ކުރުސީ އަކީ ކާކުކަން އެނގޭ ދުވަހަކު އެ މީހެއްގެ ބޯ ބުރިކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފި

ކުރުސީ ހިންގާ މީހެއްގެ ބޯ ބުރިކޮށްލާނެ ކަމަށް ބުނި ޝުއައިބު އަލީ: އޭނާގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމެއް ނުބުނޭ -- ފޮޓޯ: ފޭސްބުކް

ކުރުސީ ހިންގާ މީހެއްގެ ބޯ ބުރިކޮށްލާނެ ކަމަށް ބުނި ޝުއައިބު އަލީ: އޭނާގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމެއް ނުބުނޭ -- ފޮޓޯ: ފޭސްބުކް

ސޯޝަލް މީޑިއާ ޕްލެޓްފޯމް، އެކްސްގައި ކާކުކަން ނޭނގޭހެން 'ހަސަން ކުރުސީ' ގެ ނަމުގައި ހިންގާ އެކައުންޓުގެ ވެރިފަރާތް އެނގޭ ދުވަހަކުން އެ މީހެއްގެ ކަރު ބުރިކޮށްލާނެ ކަމަށް ބުނެ މީހަކު އިންޒާރު ދީފި އެވެ.

މިފަދައިން އިންޒާރުދީ ފޭސްބުކުގައި ލިޔުނީ ޝުއައިބު އަލީ ނަމަކަށް ކިޔާ އެކައުންޓެއް ހިންގާ މީހެކެވެ. އެ އެކައުންޓުން ވަނީ މިއީ މަރުގެ އިންޒާރެއްކަން ސާފުކޮށް ބުނެ، އެކަން ކުރުމުން ފިޔަވަޅެއް ނޭޅޭނޭ ބުނާ ބީދައިން ލިޔެފަ އެވެ.

"ކުރުސީއަކީ ކާކުކަން އެނގި ކަށަވަރުވާ ދުވަހަކުން، ކުރުސީގެ ބޯ، ކަނދުރާއިން ވަކި ކުރާނަން. ފޭކު އައިޑީ ހިންގާ މީހަކަށް، މަރުގެ އިންޒާރު ދިނީމަ، އަޅާ ފިޔަވަޅެއް އެނގިދާނެތާއެވެ. ނިކަން މަށަށް ފިޔަވަޅެއް އަޅާބަލަ،" ޝުއައިބު ލިޔެފައިވެ އެވެ.

މަރުގެ އިންޒާރު ދިނުމަށްފަހު ޝުއައިބު ވަނީ އޭނާއަށް ގާނޫނީ ފިޔަވަޅު ނޭޅޭނެކަމަށް ބުނެ ގޮން ޖަހާފަ އެވެ. އެގޮތުން ފޭކު އެކައުންޓު ހިންގަނީ ކާކުކަން ނޭނގޭ ހިނދަކު، އެ އެކައުންޓަކަށް މަރުގެ އިންޒާރު ދިނަސް ފިޔަވަޅު ނޭޅޭނެ ކަމަށް ޝުއައިބު ލިޔެފައިވެ އެވެ.

މި މައްސަލަ މިހާތަނަށް ފުލުހުން ބަލަމުންދާ ކަމަކަށް ނުވެ އެވެ. މީގެ އިތުރުން މިދިޔަ ހުކުރު ދުވަހު އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ބޭއްވި މުޒާހަރާގައި ބައިވެރިވި މީހުންގެ ގައިގައި ތަޅައި އަނިޔާ ކުރުމަށާއި އެމީހުންގެ ގަޔަށް ބަޑި ޖަހަން ގޮވާލާ ވެސް ޕޯސްޓެއް ކޮށްފަ އެވެ.

"މުޒާހަރާގެ ބައިވެރިން، ހުއްދަ ދިން ގޮތާ ހިލާފު ވާނަމަ، ތަޅައި ތިރިކޮށްލަންވީ. ބަޑިވެސް ޖަހަންވީ،" ޝުއައިބު ބުނެފައިވެ އެވެ.

އެމްޑީޕީ އިން ކުރި ބޮޑު މުޒާހަރާގެ ބައިވެރިން މަރަން ގޮވާލި މައްސަލަ ބަލަންތޯ ސުވާލު ކުރުމުން ފުލުހުން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ. މި ނޫހަށް އެނގިފައިވާ ގޮތުގައި އޭނާ މިހާތަނަށް ހައްޔަރެއް ނުކުރެ އެވެ.

އެމްޑީޕީގެ މެންބަރުން މެރުމަށާއި އެމީހުން އެކި ގޮތްގޮތަށް އަނިޔާ ކުރުމަށް ގޮވާލާފައި ހުރި ބައެއް މެސެޖުތައް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ވެސް ވަނީ ލީކުކޮށްލައިފަ އެވެ. އެ މެސެޖުތައް ލީކުވީ މުޒާހަރާ ފެށުމުގެ ކުރިންނެވެ. އެ މެސެޖުތަކުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ވާހަކަ ބުނެފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox