ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރި އެންގުމަށް އަަމަލުނުކުރަން ކޯޓުން އަމުރުކޮށްފި

ބ. ކިހާދުއްފަރުގައި ހިންގާ ކިހާ ރިސޯޓު: މި ރިސޯޓުގެ ހުއްދަ ބާތިލުކުރީ މިންގަނޑަށް ނުފެތޭތީ --- ފޮޓޯ؛ ކޯޕަރޭޓް މޯލްޑިވްސް

ބ. ކިހާދުއްފަރުގައި ހިންގާ ކިހާ ރިސޯޓު: މި ރިސޯޓުގެ ހުއްދަ ބާތިލުކުރީ މިންގަނޑަށް ނުފެތޭތީ --- ފޮޓޯ؛ ކޯޕަރޭޓް މޯލްޑިވްސް

ރިސޯޓެއް ހިންގަމުން އައި ބ. ކިހާދުއްފަރުގެ އެއްބަސްވުން ބާތިލުކުރަން ޓޫރިޒަމް މިނިސްޓްރީން ފޮނުވި އެންގުމަށް އަމަލުކުރުން މަޑުޖައްސަލާން އަމުރުކޮށް ސިވިލް ކޯޓުން ނިމުނު ހަފުތާގެ ތެރޭގައި އަމުރެއް ނެރެފި އެވެ.

ޓޫރިޒަމާ ދެކޮޅަށް ކޯޓުން މި އަމުރު ނެރުނީ، މި ރިސޯޓުގެ ހެޑްލީސް އޮންނަ އަތަމާ މެރިން އިންޓަނޭޝަނަލްއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އަތަމާއިން މި އަމުރަށް އެދުނީ ޓޫރިޒަމުގެ ޓީމަކުން އެ ރަށަށް އަރައި، އެ ތަން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންނަން ބޭނުންވާ ކަމަށް ބުނެ، ތަނުގެ ތަޅުދަނޑިތައް ހަވާލުކުރުމަށް އެންގުމުންނެވެ.

Advertisement

އަތަމާއިން ހުށަހެޅި މައްސަލައިގައި އެ ކުންފުނިން ވަނީ، ޓޫރިޒަމްގެ މިންގަނޑަށް ރިސޯޓު ނުފެތޭ ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން އެ ކުންފުނީގެ ސަމާލުކަމަށް މި ކަން ގެނައި ދުވަހުން ފެށިގެން، ރިސޯޓުގައި ހުރި މައްސަލަތައް ރަނގަޅުކުރަމުން އަންނަ ކަމަށް އަތަމާއިން ބުނެފައި ވެ އެވެ.

ކިހާދުއްފަރުގައި ރިސޯޓު ތަރައްގީ ކުރީ އަތަމާއިން ނަމަވެސް އެ ތަން ހިންގަނީ ކޮރަލް އައިލެންޑް ރިސޯޓްސް މޯލްޑިވްސް ކިޔާ ކުންފުންޏަކަށް ސަބްލީސް ކޮށްގެންނެވެ.

އަތަމާއިން ބުނި ގޮތުގައި ރިސޯޓަށް މައްސަލަތައް ދިމާވީ ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި ރިސޯޓު ބަންދުކުރަން ޖެހުމުންނެވެ. އަދި ޑިސެމްބަރު 2020 ގައި ރިސޯޓު އަލުން ހުޅުވަން ހުއްދަ ލިބުނުއިރު، ގިނަ މަރާމާތުތަކެއް ކުރަން ޖެހުނު ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ ސަބަބުން ރިސޯޓުގެ ވިޔަފާރި ވަރަށް ބޮޑަށް ދަށްވެ، ގެއްލުމުގައި ރަށް ހިންގަން ޖެހޭތީ، ކޮރަލް އައިލެންޑްސްއިން އަތަމާއަށް ލިބެން ޖެހޭ ސަބްލީސް ކުލި ވެސް ނުލިބޭ ކަމަށް ކޯޓުގައި ބުންޏެވެ.

ކިހާ ރިސޯޓަށް ޓޫރިޒަމުން ފިޔަވަޅު އަޅަން ނިންމީ ޑިސެމްބަރު 2023 ގައި ހިންގި ކޮމްޕްލަޔަންސް އިންސްޕެކްޝަނަކަށް ފަހުގަ އެވެ. މި އިންސްޕެކްޝަނުގައި ރިސޯޓުގައި އިސްލާހުކުރަން ޖެހޭ ކަންކަން އެންގީ، އަތަމާއިން ބުނާ ގޮތުގައި، ކޮރަލް އައިލެންޑްސްއަށެވެ.

ޓޫރިޒަމުން ރަނގަޅު ކުރަން އެންގި ކަންކަމުގެ ތެރޭގައި ކޮރަލް އައިލެންޑްސްގެ މުވައްޒަފުންގެ މުސާރައިގެ މައްސަލަތަކާއި، ޓެކްސް މައްސަލަތަކާއި، ރިސޯޓުގައި ހުރި މަރާމާތު ކުރަން ޖެހޭ ތަންތަނުގައި މައްސަލަތަކުގެ އިތުރުން ރިސޯޓުގެ ފެސިލިޓީތަކުގެ ރަޖިސްޓްރީތައް އާ ކުރުމުގެ މައްސަލަ ހިމެނެ އެވެ.

އަތަމާއިން ކޯޓުގައި ބުނީ ރިސޯޓުގެ ކަންކަން ރަނގަޅު ކުރަން އަންގާ ފުރަތަަމަ ނޯޓިސް ފޮނުވި ދުވަހު އޮޕަރޭޝަންތައް ހުއްޓާލި ކަމަށެވެ. އަދި އެ ދުވަހުން ފެށިގެން ހުއްދަތައް ނަގައި ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ.

ޓޫރިޒަމުން ވަނީ މި ނޯޓިހުގެ މުއްދަތު ހަމަވުމުން ކަންކަން ރަނގަޅުކުރަން 15 ދުވަސް ދީފަ އެވެ. އަތަމާއިން ގަބޫލުކުރަނީ މިއީ ކުއްޔަށް ދިނުމުގެ އެއްބަސްވުމާ ހިލާފަށް ޓޫރިޒަމުން ފޮނުވި ނޯޓިހެއް ކަމަށެވެ.

ކިހާ މައްސަލައިގައި ކަން ހިނގި ގޮތުގެ ޓައިމްލައިން

  • ޓޫރިޒަމުން ސާވޭ ކުރުން - ފެބްރުއަރީ 27، 2023
  • ރިސޯޓު އިންސްޕެކްޝަން - ޑިސެމްބަރު 6، 2023
  • ޓޫރިޒަމުން އަތަމާއަށް ނޯޓިސް ފޮނުވުމާއި އޮޕަރޭޝަންތައް ހުއްޓާލުން - އޮގަސްޓު 18، 2025
  • ޓޫރިޒަމުން އަތަމާއަށް ދެވަނަ ނޯޓިސް ފޮނުވުން - ސެޕްޓެމްބަރު 18، 2025
  • އެއްބަސްވުން ބާތިލުކުރިކަމުގެ ނޯޓިސް ފޮނުވުން - އޮކްޓޫބަރު 9، 2025

ކޯޓުން މި މައްސަލައިގައި ވަގުތީ އަމުރު ނެރުނީ، އަތަމާއިން އެދިގެން، މި މައްސަލަ ރައްދުވާ ޓޫރިޒަމް މިނިސްޓްރީގެ ޣައިރު ހާޒިރުގަ އެވެ. އަދި އަމަރު ނުނެރެފި ނަމަ އަތަމާއަށް ފޫނުބެއްދޭވަރުގެ ގެއްލުމުގެ ލިބުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި އޮތް މައްސަލައަކަށް ވާތީ މި މައްސަލަ ބެލީ އަވަސް ފިޔަވަޅު އަޅަން ޖެހޭ މައްސަލައެއްގެ ގޮތުގަ އެވެ.

ކޯޓުން ނެރުނު އަމަރުގައި ވަނީ އެއްބަސްވުން ބާތިލުކުރަން ފޮނުވި ނޯޓިހަށް އަންނަ މަހުގެ 2 ވަނަ ދުވަހާ ހަމައަށް އަމަލު ކުރުން ފަސްކުރުމަށާއި، އެ ނޯޓިސް ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށާއި، ކިހާދުއްފަރާ ގުޅިގެން ތިން ވަނަ ފަރާތެއްގެ މަސްލަހަތު އުފަން ވާނެ ކަމެއް ނުކުރުމަށް އަމުރުކޮށްްފަ އެވެ. މި މުއްދަތުގެ ތެރޭގައި މި މައްސަލައިގެ މައުލޫއީ ދައުވާ އަތަމާއިން ހުށަހަޅަން ޖެހެ އެވެ.

ޓޫރިޒަމުން މިދިޔަ އޮގަސްޓު މަހުގެ ފަހުކޮޅު ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި ކިހާ ރިސޯޓު ހިންގަން ދޫކުރި ކޮންޑިޝަނަލް ލައިސަންސްގެ މުއްދަތު މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ހަމަ ވެއްޖެ އެވެ. އަދި އެ ފަހުން ރިސޯޓު ހިންގަމުން އަންނަނީ ގަވާއިދާ ހިލާފަށް ކަމަށް މިނިސްޓްރީން ބުނެފައި ވެ އެވެ.

ޓޫރިޒަމުގެ އޮޕަރޭޓިން ހުއްދައެއް ނެތި އެ ރަށުގައި ޓޫރިސްޓުން ބައިތިއްބާ މައްސަލައިގައި އަތަމާ ކުންފުނި ދެ ފަހަރަކު ޖޫރިމަނާ ކުރެވިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އޭރު މިނިސްޓްރީން ވަނީ އެ މައްސަލައިގައި އިތުރު ފިޔަވަޅު އަޅަމުންދާ ކަމަށް ބުނެ އެ ރިސޯޓަށް ޓޫރިސްޓުން ގެންދަން އެއްވެސް މުއާމަލާތެއް ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

އަތަމާއިން ކިހާދުއްފަރު ކުއްޔަށް ނެގީ އޮގަސްޓު 24، 1997 ގަ އެވެ. އެ ކުންފުނިން ބުނާ ގޮތުގައި މިވީ 28 އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ މި ރަށަށް 56 މިލިއަން ޑޮލަރު އިންވެސްޓުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

Newsletter

Get the latest news delivered straight to your inbox