މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައި އެލްރެޑު ބޭނުންކުރުން ހުއްޓާލުމަށް 26 ޖަމިއްޔާއަކުން ސަރުކާރަށް ގޮވާލައިފި

ފުލުހުންގެ ޝީލްޑް ލައިނުން މުޒާހަރާ ހުއްޓުވާއިރު ސޮނިކް ވެޕަން ހަރުކޮށްފައި ހުރި ވެހިކަލެއް ފަހަތުން ފެންނަނީ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ފުލުހުންގެ ޝީލްޑް ލައިނުން މުޒާހަރާ ހުއްޓުވާއިރު ސޮނިކް ވެޕަން ހަރުކޮށްފައި ހުރި ވެހިކަލެއް ފަހަތުން ފެންނަނީ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

އިދިކޮޅު އެމްޑީޕީން އޮކްޓޯބަރު 3، ގައި ބޭއްވި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ބޭނުންކުރި ބާރުގަދަ އަޑު އިއްވާ "ސޮނިކް ވެޕަން" އެއް ކަމަށްވާ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްރެޑު) ކުރިއަށް އޮތް ތަނުގައި ބޭނުން ނުކުރުމަށް ދިވެހި ސަރުކާރަށް ބައިނަލްއަގުވާމީ ހަ ޖަމިއްޔާއަކުން ގޮވާލައިފި އެވެ.

އެ ރޭގެ މުޒާހަރާ ރުޅާލުމަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވުމުން އެކަން ކުށްވެރިކޮށް އޭޝިއަން ފޯރަމް ފޯ ހިއުމަން ރައިޓްސް އެންޑް ޑިވެލޮޕްމަންޓު (ފޯރަމް އޭޝިއާ) އާއި 26 ޖަމިއްޔާއެއް ގުޅިގެން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ. މުޒާހަރާ ފެށުމުގެ ކުރިން ވެސް އަސްކަރީ އުޅަނދުތައް މަގުތަކަށް ނެރެ ރައްޔިތުންނަށް ބިރު ދެއްކުމުގެ އަމަލުތައް ހިންގާފައިވާކަން އެ ބަޔާނުގައި ބުނެފައިވެ އެވެ.

މާލެ ފަދަ ތޮއްޖެހިފައި އޮތް ސިޓީއެއްގައި އެލްރެޑު ބޭނުންކުރުމަކީ އާންމު ސިއްހަތާއި ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. ރާއްޖޭގެ ފުލުހުންގެ ހިދުމަތް ވަރަށް ބޮޑަށް އަސްކަރީ ވަމުންދާކަން ކަންބޮޑުވުމާއެކު ޖަމިއްޔާތަކުން ވަނި ފާހަގަކޮށްފަ އެވެ.

ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ސަރުކާރަށް ގޮވާލި ކަންކަން

  1. އެލްރެޑު އަދި މިލިޓަރީ ގްރޭޑު އަދި ނުރައްކާތެރި ހުރިހާ ހަތިޔާރެއް ބޭނުންކޮށްގެން މުޒާހަރާތައް
  2. ކޮންޓްރޯލް ކުރުން ހުއްޓާލުން
  3. އެލްރެޑު ހޯދާފައިވާ ގޮތާއި، ބޭނުންކުރަން ހުއްދަ ދިން ގޮތާއި، އަދި ބޭނުންކޮށްފައިވާ ގޮތުގެ މިނިވަން ތަހުގީގެއް ހިންގުން
  4. ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި ވަކިވަކި ފުލުހުންނާ ދެކޮޅަށް ގާނުނީ ފިޔަވަޅު އެޅުން
  5. މުޒާހަރާއިން ހައްޔަރުކުރި އެންމެން އެއްވެސް ޝަރުތަކާ ނުލައި ވަގުތުން ދޫކޮށްލުން
  6. އައިސީސީޕީއާރުއާ އެއްގޮތަށް ރާއްޖޭގެ އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނޫ އިސްލާހު ކުރުން

މި ޖަމިއްޔާތަކުގެ ތެރޭގައި ރާއްޖޭގެ ބައެއް ޖަމިއްޔާތައް ވެސް ހިމެނެ އެވެ. އޭގެ އިތުރުން، އިންޑިއާ، ނޭޕާލް، ޕާކިސްތާން، ބަންގްލަދޭޝް، ޕާކިސްތާން، ކެމްބޯޑިއާ، ފިލިޕީންސް އަދި އިންޑޮނީޝިއާގެ ޖަމިއްޔާތައް ހިމެނެ އެވެ.

ޖެޓެއްގެ އިންޖީނުގެ އަޑު ކައިރިން އިވޭ މިންވަރަށް ވުރެ ވެސް އަޑުބާރު ސޮނިކް ވެޕަން ބޭނުންކުރުމުގެ ސަބަބުން މުޒާހަރާގެ ބައިވެރިންނާއި މުޒާހަރާކުރި ސަރަހައްދުގެ ގެތަކުގައި ދިރިއުޅޭ އާއިލާތަކާއި ކުޑަކުދިންނަށް އޭގެ އަސަރު ކުރި އެވެ.

ހަތިޔާރު ބޭނުންކުރުމުގައި ފުލުހުން އަމަލުކުރަން ޖެހޭ ގޮތުގެ އުސޫލެއް އޮންނަން ޖެހެ އެވެ. ޕެޕާ ސްޕްރޭ އާއި ކަރުނަ ގޭސް އަދި މުގުރު ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ނުވަތަ އެސްއޯޕީ ހަދާފައި އޮވެ އެވެ.

ނަމަވެސް ސޮނިކު ވެޕަން، ނުވަތަ ބާރު އަޑު ބޭނުންކުރަން ޖެހޭ ހާލަތާއި ބޭނުންކުރާ ގޮތް ފުލުހުން އާންމުކޮށްފައެއް ނެތެވެ.

މުޒާހަރާއިން ހައްޔަރުކުރި ހަ މީހުން މިވަގުތު ވެސް ތިބީ ދޫނިދޫގަ އެވެ. އެ މީހުން ބަންދުކޮށްފައި ތިބޭތާ މިރެއަށް ހަފްތާއެއް ހަމަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލުކޮށްފި

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޯވަލްއާ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ބައްދަލުކުރައްވައި، ދެ ގައުމުގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. "ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް" ގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން ދެމެހެއްޓުމަށާއި ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.

އޮކްޓޯބަރު މަހު އެކަނިވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 24 މައްސަލައާއި ގެވެށި އަނިޔާގެ 57 މައްސަލަ!

ނިމިދިޔަ އޮކްޓޫބަރު މަހު ޖެންޑާ މިނިސްޓްރީއަށް 299 މައްސަލަ ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 109 މައްސަލައެވެ. މީގެ އިތުރުން ގެވެށި އަނިޔާގެ 57 މައްސަލައަކާއި، ކުޑަކުދިންގެ އަހުލާގީ 35 މައްސަލައެއްގެ އިތުރުން އާއިލީ 33 މައްސަލައެއް އެ މަހު ރިޕޯޓުކޮށްފައިވެއެވެ.

"އަހާބަލަ" ނަމުގައި އެމްޑީޕީގެ މުޒާހަރާ ބުރާސްފަތި ދުވަހުގެރޭ

ރަސްމާލޭގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، "އަހާބަލަ" ނަމުގައި ބުރާސްފަތި ދުވަހުގެރޭ މުޒާހަރާކުރުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.

ބިލު ފާސްނުކުރަން ގޮވާލައި "ފައިސަލްއާޒިމް" ޓީމުގެ ސިޓީއެއް

ރަސްމާލެއިން ބޮޑު ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަށް މަގުފަހިވާ ގޮތަށް ފަރުމާކޮށްފައިވާ ރިއަލް އެސްޓޭޓް ބިލު ފާސްނުކުރުމަށް ގޮވާލައި "ފައިސަލްއާޒިމް" ޓީމުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ވަނީ ހުށަހަޅާފައި. ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މި ބިލަކީ ވަކި ބަޔަކަށް ފައިދާވާގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް.

ސަރުކާރުން ފޮނުވި ގޮތަށް 59 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް 63 މެންބަރުންގެ ވޯޓާއެކު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އިދިކޮޅު އެމްޑީޕީން ބަޖެޓަށް ހުށަހެޅި އެއްވެސް އިސްލާހެއް ފާސްނުވާއިރު، މި ބަޖެޓުގައި މާލީ ބޮޑެތި ރިސްކުތަކެއް ހުރިކަމަށް އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވާފައި

މުއިއްޒު ހެއްކެއް ގޮތުގައި ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް

އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފު ކުރުމުގެ ދައުވާގައި، މުއިއްޒު ހެއްކެއްގެ ގޮތުގައި ބަލައިނުގަންނަން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައި. ކްރިމިނަލް ކޯޓާއި ހައި ކޯޓުން މި ހެކި ބަލައިނުގަތުމަށް ވަނީ ނިންމާފައި.

ވީއައިއޭގެ އީ-ގޭޓުތަކުން ދޭ ހިދުމަތް ފަތުރުވެރިންނަށް ފުޅާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އީ-ގޭޓްތަކުން ފަތުރުވެރިންނަށް ޚިދުމަތް ދޭން ފެށުމާއެކު، 39 ގައުމެއްގެ ފަތުރުވެރިންނަށް އިމިގްރޭޝަންގެ މަރުހަލާތައް އަވަސްވެ، ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައިވޭ. މި ނިޒާމުގެ ދަށުން "އިމުގާ" މެދުވެރިކޮށް ކްލިއަރެންސް ލިބި، އީ-ގޭޓް ބޭނުންކުރުމުން ވަގުތުން އީ-ވިސާ ދޫކުރެވޭ.

Newsletter

Get the latest news delivered straight to your inbox