މުޒާހަރާ ކުރާ މީހުން މަރަން ގޮވައިލި ޝުއައިބުގެ މައްސަލައިގައި ފުލުހުން އެއްޗެއް ނުބުނި

މުޒާހަރާ ކުރާ މީހުން މަރަން ގޮވައިލި ޝުއައިބުގެ މައްސަލައިގައި ފުލުހުން އެއްޗެއް ނުބުނި

އިދިކޮޅު އެމްޑީޕީން އޮކްޓޯބަރު 3، ގައި ބޭއްވި ބޮޑު މުޒާހަރާގައި ބައިވެރިވި މީހުންގެ ގައިގައި ތަޅައި އަނިޔާ ކުރުމަށާއި އެމީހުންގެ ގަޔަށް ބަޑި ޖަހަން ގޮވައިލި ޝުއައިބު އަލީގެ މައްސަލައިގައި އެއްޗެއް ބުނަން ފުލުހުން ދެކޮޅު ހަދައިފި އެވެ.

މުޒާހަރާ ކުރި މީހުންގެ އިތުރުން ވިސްލްބްލޯވަރު ހަސަން ކުރުސީގެ "ބޯކަނޑާލާނަން" ކަމަށް ވެސް ބުނެފައިވާ ޝުއައިބުގެ މައްސަލަ ބަލަމުންދާކަން ނުވަތަ ނޫންކަން ކަށަވަރުކޮށްދިނުމަށް ވެސް ފުލުހުން ވަނީ ދެކޮޅު ހަދައިފަ އެވެ.

"މުޒާހަރާގެ ބައިވެރިން، ހުއްދަ ދިން ގޮތާ ހިލާފު ވާނަމަ، ތަޅައި ތިރިކޮށްލަންވީ. ބަޑިވެސް ޖަހަންވީ،" ޝުއައިބު ބުނެފައިވެ އެވެ.

އެމްޑީޕީގެ މެންބަރުން މެރުމަށާއި އެމީހުން އެކި ގޮތްގޮތަށް އަނިޔާ ކުރުމަށް ގޮވާލާފައި ހުރި ބައެއް މެސެޖުތައް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ވެސް ވަނީ ލީކުކޮށްލައިފަ އެވެ. އެ މެސެޖުތައް ލީކުވީ މުޒާހަރާ ފެށުމުގެ ކުރިންނެވެ. އެ މެސެޖުތަކުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ވާހަކަ ވެސް ބުނެފައެއް ނުވެ އެވެ.

ނަމަވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކް ގައި ލިޔުނު ޕޯސްޓަކާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން އަދި އެ ޕާޓީގެ ހުޅުމާލެ އުތުރު ދާއިރާ ރައީސް ފާތިމަތު ޒަހިއްޔާ (ޒާޔާ) ގެ ފޯނު ފުލުހުން އިއްޔެ ހިފެހެއްޓި އެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކަށް ލާއިންސާނީ އަދަބު ދިނުމަށް ގޮވައިލާ މިންވަރު މިފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. ނަމަވެސް އެފަދަ އެއްވެސް މައްސަލައެއް ސީރިއަސްކޮށް ތަހުގީގު ކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox