މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސްގައި 10 އެވޯޑެއް ދީފި

މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސްގައި އެވޯޑު ލިބުނު ފަރާތްތަކާއެކު މިނިސްޓަރު ތޯރިގު -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސްގައި އެވޯޑު ލިބުނު ފަރާތްތަކާއެކު މިނިސްޓަރު ތޯރިގު -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ކުރާ މަސައްކަތް ފާހަގަކޮށް އަގުވަޒަން ކުރުމަށް ބާއްވާ މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސްގައި ފަތުރުވެރިކަމުގެ ހިދުމަތް ދޭ އަށް ފެސިލިޓީއަކަށް 10 އެވޯޑު ދީފި އެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި އެ ރަސްމިއްޔާތުގައި ބޭއްވި ތިންވަނަ މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސްގައި ޓޫރިޒަމް މިނިސްޓަރުކަން ކުރިން ކުރެއްވި އަލްމަރުހޫމް ހަސަން ސާބިރާއި ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އަލްމަރުހޫމް މުހައްމަދު އުމަރު މަނިކުގެ ހަނދާނުގައި ސުކޫތެއް ގެނެސްފައިވެ އެވެ.

އެވޯޑު ލިބުނު ފެސިލިޓީތަކުގެ ތަފްސީލް:

  1. ޖޯލި މުރަވަންދޫ މޯލްޑިވްސް - އައުޓްސްޓޭޑިން ކޮންޓްރިބިއުޝަން ޓު ސްޓާފް ވެލްބީންގް އެވޯޑް.
  2. ކޮންރެންޑް މޯލްޑީވްސް - އައުޓްސްޓޭޑިން ކޮންޓްރިބިއުޝަން ޓު އެޗްއާރް ޑިވެލޮޕްމަންޓް އެވޯޑް.
  3. ޖޯލި މުރަވަންދޫ - އައުޓްސްޓޭޑިން ކޮންޓްރިބިއުޝަން ޓު ކޮމިއުނިޓީ އެންގޭޖްމަންޓް އެވޯޑް.
  4. ޖޯލި ބީން - އައުޓްސްޓޭޑިން ކޮންޓްރިބިއުޝަން ޓު އެންވަޔަރަމަންޓް ސަސްޓެއިނަބިލިޓީ އެވޯޑް.
  5. ހޮޓެލް ޖެން - އައުޓްސްޓޭޑިން ކޮންޓްރިބިއުޝަން ޓު ކޮމިއުނިޓީ އެންގޭޖްމަންޓް އެވޯޑް.
  6. ހޮޓެލް ޖެން - އައުޓްސްޓޭޑިން ކޮންޓްރިބިއުޝަން ޓު އެންވަޔަރަމަންޓް ސަސްޓެއިނަބިލިޓީ އެވޯޑް.
  7. ކާނި ހޮޓެލްސް - އައުޓްސްޓޭޑިން ކޮންޓްރިބިއުޝަން ޓު ކޮމިއުނިޓީ އެންގޭޖްމަންޓް އެވޯޑް.
  8. ޓްރައިޓޮން ޕްރެސްޓިޖް - ކޮންޓްރިބިއުޝަން ޓު އެންވަޔަރަމަންޓް ސަސްޓެއިނަބިލިޓީ އެވޯޑް.
  9. ވޮޔޭޖަސް މޯލްޑިވްސް - މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އެކްސެލެންސް އެވޯޑް.
  10. ބެސްޓް ޑައިވްސް - މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އެކްސެލެންސް އެވޯޑް.

މި އަހަރު ބޭއްވި އެވޯޑަށް 43 ފެސިލިޓީއަކުން 84 އެޕްލިކޭޝަން ލިބުނެވެ. އޭގެ ތެރޭގައި ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކާއި ޓޫރިސްޓް އުޅަނދުތައް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަރުވައި ތަރައްގީ ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލާފަ އެވެ.

އަންނަ އަހަރު ބާއްވާ މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސްގައި އަންހެނުން ބާރުވެރިކުރުވުމާއި، ރާއްޖޭގެ ސަގާފީ އަދި އަތްތެރި މަސައްކަތްތައް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ މަސައްކަތް ފާހަގަކޮށް، އެވޯޑެއް ދޭނެކަން ތޯރިގު އިއުލާންކުރެއްވި އެވެ.

މީގެއިތުރުން ތޯރިގު ވިދާޅުވީ ޕްރޮފެޝަނަލް ދާއިރާއިން ވަކިވަކި ފަރުދުން ހޯދާ ކާމިޔާބާއި ކުރައްވާ މަސައްކަތްތައް ފާހަގަކޮށް ވެސް އެވޯޑެއް ދޭނެ ކަމަށެވެ.

މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސް ތައާރަފްކުރީ 2022 ވަނަ އަހަރެވެ. އެގޮތުން މި އަހަރު އެވޯޑުތައް ދީފައިވަނީ މިދިޔަ އަހަރު ކުރި މަސައްކަތްތައް ވަޒަން ކުރުމަށްފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox