަތަކަށް ހައްލު ހޯދުމުގެ އުންމީދުގައި ކުރި 14 އަހަރުގެ ދިގު ދަތުރު މިހާރު މިއޮތީ މަންޒިލަށް ވާސިލުވުމާއި ކައިރީގައެވެ. ވަރުބަލިކަމެއްނެތި 14 އަހަރުވަންދެން ކުރެވުނު މަސައްކަތުގެ މޭވާއަކީ މި މަހު 25 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ރައްޔިތުން އެދެނީ ކޮން ގޮތަކަށްތޯ ބެލުމަށް ފެންނަނުފެންނަ ވޯޓަކަށް އެހުމެވެ. މިކަމުގައި ރައްޔިތުން އެދޭގޮތަކަށް އިހްތިޔާރު ކުރުމަށް ފުރުސަތު ލިބޭނެއެވެ.

ކަންމިހެން އޮތްއިރު މި އިންތިހާބުން އައްޑޫ ބައިބައި ވާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ، ހަގީގީ މައްސަލައަށް ރިއާޔަތްނުކޮށް ތިލަ ވިސްނުމަކުން ދެކެވޭ ހަމައެކަނި ސިޔާސީ ވާހަކައެކެވެ. އައްޑޫ ރަށްތަކުގެ އިދާރީ ހިންގުމަށް ގެނެވޭ ބަދަލަކުން އައްޑޫ ރައްޔިތުންގެ މެދުގައި އޮތް އަހުވަންތަ ގުޅުން ފަނޑުވެގެނެއް ނުދާނެއެވެ. އަދި އައްޑޫގެ އާބާދީއަކަށް އެއްވެސް އުނިކަމެއް ނާންނާނެއެވެ.

ވަކި ކައުންސިލްތަކެއް އުފެއްދުމަކީ ރައްޔިތުންގެ ބޭނުންތަކަށާއި ރަށްރަށުގެ ހާއްސަ ސިފަތަކަށް ރިއާޔަތްކޮށް، އެންމެ އެކަށީގެންވާ ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމަށް ކުރުން ލަސްވެފައި އޮތް ކަމެކެވެ. މިބަދަލުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ހިދުމަތްތައް އިތުރަށް ހަރުދަނާވެ ރަށްރަށުގެ ތަރައްގީއަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެއެވެ. މަޑުޖެހިފައިވާ އިގްތިސާދީ ހަރަކާތްތައް އިތުރުކުރެވި އަމިއްލަ ރަށުގެ ކަންކަން އަމިއްލައަށް ނިންމަން ފުރުސަތުލިބޭނެއެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލެ މަޝްރޫއަށް ހިއްކާފައިވާ ބިމުގެ އަގު ކަނޑައެޅުމުގައި، ހަމައެކަނި ހިއްކުމަށް ހިނގި ހަރަދަށް ބެލުމުގެ ބަދަލުގައި މުސްތަގުބަލުގައި އެ ބިމުން ލިބޭނެ އިގުތިސާދީ މަންފާއާއި ބާޒާރުގެ އަގަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މާލީ އިލްތިޒާމްތަކަށް ޒިންމާވާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox