ޕޭޕަލް މެދުވެރިކޮށް އިންވާޑް ރެމިޓެންސް ލިބުމުގެ ލައިސެންސް އުރީދޫއަށް ދީފި

ިއިންވާޑް ރެމިޓެންސް ލައިސެންސް އުރީދޫއާ ހަވާލު ކުރަނީ -- ފޮޓޯ: އުރީދޫ

ިއިންވާޑް ރެމިޓެންސް ލައިސެންސް އުރީދޫއާ ހަވާލު ކުރަނީ -- ފޮޓޯ: އުރީދޫ

ބޭރުގެ އެކައުންޓުތަކުން ދިވެހިރާއްޖެއަށް ފައިސާ ފޮނުވުމަށް ބޭނުންވާ އިންވާޑް ރެމިޓެންސް ލައިސެންސް އުރީދޫ ފިންޓެކްއަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދީފި އެވެ.

އިންވާޑް ރެމިޓެންސް އަކީ ރާއްޖެއިން ބޭރުގެ އެކައުންޓަކުން ރާއްޖޭގެ އެކައުންޓަކަށް ސީދާ ފައިސާ ފޮނުވޭނެ އިންތިޒާމެވެ. އެ ހިދުމަތް ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ދޭ އެއް ކުންފުންޏަކީ އެމެރިކާގެ މަލްޓިނޭޝަނަލް ފައިނޭންޝަލް ޓެކްނޮލޮޖީ ކުންފުނި، ޕޭޕަލް އެވެ.

އުރީދޫ ފިންޓެކްއަށް އިންވާޑް ރެމިޓެންސް ލައިސެންސް މި ދޫކުރީ ޕޭޕަލް އާއި އުރީދޫ އާ ދެމެދު ސޮއިކޮށްފައިވާ ޕާޓްނަޝިޕްގެ ދަށުން ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފު ކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.

Advertisement

އުރީދޫއިން މަސައްކަތް ކުރަމުން ދަނީ ޕޭޕަލް އާއި އުރީދޫގެ އެމް-ފައިސާ އާ ގުޅުވައިލުމަށެވެ. އުރީދޫ އެޕްގެ ތެރޭގައި އެމް-ފައިސާ އިންނައިރު، ޕޭޕަލް އަންނާނީ އޭގެ ވޮލެޓެއް ގޮތަށެެވެ. ޕޭޕަލް ވޮލެޓުން ރާއްޖެއިން ބޭރަށް އަދި ބޭރުން ރާއްޖެއަށް ވެސް ޑޮލަރުން ފައިސާ ފޮނުވޭނެ އެވެ.

އެމް-ފައިސާގެ ޕޭޕަލް ވޮލެޓަށް ފައިސާ ޖަމާވުމުން އެ ފައިސާ އެމް-ފައިސާގެ ޑޮލަރު ވޮލެޓަށް ފޮނުވޭނެ އެވެ. އެއަށްފަހު އެ ޑޮލަރު ވޮލެޓުން ބީއެމްއެލް އާއި އެމްއައިބީ ފަދަ ބޭންކުތަކަށް ފައިސާ ފޮނުވައިގެން "ކޭޝް އައުޓް" ކޮށް ނަގުދު ފައިސާ ވެސް ނެގޭނެ އެވެ.

އިންވާޑް ރެމިޓެންސް ލައިސެންސް އުރީދޫއަށް ދޫކުރުމަށް އެމްއެމްއޭގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، ހާލިދު އަލް ހަމާދީ ވިދާޅުވީ އެ ލައިސެންސްގެ ސަބަބުން ޑިޖިޓަލް އިގުތިސާދެއް ބިނާ ކުރުމަށް ކުރަމުންދާ މަސައްކަތަށް އުރީދޫއިން ދޭ އަހަންމިއްޔަތުކަން އިތުރުވެގެންދާނެ ކަމަށެވެ.

ރާއްޖެއަށް ޕޭޕަލް ތައާރަފުވުމާއެކު ފްރީލާންސަރުންނާއި ކުދި ވިޔަފާރިވެރިންގެ އިތުރުން ބައިނަލްއަގުވާމީ އެހީ ހޯދާ ފަރާތްތަކަށް ވެސް އެމްފައިސާ މެދުވެރިކޮށް ފައިސާ ފޮނުވޭނެ މަގު ތަނަވަސް ވާނެ އެވެ.

ދިވެހިރާއްޖެއަށް ބޭރުން ފައިސާ މިހާރު ގެނެވެނީ އިންޓަނޭޝަނަލް ބޭންކެއްގައި އެކައުންޓެއް ހުޅުވައިގެންނެވެ. އެގޮތަށް ފައިސާ ގެންނައިރު، ބޭންކު ޗާޖުގެ ގޮތުގައި ބޮޑު އަދަދެއް އުނިކުރެ އެވެ. ނަމަވެސް ޕޭޕަލްގެ ހިދުމަތް ތައާރަފުވުމާއެކު ބޭރުގެ ބޮޑެތި ވިޔަފާރި ވެބްސައިޓުތަކުގައި ވިޔަފާރި ކުރުމުގެ ފުރުސަތު ވެސް ދިވެހީންނަށް ފަހި ވެގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

Newsletter

Get the latest news delivered straight to your inbox