ވިކްޓަރީގެ ލޯގޯ ފެނުނަސް ކުރެވުނު މަަސައްކަތް ހަނދާންވޭ: ސުޒޭން

Oct 21, 2025, 2:34 AM
ލީގުގެ މެޗެއްގެ ތެރެއިން ސުޒޭން: ނިއު ގޮވައިގެން ފުރަތަމަ ފަހަރަށް ވިކްޓަރީއާ ދެކޮޅަށް މިއަދު ނުކުންނާނެ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ލީގުގެ މެޗެއްގެ ތެރެއިން ސުޒޭން: ނިއު ގޮވައިގެން ފުރަތަމަ ފަހަރަށް ވިކްޓަރީއާ ދެކޮޅަށް މިއަދު ނުކުންނާނެ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ލޯގޯ ފެނުނަސް އެ ކްލަބްގައި ކުރެވުނު މަސައްކަތްތައް ހަނދާންވާ ކަމަށާއި ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމާ ދެކޮޅަށް މިއަދު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ގޮވައިގެން ނުކުމެ ކުރެވުނު ހުރިހާ ކަމެއް ކޮށްގެން ވެސް މޮޅެއް ބޭނުންވާ ކަމަށް ނިއުގެ ކޯޗު، އަލީ ސުޒޭން ބުނެފި އެވެ.

ވިކްޓަރީ ބެންޗުގައި ކޯޗަކަށް ހުރެ ނިއުއާ ދެކޮޅަށް ގިނަ ފަހަރުތަކެއްގެ މަތިން ނުކުތް ސުޒޭން، ނިއުއާ ހަވާލުވެ، ފުރަތަމަ ފަހަރަށް މިއަދު ހަވީރު ވިކްޓަރީއާ ދެކޮޅަށް ނުކުންނާނެ އެވެ. މެޗުގެ ކުރިން ސުޒޭން ބުނީ ވިކްޓަރީ އާއި އޭނާއާ ގުޅޭ ވަރަށް ގިނަ ކަންތައްތަކެއް ހުންނާނެ ކަމަށެވެ.

"ވިކްޓަރީ އަކީ އަޅުގަނޑުގެ ވަރަށް ގިނަ އިމޯޝަނަލް ކަންތައްތަކެއް ގުޅިފައިވާ ކްލަބެއް. އެންމެ ކުޑަމިނުން ވިކްޓަރީ މިހާރު ލޯގޯ ޖަހާލައިގެން ނުކުންނައިރު، އެ ލޯގޯ އަކީ އޭގެ ވަރަށް ބޮޑު ބަދަލެއް، އެއީ ސީދާ އަޅުގަނޑު ގެނައި ބަދަލު، އެހެންވީމަ، އެ ލޯގޯ ފެނުނީމަ އަޅުގަނޑުގެ މަސައްކަތެއްކަން ހަނދާންވާނެ. އެހެންވީމަ، އެ ކަހަލަ ބައިވަަރު ކަންތައްތަކެއް ގުޅިފައި އޮތް ކްލަބެއް ވިކްޓަރީ އަކީ، އެކަމަކު އަޅުގަނޑު، މި ހުރީ ޕްރޮފެޝަނަލީ ނުކުމެ މަސައްކަތެއް ކުރަން،" ސުޒޭން ބުންޏެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު އެއް ކޯޗު، ސުޒޭން ބުނީ މި ވަގުތު އޭނާ ހުރީ ރާއްޖޭގެ އެންމެ ބޮޑު ކްލަބް ނިއު ރޭޑިއަންޓްގައި ކާމިޔާބު މަސައްކަތެއް ކުރަން އެ ކްލަބްގެ ޒިންމާއާ ހަވާލުވެގެން ޕްރޮފެޝަނަލީ ރަނގަޅު ކުރިއެރުންތަކެއް ހޯދުުމުގެ އަމާޒުގައި ކަމަށެވެ.

"(ނިއުގެ) އެ މަސައްކަތް ކާމިޔާބުކުރުމަކީ ހަމަަގައިމު އެންމެ ބޮޑު ޓާގެޓަށްވާނެ، އަޅުގަނޑުގެ ފޯކަސް ހުރީ ހަމަ ސީދާ ނިއު ރޭޑިއަންޓް މެޗު ކާމިޔާބުކުރަން، ވިކްޓަރީގެ ސަޕޯޓަރުން ވެސް އެހެން ބައެއް އިމޯޝަނަލް އެއްޗެހި ތެރެއަށް މީގެ ތެރެއަށް އަންނާނެ، އަޅުގަނޑުގެ ހަމަ، 100 ޕަސެންޓް ފޯކަސް މި ހުރީ ނިއު ރޭޑިއަންޓް މި މެޗު ކާމިޔާބުކުރަން އެކަމަށް މި ވަގުތު ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" ސުޒޭން ބުންޏެވެ.

ވިކްޓަރީ ވެސް އެނބުރި ފުރަތަމަ ޑިވިޝަނަށް އައިސް ބިދޭސީ ކޯޗެއްގެ އިރުޝާދުގެ ދަށުން ކުޅެ، ވިކްޓަރީ އެކޭ އެއްގޮތަށް މުޅި ލީގުގެ ފެންވަރު ވެސް ޖުމްލަކޮށް ހުރިހާ ޓީމަކާ އެކު ވަރުގަދަ ވުމަކީ މި ވަގުުތު ދިވެހި ފުޓްބޯޅަ އަށް ވަރަށް ބޮޑު ރަނގަޅެއް ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުން އޭޝިއަން ކަޕްގެ ކޮލިފައިންގައި ކުޅުނު ދެ މެޗަށް ނެގި ދެ ހަފްތާގެ ބްރޭކުގައި ނިއު އިން އެކުވެރިކަމުގެ ތިން މެޗެއް ކުޅެފައިވާއިރު، އެ މެޗުތަކުގެ ކަންތައްތައް ދިޔައީ ރަނގަޅަށްކަން ސުޒޭން ވަނީ ފާހަގަކޮށްފަ އެވެ.

ނިއު އާއި ވިކްޓަރީ ކުޅޭ މެޗު، "ރަސްވާދަ" ގެ ނަމުން އިސްތިހާރުކޮށް އެ މެޗު ޕްރޮމޯޓްކުރަން އެކި ހަރަކާތްތަކެއް ކުރިއަށްދާއިރު، އެ މެޗުގެ މަގުބޫލުކަން ކުރިން އޮތް ވަރަށް މިހާރު ނެތްކަމަށާއި ރާއްޖޭގެ ފުޓްބޯޅައިގެ ފެންވަރު ދަަށްކަމަށް ބުނެ، ގިނަ ބަޔަކު ވަނީ ޝުއޫރުފާޅުކޮށްފަ އެވެ. އެފަދަ ފަރާތްތަކަށް ސުޒޭން ބުނީ، ލީގުގައި މި ފަހަރު ވިކްޓަރީ އާއި އޮޑި ސްޕޯޓްސް ކްލަބް ކުޅުނު މެޗާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ބުރު ސްޕޯޓްސް ކްލަބް ކުޅުނު މެޗު ބަލައިފި ފަރާތްތަކަށް ރާއްޖޭގެ ފުޓްބޯޅަ ރަނގަޅު ކަމުގެ ސަބަބުތައް ފެންނާނެ ކަމަށެވެ. އޭނާ ބުނީ، ބްރޭކަކަށް ފަހު ރާއްޖޭގެ ލީގުގެ ކުޅުން ފެށިއިރު، އެ ދެ މެޗުން ފެނިގެންދިޔައީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުރެވޭ މަސައްކަތުން ވެސް ކުރިއެރުންތައް ގެނެވޭނެކަން ކަމަށެވެ.

އެ ގޮތުން، ބަލާއިރު، ވިކްޓަރީ އާއި ނިއު ކުޅޭ މެޗުގައި ވެސް ފޯރިގެނެވޭނެ ކަމަށް ސުޒޭން ދެކެ އެވެ.

"އެއް ދުވަހު މެންދުރު ފަހަކުން މި ހުރިހާ ކަމެއް ނުކުރެވޭނެ މިހާ ގޯސް ހާލަތަކަށް ގޮސްފައި އޮތް ކަމެއްގައި. އެކަން ގަބޫލުކުރަން ޖެހޭ. ރަނގަޅު ގޮތުގައި ކުރަން އުޅެފިއްޔާ ކުރެވޭނެ. ސަޕޯޓަރުން މިތަނަށް ނައިސްތިބީ އެއް ގޮތަކަށް ވެސް ފުޓްބޯޅަ ދެކެ ފޫހިވެގެން ނިއުރޭޑިއަންޓް ދެކެ ފޫހިވެގެން ވިކްޓަރީ ދެކެ ފޫހިވެގެނެއް ނޫން، އެ މީހުން މިތަނަށް އައިސްތިބެން ރީޒަން އެއް ސަބަބެއް. އަޅުގަނޑުމެންނަށް ނުދެއްކިގެން، ފުޓްބޯޅަ އާއިލާ އަށް ސަޕޯޓަރުން މިތަނަށް އަންނަން ޖެހޭ ސަބަބެއް ނުދެއްކިގެން، އެ ސަބަބަކަށް ވާނެ،" ސުޒޭން ބުންޏެވެ.

ރާއްޖޭގެ ލީގަށް ރަނގަޅު ފޯރިއެއް އަތުވެ، ވާދަވެރިކަން ވެސް ބޮޑު، ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިން ގިނަވެ، ލީގުގައި މަސައްކަތްކުރާ ބިދޭސީ ކޯޗުންނާއި ދިވެހި ކޯޗުންގެ އެކުވެ، ރަނގަޅު ވާދަވެރި މަސައްކަތެއް ކުރާނަަމަ، ލީގަށް ސަޕޯޓަރުން އިތުރުވާނެ ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ. އަދި، މިހާރު ވެސް މެޗުތައް ކުރިއަށްދާ ވަރަކަށް ސަޕޯޓަރުން އަންނަމުންދާކަން ސުޒޭން ވަނީ ފާހަގަކޮށްފަ އެވެ.

"މިހާރު ވެސް އެބަފެނޭ. އަލަށް އައި ޓީމެއް އޮޑި އަކީ، އޮޑި މެޗަށް ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަދޭ. ނިއު ރޭޑިއަންޓް، ވިކްޓަރީ މެޗުތަކަށް ވެސް ވަންނާނެ. މަޑުމަޑުން އެ ޕްރޮޑަކްޓް ރަނގަޅުކުރަންޖެހެނީ، އާންމުންގެ މަގުބޫލު އެއްޗަކަށް ހަނދަންޖެހެނީ،" ސުޒޭން ބުންޏެވެ.

ލީގުގައި މިއަދު ހަވީރު ވިކްޓަރީ އަތުން ތިން ގޯލުގެ ފަރަގުން މޮޅުވެއްޖެނަމަ، ނިއު އަށް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލެވޭނެ އެވެ. ނިއު އާއި ވިކްޓަރީގެ މެޗު ފަށާނީ މިއަދު 15:50 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox