ހަންކެޑެ ކުއްޔަށް ދޭން އުޅެނީ ނުބައި ބޮޑުމިނެއް ޖަހައިގެން، ނުއަގުގައި

ހަންކެޑެއަށް ބިން އިތުރުކުރަން ހިންގި މަޝްރޫއަށް ފަހު: މި ރަށުގެ އަސްލު ސައިޒަކީ 13 ހެކްޓަރު --- ފޮޓޯ: އެމްއެފްއެމްސީ

ހަންކެޑެއަށް ބިން އިތުރުކުރަން ހިންގި މަޝްރޫއަށް ފަހު: މި ރަށުގެ އަސްލު ސައިޒަކީ 13 ހެކްޓަރު --- ފޮޓޯ: އެމްއެފްއެމްސީ

އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަން ކުއްޔަށް ދޭން އިއުލާންކޮށްފައިވާ އައްޑޫ ހަންކެޑެގެ ލީސް އެކުއިޒިޝަން ކޮސްޓު ހިސާބުކޮށްފައި ވަނީ ގޯސްކޮށް ކަން އަދަދު އަށް އެނގިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ހަންކެޑެގެ ސައިޒަކީ 7.06 ހެކްޓަރު ކަަމަށެވެ. ނަމަވެސް މިއީ ހަންކެޑެ ބިން ހިއްކައި، ބޮޑު ކުރުމުގެ ކުރިން އެ ރަށުގެ ސައިޒެވެ.

އެމްޑީޕީ ސަރުކާރުގައި އައްޑޫގައި ހިންގި ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެ ރަށަށް ވަނީ 4.7 ހެކްޓަރު ވަނީ އިތުރުކޮށްފަ އެވެ. މިހެންކަމުން މިހާރު މި ރަށުގެ ސައިޒަކީ 11.7 ހެކްޓަރެވެ. މިކަމަށް ސެޓެލައިޓް ފޮޓޯތަކުން ބާރުދެ އެވެ.

މިހާރުގެ ސައިޒުގައި މި ރަށް ކުއްޔަށް ދޭން އިއުލާން ކުރުމުން, އެކުއިއިޒިޝަން ކޮސްޓުގެ ގޮތުގައި ދައްކަން ޖެހެނީ 529,500 ޑޮލަރެވެ.

ހަންކެޑެ ބިން ހިއްކި ފަހުންނާއި ބިން ހިއްކުމުގެ ކުރިން:  ހަންކެޑެގެ އަސްލު ސައިޒަކީ 13 ހެކްޓަރު --- ފޮޓޯ: ގޫގުލް އާތު އާއި އެމްއެފްއެމްސީ
ހަންކެޑެ ބިން ހިއްކި ފަހުންނާއި ބިން ހިއްކުމުގެ ކުރިން: ހަންކެޑެގެ އަސްލު ސައިޒަކީ 13 ހެކްޓަރު --- ފޮޓޯ: ގޫގުލް އާތު އާއި އެމްއެފްއެމްސީ

ހަންކެޑެ ބިން ހިއްކި ފަހުންނާއި ބިން ހިއްކުމުގެ ކުރިން: ހަންކެޑެގެ އަސްލު ސައިޒަކީ 11 ހެކްޓަރު --- ފޮޓޯ: ގޫގުލް އާތު އާއި އެމްއެފްއެމްސީ

ހަންކެޑެ ނުއަގުގައި ދޭން މަސައްކަތް ކުރުމުގެ އިތުރުން، މަޝްރޫއުގެ ސްކޯޕް ވެސް ވަރަށް ބޮޑަށް ކުޑަކޮށްފައިވާ ކަން ފާހަގަކުރެވެ އެވެ. ކުރިން ހަންކެޑެގައި 1041 ކޮޓަރި (2082 އެނދު) ތަރައްގީކުރަން ޕްލޭން ކުރި ނަމަވެސް، މި ފަހަރު އެ ރަށް ކުއްޔަށް ދޭން ހުޅުވާލީ 500 ކޮޓަރި (1000 އެނދު) ތަރައްގީކުރާ ގޮތަށެވެ.

ހަންކެޑެ ކުއްޔަށް ދޭން ސަރުކާރުން އިއުލާނު ކުރީ، މޯލްޑިވްސް ފަންޑު މެނޭޖުމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީއާ ހަވާލުކޮށްގެން ހިންގަން އުޅުނު އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓު ހުއްޓާލުމަށް ފަހުގަ އެވެ.

މި ސަރުކާރުން ބޮޑު ރަސްމިއްޔާތެއް ބޭއްވުމަށް ފަހު އިފްތިތާހުކުރި މި ޕްރޮޖެކްޓު ހުއްޓާލި ރަސްމީ ސަބަބެއް މިއަދާ ހަމައަށް ވެސް ސަރުކާރުން ނުބުނެ އެވެ. ނަމަވެސް ޕްރޮޖެކްޓު ހުއްޓާލީ ފައިސާގެ އެއްވެސް ދަތިކަމެއް އޮވެގެން ނޫން ކަން ވެސް އިތުބާރު ހުރި މަސްދަރުތަކުން ވަނީ އަދަދު އަށް ކަށަވަރުކުރެވިފަ އެވެ.

އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓު ބާތިލުކުރުމަށްފަހު، ހަންކެޑެ ހާއްސަ ކުރީ ހަލާލު ޓޫރިޒަމަށެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ އަލުން މި ވަނީ އިންޓްގްރޭޓަޑް މޮޑެލްއަށް ބަޔަކަށް ދޭން ހުޅުވާލާފަ އެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox