އައްޑޫގެ ރަށްތައް ބައިބައިވާން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ހަސަން ސައީދު ވިދާޅުވެއްޖެ

ހަސަން ސައީދު: ވިދާޅުވީ އައްޑޫ އެކަތިގަނޑެއްގެ ގޮތުގައި އޮތުމުން މާ ފައިދާވާނެ ކަމަށް -- ފޮޓޯ ފައިލް

ހަސަން ސައީދު: ވިދާޅުވީ އައްޑޫ އެކަތިގަނޑެއްގެ ގޮތުގައި އޮތުމުން މާ ފައިދާވާނެ ކަމަށް -- ފޮޓޯ ފައިލް

އައްޑޫގެ ރަށްތަކާއި އަވަށްތައް ގުޅިގެން މިހާރު އުފައްދާފައި އޮތް ސިޓީ ކައުންސިލުގެ ނިޒާމު ފުނޑުފުނޑުކޮށްލައި، ބައިބައިވާން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް އެ އަތޮޅު ފޭދޫއަށް ނިސްބަވްތާ ކުރީގެ ބަންޑާރަ ނައިބު ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.

އަައްޑޫ ސިޓީ ކައުންސިލު އެކުލެވިފައި އޮތް ގޮތް ބަދަލުކުރުމާ ހަސަން ސައީދު ދެކޮޅުކަން ހާމަކުރެއްވީ އައްޑޫގެ ރައްޔިތުންނާ ހިއްސާކުރެއްވި ހުޅުވާލެވިފައިވާ ސިޓީއެއްގަ އެވެ. މި ސިޓީގައި އޭނާ ވިދާޅުވީ އައްޑޫގައި ނަގާ ފެންނަނުފެންނަ ވޯޓާ ގުޅިގެން އެ އަތޮޅުގެ އެކި ރަށްތަކުގެ ޓޫރިޒަމް ޒޯނުތަކުގައި ހިނގަމުންދާ ޕްރޮޖެކްޓަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އައްޑޫ ފޭދޫ އާއި ހިތަދޫ އާއި މީދޫގެ ޓޫރިޒަމް ޒޯނުތަކުގައި 1000 އެނދު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަަމަށް ހަސަން ވިދާޅުވި އެވެ.

Advertisement

މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގައި އަމިއްލަ ފަރާތަކުން ހިންގާ އެންމެ ބޮޑު މަޝްރޫއުކަން ފާހަގަކުރައްވަމުން ހަސަން ސައީދު ވިދާޅުވީ މި ކަން ކުރަމުން ދަނީ އެ އަތޮޅަށް ނިސްބަވްތާ 14 އިންވެސްޓަރަކު ގުޅިގެން ކަމަށެވެ.

އެ ގޮތުން ފޭދޫގެ ޓޫރިޒަމް ޒޯނުގައި، މީގެ ދެ އަހަރު ކުރިން ފެށި މަސައްކަތުން، އަންނަ އަހަރު ފޭދޫ ޓޫރިޒަމް ޒޯނުގައި އެކަނި ވެސް 536 ޓޫރިސްޓް ބެޑު ތަރައްގީކުރެވޭނެ ކަމަށް ހަސަން ސައީދު ވިދާޅުވި އެވެ. އަދި ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް ރެސްޓޯރެންޓް އާއި ޖިމްނޭޒިއަމްގެ އިތުރުން ސްޕާ އާއި، ޑައިވިން ސެންޓަރާއި ވޯޓާ ސްޕޯޓްސް ހިދުމަތް ގާއިމުވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓޫރިސްޓު އެނދުތައް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް، މި ކަމަށް ގިނަ ގޮންޖެހުންތައް ހުރި ކަމަށް ހަސަން ސައީދުގެ ސިޓީގައި ފާހަގަކުރެއްވި އެވެ. މި ގޮންޖެހުންތައް ހުއްޓައި، ސިޓީ ކައުންސިލުގެ އިހުތިސާސާއި އިދާރީ އޮނިގަނޑު ބަދަލުކުރާ ވޯޓާ ހެދި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން ސައީދު ފާހަގަކުރެއްވި ބައެއް ގޮންޖެހުންތައް

  • ސަރުކާރުން ދޭން ބުނި 200 މިލިއަން ރުފިޔާގެ ލޯނު ހުއްޓުން - މި ލޯނުތައް ދޭކުރަން އެއްބަސްވެ ބީއެމްއެލްއާއެކީ ލިޔެކިޔުންތަކުގައި ސޮއިކުރި ނަމަވެސް ލޯނުގެ ކަންކަން ކުރިއަކަށް ނުދޭ
  • ފޭދޫ ޓޫރިޒަމް ޒޯނަށް އަންނަ ޓޫރިސްޓުންނަށް ހިދުމަތްދޭން ސާވިސް އައިލެންޑެއްގެ ސަވާހިލި ހަމަޖެއްސުން - މިކަމަށް އެދުމުން، ސަރުކާރުގެ ފެހި ސިގުނަލް ލިބުނަސް އެއްވެސް ކަމެއް ކުރިއަކަށް ނުދޭ
  • ޓޫރިޒަމް ޒޯނުގެ ފެނާއި ނަރުދަމާ ނެތުން - އެ ހިދުމަތް ގާއިމުކުރަން ފެނަކައިގައި ބަޖެޓު ނެތުމުން، ސިޓީ ކައުންސިލާއީ އިންވެސްޓަރުންގެ ހަރަދުގައި ފެނަކައިން މަސައްކަތް ކުރާ ގޮތަށް އޮތް އެއްބަސްވުން ހުއްޓުމަކަށް އައިސްދާނެ
  • ޓޫރިޒަމް ޒޯނުގެ ސަރަހައްދު ވަކިކުރަން އިންފާރު ރޭނުން - ފޭދޫ ޓޫރިޒަމް ޒޯނު ވަކިކުރަން ރާނަން ޖެހޭ 2200 ފޫޓުގެ ފާރު ރާނަން ސިޓީ ކައުންސިލާ އެކީ އެއްބަސްވެފައިވާ މަސައްކަތް، އަނެއްކާ ފައިސާ ހަމަޖެހެންދެން މަޑުޖައްސާލަން ޖެހިދާނެ

ފޭދޫ ރަށު ކައުންސިލެއް އުފެދިއްޖެ ހާލަތެއްގައި އެއްބަސްވުންތައް ބަދަލުކުރަން ޖެހުމާއި އޭނާގެ ކުންފުނިން ކޮށްދޭ ގޮތަށް ނިންމާފައިވާ ފޭދޫ ބީޗު ހެދުމުގެ މަސައްކަތް ވެސް މި ވޯޓާ ހެދި ހުއްޓިފައިވާ ކަމަށް ހަސަން ސައީދު ވިދާޅުވި އެވެ. އަދި މިހެން ބައިބައިވުމަކީ އިންވެސްޓަރުންގެ އިތުބާރު ކުޑަވެ، އިންވެސްޓަރުން ފަސްޖެހޭނެ ކަމެއްގެ ގޮތުގައި ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ކަންކަން މި ހާލަތުގައި ހުރިއިރު، އެކަންކަން ރަނގަޅުކުރަން އެއް ބަޔަކު ގުރުބާންވާއިރު، ގުޅިގެން މަސައްކަތް ކުރުމުގެ ބަދަލުގައި ވަކިވެގަންނަން އުޅޭ ސަބަބާ މެދު އޭނާ ސުވާލު އުފެއްދެވި އެވެ.

"މި ފަދަ ބޮޑެތި ގޮންޖެހުންތަކާއެކު އަތޮޅަށް ނިސްބަތްވާ ބަޔަކު އިސްވެ އަތޮޅުގެ ޓޫރިޒަމް ކުރިއަރުވަން ބޮޑެތި ގުރުބާނީތައް ވަމުންދާއިރު އެކަންކަމަށް ގުޅިގެން ހައްލު ހޯދަން މަސައްކަތް ކުރުމުގެ ބަދަލުގައި ރަށްރަށާއި އަވަށާއި މީހުން ޖެހި، ޒުވާބުކޮށް މާރާމާރީ ހިންގާ ހިސާބަށް ގެންދަންޖެހިގެން މިއުޅޭނީ ކޮންކަމެއް ނުވެގެންތޯ؟،" އޭނާ ލިޔުއްވާފައި ވެ އެވެ.

އައްޑޫގެ ރަށްތައް ކައުންސިލުން ވަކިވާ ވޯޓު ނަގަނީ ފޭދޫގެ އިތުރުން ހުޅުދޫ އާއި މީދޫގަ އެވެ. މި ހުރިހާ ރަށެއްގައި ވޯޓު ނަގަނީ ސިޓީ ކައުންސިލުން ވަކިވެ، އަމިއްލަ ރަށު ކައުންސިލެއް އުފައްދާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox