ފުލުހުން ބޭނުންކޮށްގެން އިދިކޮޅު މީހުންނާ ދެކޮޅަށް ސަރުކާރުން ކެމްޕޭނެއް ފަށާފައިވާތީ އެމްޑީޕީގެ ކަންބޮޑުވުން

އޮކްޓޯބަރު 3، ގެ މުޒާހަރާގެ ބައިވެރިންނާއި ފުލުހުން ކުރިމަތި ލަނީ: ފުލުހުން ބޭނުންކޮށްގެން އިދިކޮޅު ސިޔާސީ މީހުންނާއި ދެކޮޅަށް ސަރުކާރުން ކެމްޕޭނެއް ހިންގާތީ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ ---- ފޮޓޯ: އެމްޑީޕީ

އޮކްޓޯބަރު 3، ގެ މުޒާހަރާގެ ބައިވެރިންނާއި ފުލުހުން ކުރިމަތި ލަނީ: ފުލުހުން ބޭނުންކޮށްގެން އިދިކޮޅު ސިޔާސީ މީހުންނާއި ދެކޮޅަށް ސަރުކާރުން ކެމްޕޭނެއް ހިންގާތީ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ ---- ފޮޓޯ: އެމްޑީޕީ

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ފުލުހުންގެ އިދާރާ ބޭނުންކޮށްގެން އިދިކޮޅު ސިޔާސީންނާއި ދެކޮޅަށް ކެމްޕޭނެއް ފަށާފައިވާތީ، އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްޑީޕީގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ފާހަގަކޮށްފައިވަނީ އޮކްޓޯބަރު 3، ގައި އެ ޕާޓީން މާލޭގައި ބޭއްވި މުޒާހަރާ އާއި ގުޅިގެން މުޒާހަރާގެ ކުރިން އަދި ފަހުން ފުލުހުން ކުރަމުންދާ ތަފާތު އެކި ބިރުދެއްކުމުގެ އަމަލުތަކެވެ.

މިކަންކަން ކުރަނީ ފުލުހުންގެ ތެރެއަށް ސީދާ ގޮތެއްގައި ސިޔާސީ ނުފޫޒު ފޮރުވައިގެން ކަމަށާއި މިއީ އިދިކޮޅު ބިރުދެއްކުމަށް ރޭވިގެން ކުރަމުންދާ މަސައްކަތެއް ކަމަށް ވެސް އެމްޑީޕީން ތުހުމަތުކޮށްފައިވެ އެވެ.

އެމްޑީޕީން ފާހަގަކޮށްފައިވާ ބިރުދެއްކުމަށް ފުލުހުން ކުރި ކަންކަން

  • މުޒާހަރާގައި ބައިވެރިވި އެސްއޯއީ ތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުން.
  • މުޒާހަރާގައި ބައިވެރިވި އެމްޑީޕީގެ ދެ މެންބަރަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކަކާއި ގުޅިގެން އެ މީހުންގެ ފޯނު ފުލުހުން އަތުލުން.
  • މުޒާހަރާއިން ހައްޔަރުކުރި ހަ މީހެއްގެ ބަންދަށް 15 ދުވަސް ޖަހައި ބަންދުގައި ބޭތިއްބުން.

މިއީ ރޭވިގެން، އިދިކޮޅާއި ރައްޔިތުންނަށް ބިރުދެއްކުމަށް ހިންގަމުންދާ ކެމްޕޭނެއް ކަމަށް އެމްޑީޕީ އިން ބުނެފައިވެ އެވެ. އަދި، މިކަމުން ދޭހަވެގެން ދަނީ މުއިއްޒުގެ ސަރުކާރު ފެއިލް ވެފައިވާ ކަމާއި ރައްޔިތުން ތާއީދު ގެއްލެމުންދާކަން ފާހަގަކޮށްފައިވެ އެވެ.

"އިންޒާރުތަކާއި ބިރުދެއްކުން މީގެ ކުރިން ވެސް ރައްޔިތުން ނުސިހުނު، ދެން ވެސް ނުސިހޭނެ. ރައްޔިތުންގެ އަޑު ކަނޑައެއް ނުލެވޭނެ،" އެމްޑީޕީން ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ މުޒާހަރާތަކުގައި ބައިވެރިވާ މީހުންނަށް ބިރުދެއްކުމުގެ ގޮތުން ކަމަށް ބުނެފައިވެ އެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެއްގައި ވާހަކަ ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ މުޒާހަރާތަކުން ހައްޔަރު ކުރާ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށް ހެދުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގެ ފެނުނު ކަންކަން ކަމަށެވެ.

"މުޒާހަރާއަކުން ގެންދާ މީހުންނަކީ އެއީ ކުށެއް ސާބިތުވެފައިވާ ބައެއް ނޫން، އެއީ ކުށެއްގެ ތުހުމަތުގައި ގެންދާ ބައެއް، ދެން އެންމެ ހައިރާން ކުރަނިވި ކަމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދު އެއީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުން ހުއްޓުމަކަށް ގެނައުން، އެއީ މި ސަރުކާރުގެ ރިޔާސީ ވައުދެއް،" މީކާއިލް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލުކޮށްފި

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޯވަލްއާ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ބައްދަލުކުރައްވައި، ދެ ގައުމުގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. "ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް" ގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން ދެމެހެއްޓުމަށާއި ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.

އޮކްޓޯބަރު މަހު އެކަނިވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 24 މައްސަލައާއި ގެވެށި އަނިޔާގެ 57 މައްސަލަ!

ނިމިދިޔަ އޮކްޓޫބަރު މަހު ޖެންޑާ މިނިސްޓްރީއަށް 299 މައްސަލަ ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 109 މައްސަލައެވެ. މީގެ އިތުރުން ގެވެށި އަނިޔާގެ 57 މައްސަލައަކާއި، ކުޑަކުދިންގެ އަހުލާގީ 35 މައްސަލައެއްގެ އިތުރުން އާއިލީ 33 މައްސަލައެއް އެ މަހު ރިޕޯޓުކޮށްފައިވެއެވެ.

"އަހާބަލަ" ނަމުގައި އެމްޑީޕީގެ މުޒާހަރާ ބުރާސްފަތި ދުވަހުގެރޭ

ރަސްމާލޭގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، "އަހާބަލަ" ނަމުގައި ބުރާސްފަތި ދުވަހުގެރޭ މުޒާހަރާކުރުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.

ބިލު ފާސްނުކުރަން ގޮވާލައި "ފައިސަލްއާޒިމް" ޓީމުގެ ސިޓީއެއް

ރަސްމާލެއިން ބޮޑު ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަށް މަގުފަހިވާ ގޮތަށް ފަރުމާކޮށްފައިވާ ރިއަލް އެސްޓޭޓް ބިލު ފާސްނުކުރުމަށް ގޮވާލައި "ފައިސަލްއާޒިމް" ޓީމުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ވަނީ ހުށަހަޅާފައި. ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މި ބިލަކީ ވަކި ބަޔަކަށް ފައިދާވާގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް.

ސަރުކާރުން ފޮނުވި ގޮތަށް 59 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް 63 މެންބަރުންގެ ވޯޓާއެކު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އިދިކޮޅު އެމްޑީޕީން ބަޖެޓަށް ހުށަހެޅި އެއްވެސް އިސްލާހެއް ފާސްނުވާއިރު، މި ބަޖެޓުގައި މާލީ ބޮޑެތި ރިސްކުތަކެއް ހުރިކަމަށް އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވާފައި

މުއިއްޒު ހެއްކެއް ގޮތުގައި ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް

އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފު ކުރުމުގެ ދައުވާގައި، މުއިއްޒު ހެއްކެއްގެ ގޮތުގައި ބަލައިނުގަންނަން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައި. ކްރިމިނަލް ކޯޓާއި ހައި ކޯޓުން މި ހެކި ބަލައިނުގަތުމަށް ވަނީ ނިންމާފައި.

ވީއައިއޭގެ އީ-ގޭޓުތަކުން ދޭ ހިދުމަތް ފަތުރުވެރިންނަށް ފުޅާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އީ-ގޭޓްތަކުން ފަތުރުވެރިންނަށް ޚިދުމަތް ދޭން ފެށުމާއެކު، 39 ގައުމެއްގެ ފަތުރުވެރިންނަށް އިމިގްރޭޝަންގެ މަރުހަލާތައް އަވަސްވެ، ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައިވޭ. މި ނިޒާމުގެ ދަށުން "އިމުގާ" މެދުވެރިކޮށް ކްލިއަރެންސް ލިބި، އީ-ގޭޓް ބޭނުންކުރުމުން ވަގުތުން އީ-ވިސާ ދޫކުރެވޭ.

Newsletter

Get the latest news delivered straight to your inbox