އިހުތިރާމު ނެތޭ ގޮތާއި ހޯދޭ ގޮތް

ފުލުހުން ޕެޕާ ސްޕްރޭ ޖަހާ މަންޒަރާއި، އަންހެން ކުއްޖެއްގެ ފޯނު ޖަހައިގަތުމަށް މަސައްކަތްކުރާ މަންޒަރު. މިއީ އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކުރެހުމެއް.

ފުލުހުން ޕެޕާ ސްޕްރޭ ޖަހާ މަންޒަރާއި، އަންހެން ކުއްޖެއްގެ ފޯނު ޖަހައިގަތުމަށް މަސައްކަތްކުރާ މަންޒަރު. މިއީ އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކުރެހުމެއް.

އަރަބި ކަރައިގެ ސަރަހާތެރޭގައި އަންހެނަކު ތިން ކުދިންނައިގެން ފިނި ގަދަ ރެޔެއްގައި ކަނުއަނދިރީގައި އެކަނިވެ ބިކަހާލުގައި ޖެހިފައި އިނެވެ. އެކުދިން ބަނޑުހައިވެ ހާންތިވެގެން ރޯއިރުގައި އެކުދިންގެ ތުނބުގައި ޖައްސާލާނެ ފަދައެއް ނެތި އަންހެން މީހާ މޮޅިން މާޔޫސްވާ ހާލުގައި އަލިފާން ހުޅުކޮޅެއް ޖަހައިގެން އިނެވެ. މި އަލިފާން ހުޅުކޮޅު ދުރުން ފެނިގެން ދެފިރިހެނަކު މި ހިސާބަށް އައެވެ.

އެމީހުން އައިސް މި މަންޒަރު ފެނިފައި އަންހެން މީހާއަށް ބުންޏެވެ. މިކުދިން މި ރޮނީ ކީއްވެގެންހެއްޔެވެ؟ އެހިނދު އަންހެން މީހާ ހިތްހަމަ ނުޖެހިފައި ޝަކުވާކުރީ ރައްޔިތުންގެ ވެރިމީހާއާ މެދުގައެވެ. މި ދެފިރިހެނުން ޖަވާބުގައި ބުނިކަމަށްވަނީ ވެރިޔަކަށް ހުރި މީހަކަށް މި ކުދިން މިތާނގައި ހާލުގައި ޖެހިފައިވާކަން ނޭނގޭނެ ނޫން ހެއްޔެވެ؟ އެހިނދު އަންހެން މީހާ ބުންޏެވެ. ބަލަ އެ މީހަކު އަހަރެމެންގެ ވެރިކަމަށް އިސްވެފައި އަހަރެމެންނާމެދު އިހުމާލުވެގެން ހުންނަނީ ހެއްޔެވެ؟

ދެން މި ދެފިރިހެނުންގެ ތެރެއިން އެކަކު އެތަނުގައި މަޑުކޮށްފައި އަނެއް މީހާ ދިޔަތާކަށް ގޮސްފައި ކާއެއްޗެހީގެ ބާވަތްތަކެއް އޭނާގެ ބުރަކަށިމައްޗަށް ލައިގެން ގެނެސްދީފައި މި ދެމީހުން އެނބުރި ހިނގައްޖެއެވެ. އިމާމް ޖައުޒީ އައްތަބްޞިރަތު އޭ ކިޔުނު ފޮތުގައި ގެންނަވާފައިވާ މި ވާހަކައިގައި ހިމެނޭ ދެ ފިރިހެނުންނަކީ މުސްލިމުންގެ މަތިވެރި ޚަލީފާ އުމަރުގެފާނާއި މާތް ސަހާބީ ޢަބްދުއްރަޙްމާން ބިން ޢައުފެވެ.

ދެން ވިސްނަވާށެވެ! އަންހެން މީހާ ހާލުގައި ޖެހުނީމާ އޭނާ ނުރުހިފައި އެހުރީ ވެރިމީހާ ދެކެއެވެ. ސަބަބަކީ ކޮންމެ ރައްޔިތެއްގެ ހައިސިއްޔަތުން އޭނާގެ ކަންކަމުގެ މަސްއޫލިއްޔަތު ނެގުމަށް ވެރިޔަކު އެބަހުރިކަން އެމީހާ ގަބޫލުކޮށްގެން ހުރީމައެވެ. އެހެންވީމާ އޭނާ އެހާ ދަތީގައި އުޅެންޖެހުނީމާ އެ އަންހެން މީހާ އެ އިނީ ވެރިމީހާ ދެކެ ނުރުހިފައި އެކަމުގެ ރުޅިވެރިކަމުގައެވެ. މި ވާހަކައިގެ ރިވާޔަތްތައް ބުނާ ގޮތުން އެމީހާ ކާ އެއްޗެހި ގެނެސްދިނުމުން އަންހެން މީހާ ބުނިކަމުގައިވެއެވެ. އުމަރުގެފާނަށް ވުރެ އަހަރެމެންގެ ވެރިޔަކަށް ހުންނަން ކަލޭ ވެސް މާ ރަނގަޅެވެ.

އެ އަންހެން މީހާއަށް ނޭނގިފައި އޮތް ކަމަކީ މި ޝަކުވާއެއް މިކުރެވުނީ އުމަރުގެފާނު އަރިހުގައިކަމެވެ. އެ އަންހެން މީހާއަށް އެކަން ނޭނގި އެޔޮތީ އޭރު އެޒަމާނުގައި ޓްވީޓަރާއި ޓިކްޓޮކާއި ފޭސްބުކް ނުހުންނާތީކަމަށްވެދާނެއެވެ. އެކަމަކު އުމަރުގެފާނު އެމީހާއަށް އެހީތެރިވީ ޕީއާރު ރީތިކޮށްލަންކަމަށް ވީނަމަހީ އުމަރުގެފާނަށް އެ އަންހެން މީހާގެ ގާތުގައި ތިމަން މީ އުމަރޭ ވިދާޅުވެވުނީހެވެ. އެކަމަކު ހަގީގީ އިސްލާމީ ލީޑަރުން ރައްޔިތުންނަށް ހިދުމަތް ކުރެއްވީ ﷲ އަށްޓަކައެވެ. އުމަރުގެފާނުގެ ނަންފުޅާއި ލެގަސީ މިއަދާ ހަމައަށް ދެމިއޮތީ އެހެންވެގެންނެވެ. އެރޭ ނިދިދާންމަތިކޮޅުގައި ތިއްބެވި އެކުވެރިން އަނެއް ދުވަހު ހެދުނު ހޭލީމާ ޚިލާފަތުގެ މާކެޓިންގެ ނަމުގައި ބައިތުލްމާލުން ގާތް މީހުންނަށް ބައިވަރުތަކެއް ނެރެ ބައްސަވާލީމައެއް ނޫނެވެ.

ހާދިސާގައި ބައިވެރިވި ޢަބްދުއްރަޙްމާން ބިން ޢައުފް ރިވާކުރައްވާ ގޮތުގައި އެ ފިނި ރޭގައި އެކުދިންނަށް އެ ކާތަކެތި ދީފައި އުމަރުގެފާނު ދުރުގައި ހިލަގަނޑެއްގެ ބިއްދަށުގައި އެކުދިންނާ ފިއްލަވައިގެން ހުންނެވިއެވެ. އެރޭގެ ފިނިގަދަކަމުން ތިމަން ދެން ދާން ހިނގާށޭ ދެންނެވީމާވެސް ވިދާޅުވިއެވެ. ތިމަން އައިއިރު އެކުދިން ރޮއި އަޑު އެހި ފަދައިން އެކުދިން ކައިގެން ހޭއަޑު ނީވެނީހުން މިތަނަކުން ނުދާނަމެވެ.

އެރޭ މުސްލިމުންގެ ބައިތުލްމާލު ބަލަހައްޓަން ހުންނެވި ހަޒާންދާރު ރިވާކުރެއްވިކަމުގައި އައިސްފައިވެއެވެ. އެރޭގައި އުމަރުގެފާނު އަމިއްލަފުޅަށް ވަޑައިގެން ބައިތުލްމާލު ހުޅުއްވާފައި، އެތަނުން ކާތަކެތީގެ ދެބަސްތާއެއްވަރު ނެރުއްވާފައި، އުމަރުގެފާނުގެ ކޮނޑުފުޅުމައްޗަށް ލައިދެއްވުމަށް އަމުރުކުރެއްވިއެވެ. ދެން ތިމަން އުމަރުގެފާނަށް ދެންނެވީމެވެ. އަޅުގަނޑު އުފުލަންވީތޯއެވެ؟ ނުވަތަ ކަލޭގެފާނުގެ ކޮނޑުފުޅަށް ލައިދޭންވީތޯއެވެ؟ އުމަރުގެފާނު ވިދާޅުވިކަމަށްވަނީ، ތިމަންގެ ފާފަ ގިޔާމަތް ދުވަހުން ކަލޭ އުފުލައިދޭނަންތޯއެވެ.

މިއާ ހިލާފަށް މިހާރު މިޒަމާނުގައި މިއުޅޭ ބައެއް ވެރިން، އެބައިމީހުންނަށް ފާޑުކިޔާ ރައްޔިތެއް ވިއްޔާ އެމީހެއްގެ މޯބައިލް ފޯނުވެސް ފުލުހުން ފޮނުވައިން ދަމައިގަނެ، ފަރުދީ މިނިވަންކަމަށް އަރައިގަނެ، މިޒަމާނުގައި މީހެއްގެ އެންމެ ޕާސަނަލް މައުލޫމާތާއި ޑޭޓާ ހުންނާނެ މޯބައިލް ފޯނުވެސް ޖަހައިގަތީމާ، ނުރުހިފައި ހުންނަ ރައްޔިތެއްގެ ނުރުހުންވާނީ އިތުރު ނޫންތޯއެވެ. އިހުތިރާމު ދާނީ ގެއްލެމުންނޫންތޯއެވެ؟

އުމަރުގެފާނުގެ ޒަމާނުގައި މޯބައިލް ފޯނެއް ނުހުރެއެވެ. އެކަމަކު އެޒަމާނުގައި އެކި ކަރަކަރައިގައި އުޅުނު ބައެއް ވެރިން ފަދައިން އެ އަންހެން މީހާގެ ދޫ ދަމައިގަނެވުނީހެވެ. ޕެޕަ ސްޕްރޭ ނެތަސް ކަނޑިން ޖަހައި ބޯކަނޑާލެވުނީހެވެ. ވެރިމީހާ ރައްޔިތުންގެ ހާލު ބައްލަވަމުންދަނިކޮށް ވެރިމީހާއާމެދު ދޮގު ހެދިކަމުގެ ތުހުމަތުގައެވެ. ނަފުރަތު އުފެއްދިކަމުގެ ބަހަނާގައެވެ. އެކަމަކު އޭރަށް ލިބޭނީ ކޮން އިހުތިރާމެއްތޯއެވެ؟

އޭރު ބައިތުލް މާލުން ހަރަދުކުރަނީ ބިޑުކޮށްގެންނެއް ނޫނެވެ. ދުރާލައި އިއުލާނުކޮށް ކޮމިޓީތަކުން އިވެލުއޭޓްކޮށްގެންނެއް ވެސް ނޫނެވެ. އޭރު ބައިތުލް މާލުން ހަރަދެއް ކުރަންވީމާ އިތުރު ހައެއްކަ ވުޒާރައިން ހުއްދަ ނަގާކަށްވެސް ނުޖެހެއެވެ. އެކަމަކު ބޭނުންޖެހިފައިވާ މީހާއަށް ހާޖަތް ފުއްދައިދެވުމުގައި ލަސްކަމެއް ނުމެ ނެތެއްނޫންތޯއެވެ.

މިހާރުތޯއެވެ؟ ނިޒާމު ކިތަންމެހާ ވެސް ރަނގަޅެވެ. ދުރާލައި އިއުލާނުކުރުން އޮވެއެވެ. ބިޑުކުރުން އޮވެއެވެ. އަނެއްކާ ބައިތުލްމާލުން ހަރަދެއް ކުރާނަމަ ކަމާބެހޭ މީހުންގެ ލަފާތަކާއި އެތައް ކޮމިޓީގެ އިވެލުއޭޝަނަކާއި ފިނޭހުގެ ހުއްދައާއެކު މިބާވަތުގެ ކިތަންމެ ކަމެއް އޮވެއެވެ. އެކަމަކު ރައްޔިތު މީހާ ޝަކުވާކުރަނީ ލިބެނީ ލިބުން ހައްގުވާ މީހުން ފިޔަވައި އެހެން މީހުންނަށްކަމަށެވެ. ހާލަކުން މީހެއްގެ ހައްގެއް ލިބޭއިރުވެސް މިއިން ކޮންމެ އެޕްރޫވަލެއް ދޭ ތަނަކުން އެތައް ކަޓެއް ނެގި، ބައިއެޅޭކަމަށެވެ. އަދި މިބާވަތުގެ ކޮރަޕްޝަންތައް ބަލަން ހާއްސަ ކޮމިޝަނެއް ވެސް ދައުލަތުގެ ހަރަދުގައި ހިންގަ ހިންގާ ހުރެއެވެ.

ނުވިތާކަށް ވެރިންގެ އަބުރާއި ނަން ރީތިކުރުމަށް ދައުލަތާއި އަމިއްލަ ހަރަދުގައި ބޮޑެތި އަދަދުތަކުން ހޭދަކުރެވެއެވެ. ރައްޔިތުންގެ ކުރިމަތީގައި ނަމެއް ރީއްޗެއް ނުމެވެއެވެ. އިހުތިރާމެއް އުފުދޭގޮތެއް އަމުދުން ނުމެވޭމެއެވެ. ދަންނަވަންތޯއެވެ! ދިވެހިންނަކީ އަދި ދިވެހި ރައްޔިތުންނަކީ އަބަދުވެސް ވެރިންނަށް އިހުތިރާމުކުރާ ބަޔެކެވެ. އިންތިހާއަށް ކުށް-ވެރިން ދެކެ ރުޅިއަރާ ބަޔެކެވެ.

އިސްލާމީ ލީޑަރުންގެ ގޮތުގައި ނަންމަޝްހޫރު ހަތަރު ޚަލީފާއިންނާއި އެޔަށްވުރެ ފަހުގެ ތާރީހުން ބަލާނަމަ، ޚަލީފާ މައުމޫން ފަދަ ބޭބޭކަލުންނާއި ޞަލާޙުއްދީނުލްއައްޔޫބީ ފަދަ ބަތަލުންނާއި، މުޅި ދުނިޔެ ގަބޫލުކުރާ އިބްނު ސީނާ ފަދަ ޑޮކްޓަރުންނާއި، އެޔަށްވުރެ ގާތަށް މިރާއްޖެއަށް އައިސް ބަލާއިރު، ދޮންބަންޑާރައިންނާއި މުޙައްމަދު ތަކުރުފާނު ފަދަ ގައުމީ އަބުތާލުންނާއި މިބޭބޭކަލުންނާއި ބޭބޭފުޅުންނަށް ދިވެހިން އަދިވެސް އިހުތިރާމުކުރެއެވެ. އޭރުވެސް ކުރެއެވެ. އިހުތިރާމުނުކުރަނީ ކުށް-ވެރިންނަށެވެ. ދޮގު-ވެރިންނަށެވެ. ފޮނިކަނޑާ މީހުންނަށެވެ. ސަޅިބައިސާގައި ދަމާކަނޑާ މީހުންނަށެވެ.

ސައްހަ މަގުން ވާރިދުވެގެން އައިސްފައިވާ މާތް ނަބިއްޔާގެ ބަސްފުޅުގައި ވަނީ މިފަދައިންނެވެ. "މީސްތަކުންގެ ނުރުހުމާއެކުވެސް ﷲ ގެ ރުހިވޮޑިގަތުމަށް މަސައްކަތްކޮށްފި މީހާއަށް މާތް ﷲ ރުހިވޮޑިގަންނަވައެވެ. އަދި މީސްތަކުން އޭނާއާމެދު ރުހޭގޮތް މެދުވެރިކުރައްވައެވެ. އަދި ﷲ ގެ ނުރުއްސެވުމާއެކު މީސްތަކުންގެ ރުހުން ހޯދައިގަތުމަށް އުޅޭ މީހާއަށް ﷲ ނުރުހިވޮޑިގަންނަވައެވެ. އަދި މީސްތަކުން އޭނާއާމެދު ނަފުރަތުވާގޮތް ﷲ މެދުވެރިކުރައްވައެވެ."

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox