ފުލުހަށް ހާޒިރު ކުރުމަށްފަހު އަނެއްކާވެސް ތުހުމަތެއް ނެތް ކަމަށް ބުނެ ބަޔާން ނުނަގައި ޝިމަން ފޮނުވާލައިފި

މީގެ ކުރިން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި ޝިމަން ވާހަކަދައްކަނީ --

މީގެ ކުރިން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި ޝިމަން ވާހަކަދައްކަނީ --

ރައީސް މުހައްމަދު މުއިއްޒަށް އިންޒާރު ދިން ކަމަށް ބުނެ އެމްޑީޕީގެ އެންމެ ނުފޫޒު ގަދަ އެއް ޒުވާން ލީޑަރު އައިޝަތު ޝިމަންގެ ފޯނު އަތުލި މައްސަލައިގައި ތުހުމަތެއް އޮތް ކަމަށް ބުނެ ފުލުހަށް މިއަދު ހާޒިރު ކުރުމަށްފަހު އަނެއްކާވެސް ބަޔާން ނުނަގައި ފޮނުވާލައިފި އެވެ.

ޝިމަންގެ ފޯނު ފުލުހުން އަތުލީ ބުރާސްފަތި ދުވަހެވެ. އެ މައްސަލައިގައި ބަޔާނެއް ވެސް ނަގަން ބޭނުން ނުވާ ކަމަށް ބުނެ ފުލުހުން ވަނީ ޝިމަންއާ ފޯނު ހަވާލު ކުރަން މަސައްކަތްކޮށްފަ އެވެ. އެކަމަކު ޝިމަންގެ ބަޔާނެއް އަނެއްކާ ވެސް ނަގަން ބޭނުންވާ ކަމަށް ބުނެ ފުލުހުން ވަނީ ރޭގެ ވަގުތެއްގައި ޗިޓެއް ފޮނުވައިފަ އެވެ.

ޝިމަންއަށް ފުލުހުން ޗިޓެއް ފޮނުވީ، ފުލުހުންގެ ބެލުމުގެ ދަށުގައި އޮއްވާ އޭނާގެ ފޯނުން ޒާތީ ފޮޓޯއެއް ލީކުކޮށްލީ ފުލުހުން ކަމަށް ބުނެ މީޑިއާއާ ވާހަކަ ދެއްކި ފަހުންނެވެ.

ޝިމަންގެ ގާނޫނީ ވަކީލު އައިޝަތު ޝީނާ ވިދާޅުވީ ފުލުހަށް މިއަދު ހާޒިރުވާން އެންގީ ތުހުމަތެއް ކުރެވޭ ކަމަށް ބުނެ ނަމަވެސް މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން ޝިމަންގެ މައްޗަށް އެއްވެސް ތުހުމަތެއް ނުކުރެވޭ ކަމަށް ފުލުހުން ބުނި ކަމަށެވެ.

"ރޭގެ ވަގުތެއްގައި ފުލުހުން ކުއްލިއަކަށް ގުޅުއްވާފައި ވިދާޅުވީ މިހާރު ތުހުމަތު އެބަ ކުރެވެޔޭ މައްސަލައިގައި އެހެންވީމާ މިއަދު ބަޔާން ދިނުމަށް ހާޒިރުވުމަށް އެންގީ، ދެން މިއަދު އަޅުގަނޑުމެން މި އައީ، އައިސްފައި ފުލުހުންނާ ވާހަކަދެއްކި އިރުގައި، އެތެރެއަށް ގެންގޮސްފައި ވިދާޅުވެއްޖެ މިހާރު އަނެއްކާ ވެސް ތުހުމަތެއް ނެތޭ އެއްވެސް ކަހަލަ، އެހެންވީމާ މައްސަލަ ނިންމާ ގޮތް އަންގާނަމޭ، ދެން ފޯނު ވެސް އަނބުރާ މިހާރު ހަވާލުކޮށްފި،" ޝީނާ ވިދާޅުވި އެވެ.

ޝިމަންގެ ފޮޓޯއެއް ލީކުކޮށްލި މައްސަލައިގައި ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ޝިމަންގެ ފޯނު ގެންގުޅުނު ފުލުހުންގެ މައްސަލަ ބަލަން ވެސް ވަރަށް ގިނަ ބަޔަކު ދަނީ ގޮވައިލަމުންނެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ޝިމަންގެ ފަރާތުން ވެސް ވަނީ ހުށަހަޅައިފަ އެވެ.

ޝިމަންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ދެން ހިމެނޭ އައިކު އަހުމަދު އީސާ ވިދާޅުވީ ފުލުހުންގެ އަމަލުތައް ހުރިގޮތުން ޝިމަންގެ ފޯނު ހިފެހެއްޓީ ސީދާ ބިރުދެއްކުމުގެ ގޮތުންކަން އެނގި ހާމަވާ ކަމަށެވެ.

"ފުލުހުންގެ އަމަލުތަކުން އަޅުގަނޑުމެންނަށް ސާފުވެގެންދިޔައީ ހަމަ ސީދާ ބިރުދެއްކުމުގެ އަމަލެއްކަން މިއީ، އެއްވެސް ކަހަލަ ސީރިއަސް ތުހުމަތެއް އޮވެގެނެއް ނޫންކަން [ޝިމަންގެ] ފޯނު ވެސް ހިފަހައްޓާފައި މިއޮތީ،" އައިކު ވިދާޅުވި އެވެ.

ޝިމަންގެ ފޯނު އަތުލީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި، "Kirk h*m" އޭ ލިޔެގެންނެވެ. އެ ދެ ބަހުގެ ސީދާ މާނައެއް ނޭނގެ އެވެ. ފުލުހުން ބުނަނީ އެއީ މުއިއްޒަށް ނިސްބަތްކޮށް ޝިމަން ބުނި އެއްޗެއް ކަމަށެވެ. އެއީ ސެޕްޓެމްބަރު 20، 2025، ގައި ޝިމަން ކުރި ޕޯސްޓެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލުކޮށްފި

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޯވަލްއާ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ބައްދަލުކުރައްވައި، ދެ ގައުމުގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. "ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް" ގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން ދެމެހެއްޓުމަށާއި ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.

އޮކްޓޯބަރު މަހު އެކަނިވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 24 މައްސަލައާއި ގެވެށި އަނިޔާގެ 57 މައްސަލަ!

ނިމިދިޔަ އޮކްޓޫބަރު މަހު ޖެންޑާ މިނިސްޓްރީއަށް 299 މައްސަލަ ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 109 މައްސަލައެވެ. މީގެ އިތުރުން ގެވެށި އަނިޔާގެ 57 މައްސަލައަކާއި، ކުޑަކުދިންގެ އަހުލާގީ 35 މައްސަލައެއްގެ އިތުރުން އާއިލީ 33 މައްސަލައެއް އެ މަހު ރިޕޯޓުކޮށްފައިވެއެވެ.

"އަހާބަލަ" ނަމުގައި އެމްޑީޕީގެ މުޒާހަރާ ބުރާސްފަތި ދުވަހުގެރޭ

ރަސްމާލޭގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، "އަހާބަލަ" ނަމުގައި ބުރާސްފަތި ދުވަހުގެރޭ މުޒާހަރާކުރުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.

ބިލު ފާސްނުކުރަން ގޮވާލައި "ފައިސަލްއާޒިމް" ޓީމުގެ ސިޓީއެއް

ރަސްމާލެއިން ބޮޑު ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަށް މަގުފަހިވާ ގޮތަށް ފަރުމާކޮށްފައިވާ ރިއަލް އެސްޓޭޓް ބިލު ފާސްނުކުރުމަށް ގޮވާލައި "ފައިސަލްއާޒިމް" ޓީމުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ވަނީ ހުށަހަޅާފައި. ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މި ބިލަކީ ވަކި ބަޔަކަށް ފައިދާވާގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް.

ސަރުކާރުން ފޮނުވި ގޮތަށް 59 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް 63 މެންބަރުންގެ ވޯޓާއެކު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އިދިކޮޅު އެމްޑީޕީން ބަޖެޓަށް ހުށަހެޅި އެއްވެސް އިސްލާހެއް ފާސްނުވާއިރު، މި ބަޖެޓުގައި މާލީ ބޮޑެތި ރިސްކުތަކެއް ހުރިކަމަށް އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވާފައި

މުއިއްޒު ހެއްކެއް ގޮތުގައި ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް

އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފު ކުރުމުގެ ދައުވާގައި، މުއިއްޒު ހެއްކެއްގެ ގޮތުގައި ބަލައިނުގަންނަން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައި. ކްރިމިނަލް ކޯޓާއި ހައި ކޯޓުން މި ހެކި ބަލައިނުގަތުމަށް ވަނީ ނިންމާފައި.

ވީއައިއޭގެ އީ-ގޭޓުތަކުން ދޭ ހިދުމަތް ފަތުރުވެރިންނަށް ފުޅާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އީ-ގޭޓްތަކުން ފަތުރުވެރިންނަށް ޚިދުމަތް ދޭން ފެށުމާއެކު، 39 ގައުމެއްގެ ފަތުރުވެރިންނަށް އިމިގްރޭޝަންގެ މަރުހަލާތައް އަވަސްވެ، ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައިވޭ. މި ނިޒާމުގެ ދަށުން "އިމުގާ" މެދުވެރިކޮށް ކްލިއަރެންސް ލިބި، އީ-ގޭޓް ބޭނުންކުރުމުން ވަގުތުން އީ-ވިސާ ދޫކުރެވޭ.

Newsletter

Get the latest news delivered straight to your inbox