ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު އިފްތިތާހުކޮށްފި

ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރާއްޖޭގެ ކެޕިޓަލް މާކެޓްގައި ފާހަގަކޮށްލެވޭ އިންވެސްޓްމަންޓް އެޑްވައިޒަރީ ކުންފުނި، ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް (ޑީއައިޕީ) އިން ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑް (ދިނާފް) މިއަދު އިފްތިތާހުކޮށްފި އެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ އިންވެސްޓްމަންޓް އެޑްވައިޒާ ލައިސެންސް ލިބިފައިވާ ޑީއައިޕީ އިން ހިންގައި މެނޭޖްކުރާ، އެ ފަންޑަކީ ސީއެމްޑީއޭއިން ރެގިއުލޭޓްކޮށް ލައިސަންސް ދީފައިވާ ޕްރައިވެޓް އިންވެސްޓްމަންޓް ފަންޑެކެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި އެ ފަންޑު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ކެޕިޓަލް މާކެޓާއި ވިޔަފާރީގެ ދާއިރާގައި ފާހަގަކޮށްލެވޭ ގިނަ ފަރާތްތަކުން ބައިވެރިވި އެވެ.

ކޮލިފައިޑް އިންވެސްޓާގެ ގޮތުގައި ޝަރުތުހަމަވާ އާންމު ފަރާތްތަކާއި އިންސްޓިޓިއުޝަންތަކަށް މި ފަންޑުގައި އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވާލީ އެއް އަހަރާއި ތިން އަހަރާއި ދެމެދުގެ ޝޯޓް ޑިއުރޭޝަން އިންވެސްޓްމަންޓަކަށެވެ.

ޑީއައިޕީގެ ޗެއާމަން، އަބްދުއް ވާހިދު ތައުފީގު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
ޑީއައިޕީގެ ޗެއާމަން، އަބްދުއް ވާހިދު ތައުފީގު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ޑީއައިޕީގެ ޗެއާމަން، އަބްދުއް ވާހިދު ތައުފީގު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ޑީއައިޕީގެ ޗެއާމަން، އަބްދުއް ވާހިދު ތައުފީގު ވިދާޅުވީ ދިނާފް ފަންޑުން ކުރު މުއްދަތަށް މިވަގުތު އިންވެސްޓު ކުރުމުގެ ފުރުސަތު މިވަގުތު ހުޅުވާލި ނަމަވެސް، މުސްތަގުބަލުގައި ދިގު މުއްދަތަށް އަދި ވަކިވަކި ޕްރޮޖެކްޓްތަކަށް އިންވެސްޓްކުރަން ހުޅުވާލާނެ ކަމަށެވެ.

އޭގެއިތުރުން މިވަގުތު ޕްރައިވެޓް ފަންޑެއް ގޮތަށް އިވެސްޓް ކުރަން ހުޅުވާލާފައިވާއިރު، މުސްތަގުބަލުގައި އާންމުންނަށް ދިނާފް ފަންޑު ހުޅުވާލުމަކީ އަމާޒެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޑީއައިޕީން ބުނީ އެ ފުރުސަތުތަކުގެ ސަބަބުން އިންވެސްޓަރުންނަށް ރާއްޖޭގެ މާލީ ބާޒާރުން އާންމުކޮށް ލިބޭ ރޭޓްތަކާ އަޅާބަލާއިރު ރަނގަޅު ރިޓާނެއެއް ލިބި، އިންވެސްޓްކުރާ ފަރާތްތަކުގެ އިތުރަށް ފަންޑުން ކުރާ އިންވެސްޓްމަންޓްތަކާއެކު އިގްތިސާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޝޯޓް-ޑިއުރޭޝަން، އިންވެސްޓްމަންޓް ޕްލެޓްފޯމްގެ ގޮތުގައި، ދިނާފް ތައާރަފުކުރުމާއެކު ފުޅާވަމުންދާ ޕުރައިވެޓް ކެޕިޓަލް މާކެޓަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ޑީއައިޕީން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

11 ރަށެއްގައި އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކަށް

މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ރާއްޖޭގެ 11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް ކުންފުންޏާ މިއަދު ހަވާލުކޮށްފި. މިއީ އެއްގަމުގައި ހުންނަ އައިސްޕްލާންޓުތަކަށް ބަރޯސާވުން ކުޑަކުރުމަށް ސަރުކާރުން ކުރިން ގެންގުޅުނު ސިޔާސަތާ ތަފާތު ނިންމުމެއް.

ރިސޯޓު މަދު އަތޮޅުތަކުގެ ރަށްތަކުގެ އެކުއިޒިޝަން އަގު ހެޔޮކޮށްފި

މި ބަދަލާއެކު ރަށްތަކުގެ ބޭސް ރޭޓާއި ހެކްޓަރަކަށް ޖެހޭ އަގު ކުޑަކޮށްފައިވީ ނަމަވެސް، ފަޅުތައް ކުއްޔަށް ދޫކުރާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވޭ. ސަރުކާރުން މިފަދަ ލުއިތަކެއް ދީފައިވަނީ ރިސޯޓު ތަރައްގީކުރަން އިއުލާންކުރާ ރަށްތަކަށް އިންވެސްޓަރުން ލިބުން ދަތިވެފައިވާ ދަނޑިވަޅެއްގަ.

އެމްއެސް ފައިނޭންސްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލުކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެމްއެސް ފައިނޭންސްގެ ލައިސަންސް ހިފަހައްޓައި، އެ ކުންފުނި 500،000ރ. އިން އެމްއެމްއޭ އިން ޖޫރިމަނާކޮށްފި. އެފްއޭއެމްގެ ހިޔާނާތުގެ ފައިސާ ލޯންޑާކުރަން ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މި ކުންފުންޏަކީ، ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ފެށި މަސައްކަތުގެ ތެރެއިން ފިޔަވަޅު އެޅި ދެވަނަ މަނީ އެކްސްޗޭންޖު.

މެލޭޝިއާ އެއާލައިންސް ޓިކެޓުތަކުން ގްރީން ޓެކްސް ނަގަން ވިސްނަނީ

ތިމާވެއްޓާ ރައްޓެހި އޭވިއޭޝަން ފިއުލް (އެސް.އޭ.އެފް) ބޭނުންކުރުމަށް ހިނގާ ބޮޑު ހޭދަ ފޫބެއްދުމަށްޓަކައި، މެލޭޝިއާ އެއާލައިންސްގެ ޓިކެޓުތަކުން "ގްރީން ޓެކްސް" އެއް ނެގުމަށް އެ ކުންފުނިން ދަނީ ވިސްނަމުންނެވެ. މި ފިޔަވަޅަކީ 2050 ވަނަ އަހަރާ ހަމައަށް ޖައްވަށް ދޫކުރާ ކާބަން މަދުކުރުމަށް ކުރާ މަސައްކަތުގެ ބައެއް ނަމަވެސް، މީގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ އަގުތައް އުފުލިގެންދާނެއެވެ.

އެމްއެޗްއޭ މާޓް ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފި

އެމްއެޗްއޭގެ ފަސްވަނަ ފިހާރަ "އެމްއެޗްއޭ މާޓް" ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރުގައި މިދިޔަ ބުރާސްފަތި ދުވަހު ހުޅުވައިފިއެވެ. ދެ ބުރިއަށް ފަރުމާކޮށްފައިވާ މި ޒަމާނީ ފިހާރައަކީ ކާބޯތަކެއްޗާއި ދިރިއުޅުމުގެ ޒަރޫރީ ސާމާނު އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ލިބޭނެހެން ހުޅުވި ފިހާރައެކެވެ.

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

Newsletter

Get the latest news delivered straight to your inbox