ފުލުހުން އަމަލުކުރި ގޮތުން "ޑްރަގުގެ ބޮޑެއް" ކޯޓުން ދޫކޮށްލައިފި

ކްރިމިނަލް ކޯޓް: ފުލުހުން އަމަލުކުރިގޮތުން ޑްރަގް ބޮޑެއް ކަމަށް ތުހުމަތު ކުރެވޭ  އަލީ އަންވަރު މުހައްމަދު، 41 އެ ކޯޓުން ވަނީ ދޫކޮށްލާފައި -- ފޮޓޯ: އަދަދު

ކްރިމިނަލް ކޯޓް: ފުލުހުން އަމަލުކުރިގޮތުން ޑްރަގް ބޮޑެއް ކަމަށް ތުހުމަތު ކުރެވޭ އަލީ އަންވަރު މުހައްމަދު، 41 އެ ކޯޓުން ވަނީ ދޫކޮށްލާފައި -- ފޮޓޯ: އަދަދު

ފުލުހުން އަމަލުކުރި ގޮތުން މަސްތުވާތަކެތި ވިޔަފާރިކުރާ "ބޮޑެއް" ކަމަށް ތުހުމަތު ކުރެވޭ މީހަކު ކްރިމިނަލް ކޯޓަށް ބަންދުގެ މުއްދަތު އިތުރުކުރަން ގެންދިޔުމުން އެއްވެސް ޝަރުތެއް ނެތި މިއަދު ދޫކޮށްލައިފި އެވެ.

ކްރިމިނަލް ކޯޓުން ދޫކޮށްލީ މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި އޮކްޓޯބަރު 11، ގައި ހައްޔަރުކުރި ސ. ހިތަދޫ، ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު، 41 އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ފުރަތަމަ ގެންދިޔުމުން ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައިދިނެވެ.

ނަމަވެސް މުއްދަތު އިތުރުކޮށްދޭން ދެވަނަ ފަހަރަށް މިއަދު ގެންދިޔުމުން ދޫކޮށްލީ އޭނާ ދޫކޮށްލީ ހައްޔަރުކޮށް ހައްޔަރާމެދު ގޮތް ކަނޑައަޅާފައިވަނީ ކޮން އަސާސެއްގެ މައްޗަށް ކަމަށް ފުލުހުންނަށް ބުނެދެވިފައިނުވާތީ، ހައްޔަރުކުރުމަށްފަހު އަމަލުކުރަންޖެހޭ އިޖުރާއަތުގައި އުނިކަން ހުރި ކަމަށް ބެލެވޭތީ އެވެ.

"ތުހުމަތު ކުރެވޭ ކުށާ ގުޅިގެން ސުވާލުކުރަން ޖެހޭ މީހެއް ކަމަށް ކަނޑައެޅިއިރު، މި މައްސަލައިގައި މި ކޯޓުން ދޫކޮށްފައިވާ ތަންތަނާއި ތަކެތި ބަލައި ފާސްކުރުމުގެ އަމުރު ތަންފީޒުކޮށް މައްސަލައާ ގުޅޭ ހެކި ގަރީނާ ހޯދިފައި ނުވޭ. ކަން މިހެން އޮތްއިރު، މައްސަލައާ ގުޅޭ ހެކި ގަރީނާ ލިބުމުގެ ކުރިން ކޯޓު އަމުރެއްގެ ދަށުން މީނާ ހައްޔަރުކޮށް ސުވާލުކުރަންޖެހޭ މީހެއް ކަމަށް ކަނޑައަޅައި، ބަންދުގައި ބެހެއްޓުމަށް ނިންމީ ކޮން ހަމަޔަކުން ކަމެއް ފުލުހުންގެ ފަރާތުން ބުނެދެވިފައެއް ނުވޭ،" ކޯޓުން ބުންޏެވެ.

ކޯޓުން ބުނީ ހައްޔަރު ކުރުމުގެ އަމުރެއް ފުލުހުންނަށް ދިނުމުން، މައްސަލައާ ގުޅޭ ހެކި ގަރީނާ ލިބުމުގެ ކުރިން އެ އަމުރު ތަންފީޒުކުރަން ޖެހޭ މަގުބޫލު ސަބަބަކާއި ނުލައި އޭނާ ހައްޔަރުކޮށް، ބަންދުގައި ބެހެއްޓުމަށް ނިންމާއިރު، އަދި ހައްޔަރު ކުރުމުގައި ރަނގަޅު ނޫން ގޮތަކަށް އަމަލު ކުރެވިފައިވާ ކަމަށް ބެލެވޭއިރު، ގާނޫނާ ހިލާފަށް ބަންދުގައި ބަހައްޓައިގެން ހޯދާ ހެކި ގަރީނާ އާއި ތަހުގީގުން ނެރޭ ނަތީޖާ ބޭކާރުވެދާނެ ކަމަށެވެ.

އެ ކޯޓުން ނެރުނީ އޭނާ ހައްޔަރު ކުރުމުގެ އަމުރަކާއި ތަންތަނާއި ތަކެތި ބަލައި ފާސްކުރުމުގެ އަމުރެއް ކަމަށާއި ފުރަތަމަ ތަންތަން ބަލައިފާސްކުރުމުގެ އަމުރު ތަންފީޒުކުރަން ޖެހޭއިރު، ބަލައި ފާސްކުރުމުގައި މައްސަލައާ ގުޅޭ ހެކި ލިބިއްޖެނަމަ ހައްޔަރުކޮށް ބަންދު ކުރުމަށް ކަނޑައެޅޭނެ ކަމަށް ވެސް ބުންޏެވެ.

ފުލުހުން މީހަކު ހައްޔަރުކޮށްފިނަމަ، ލަސްނުކޮށް އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަށް ގެންގޮސް، ފުލުހުންގެ މަރުކަޒަށް ގެންދެވޭ މީހާއަކީ ތުހުމަތު ކުރެވޭ ކުށަކާ ގުޅިގެން ސުވާލު ކުރަން ޖެހޭ މީހެއްކަމަށް ކަނޑައަޅައި ބަންދުގައި ބެހެއްޓުމާއިމެދު ގޮތެއް ކަނޑައަޅަން ޖެހެ އެވެ.

އެކަމަކު މި މައްސަލައިގައި ތުހުމަތު ކުރެވޭ ކުށާ ގުޅިގެން ސުވާލުކުރަން ޖެހޭ މީހެއް ކަމަށް ކަނޑައަޅައި ބަންދުގައި ބެހެއްޓުމުގައި ބަލަންޖެހޭ ކަންތައްތައް ނުވަތަ ތަފްސީލެއް ހިމަނާފައި ނުވެ އެވެ.

ނަމަވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން، ބަލައި ފާސްކޮށް މައްސަލައާ ގުޅޭ ހެކި ގަރީނާ ހޯދާފައިވާތީ، އެކަންކަމުގެ މައްޗަށް ބިނާކޮށް އަލުން އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް އެދުމަށް ހުރަހެއް އޮތް ކަމަށް ނުދެކޭ ކަމަށް ކޯޓުން ބުންޏެވެ.

އަންވަރާއި، އިތުރު ބަޔަކު ހިމެނޭ މައްސަލައިގައި ޑްރަގުތައް އަތުލައިގަތީ މީގެ ހަ އަހަރު ކުރިން، އޮކްޓޫބަރު 7، 2019 ގައި ފުލުހުންނާއި ސިފައިން ގުޅިގެން ކަނޑުމަތީގައި ހިންގި އޮޕަރޭޝަނެއްގަ އެވެ. މި އޮޕަރޭޝަނުގައި އިރާނުގެ ބޯޓު ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެންދިޔައި ހއ. ތުރާކުނު ބޭރުންނެވެ.

މި ޑްރަގުތައް އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ފުލުހުން ތުހުމަތުކުރީ އަންވަރުގެ އިތުރުން އަހްމަދު ޝަކީބް (މާތިލަ، ކ. ދިއްފުށި) އާއި މުހައްމަދު ރިޝްފާން (ތުނޑި، މިލާނޯ، ލ، ގަން) އަށެވެ. އަދި އިރާނު "އަލްޝަބާން ބޯޓުން" ހަ މީހަކާއި ޑްރަގުތައް ބަލައި ދިޔަ ކަމަށް ބުނާ "ހޭދަކުރި" ދޯނިން ހަތަރު މީހަކާއި ހައްޔަރުކުރި އެވެ.

އަންވަރު ނޫން އެންމެންގެ މައްޗަށް އުފުލި ދައުވާތައް ޕީޖީން ވަނީ މީގެ ކުރިން އަނބުރާ ގެނެސްފަ އެވެ.

=

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox