އެމްޑީޕީ އެއްވުމަށް ކުޑަތަންވެފަ އޮއްވާ "އޮޕަރޭޝަނަކާއި ގުޅިގެން" މާލޭގެ ސަރަހައްދުތައް ބަންދުކުރަނީ

ރައީސް މުއިއްޒު، ހޯމް މިނިސްޓަރު އިހުސާން އަދި ޑިފެންސް މިނިސްޓަރު ގައްސާން އާއެކު: މިއަދާއި މިރޭ މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ ---- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު، ހޯމް މިނިސްޓަރު އިހުސާން އަދި ޑިފެންސް މިނިސްޓަރު ގައްސާން އާއެކު: މިއަދާއި މިރޭ މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ ---- ފޮޓޯ: ރައީސް އޮފީސް

އިދިކޮޅު އެމްޑީޕީން މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ބޮޑު މުޒާހަރާ ފެށެން ކުޑަތަން ވެފައިވަނިކޮށް، މިއަދާއި މިރޭ މާލޭގެ އެކި ސަރަހައްދުތަށް ބަންދުކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ރަސްމީ އެކްސް އެކައުންޓުން ދެންމެ ކުރި ޕޯސްޓެއްގައި ބުނީ އާންމުންނަށާއި ޓްރެފިކަށް އެކި ސަރަހައްދުތައް ބަންދުކުރަނީ ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނަކާއި ގުޅިގެން ކަމަށެވެ. އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.

ފުލުހުން މިހެން ބުނެ ޕޯސްޓެއް ކޮށްފައި ވާއިރު، އެ ހިދުމަތުން އިއްޔެ ނެރުނު ބަޔާނެއްގައި މިރޭގެ އެއްވުމުގައި, އަމާން މަސްލަހަތު ނަގާލައި، ކުށްކުރަން އުޅޭ ކަމަށް ތުހުމަތުކޮށް އެ މުޒާހަރާ ހުއްޓުވާނެކަމުގެ އިޝާރާތެއް ވަނީ ދީފަ އެވެ. އެ ބަޔާނުގައި ފުލުހުން ބުނީ ބޮޑު އެއްވުމުގައި ކުށްކުރާ ގުރޫޕުތައް ނެރެ މާލެ ހަލަބޮލިކުރަން އުޅޭކަމުގެ މައުލޫމާތުތަކެއް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

"އެކި ބައިބަޔަށް ބެހި ކުށްކުރާ ގްރޫޕުތައް މަގުމައްޗަށް ނެރެ މާލެ ތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފަ،" ފުލުހުން ބުނެފައިވެ އެވެ.

އެމްޑީޕީއަށް ބޮޑެތި ތުހުމަތުތަކެއް ކުރުމަށްފަހު ފުލުހުން ބުނީ ރައްޔިތުންގެ ސަލާމަތް ކަށަވަރު ކުރަން ކުރަންޖެހޭ ކަންކަން ފުލުހުން ކުރާނެ ކަމަށެވެ. ބޮޑު މުޒާހަރާގައި މާލެ ތެރެ ހަލަބޮލިކުރަން އުޅޭ ކަމަށް ފުލުހުން ތުހުމަތު ކުރި ނަމަވެސް އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ. އަދި އެކަމުގެ ތަފުސީލެއް ވެސް ފުލުހުން ނުދެ އެވެ.

މިރޭގެ މުޒާހަރާގައި ބައިވެރިވުމަށް އެ ޕާޓީއަށް ތާއީދުކުރާ އަދި މި ސަރުކާރާއި އިދިކޮޅު ރައްޔިތުންގެ އެތައް ސަތޭކަ ބަޔަކު ވަނީ މާލޭ ދަތުރުކޮށްފަ އެވެ. ލޯންޗުތަކާއި ބޯޓުތައް އަދި ދުރު ސަރަހައްދުތަކުން ވައިގެ މަގުން މާލެއަށް މީހުން ދަތުރުކުރާ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އޭގެތެރޭގައި ރާއްޖޭގެ ދެކުނާއި އުތުރު އަދި މެދު ރާއްޖެތެރޭގެ ސަރަހައްދުތަކުން ދަތުރުކުރާ މީހުން ހިމެނެ އެވެ.

މީގެ އިތުރުން، ރެޔާއި މިއަދު ހެދުނު އަތޮޅުތެރެއިން މާލެއަށް މީހުން އައިސްފައިވެ އެވެ. ލޯންޗުތަކުގައި އައި މީހުން މާލެ އެރީ އެމްޑީޕީގެ ދިދަތައް ވެސް ހިފައިގެންނެވެ. އެމްޑީޕީން އުއްމީދު ކުރަނީ މި ފަހުގެ ތާރީހެއްގައި އެއްވުމެއްގައި ބައިވެރިނުވާ ވަރަށް މިރޭގެ އެއްވުމުގައި ބައިވެރިވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލުކޮށްފި

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޯވަލްއާ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ބައްދަލުކުރައްވައި، ދެ ގައުމުގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. "ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް" ގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން ދެމެހެއްޓުމަށާއި ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.

އޮކްޓޯބަރު މަހު އެކަނިވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 24 މައްސަލައާއި ގެވެށި އަނިޔާގެ 57 މައްސަލަ!

ނިމިދިޔަ އޮކްޓޫބަރު މަހު ޖެންޑާ މިނިސްޓްރީއަށް 299 މައްސަލަ ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 109 މައްސަލައެވެ. މީގެ އިތުރުން ގެވެށި އަނިޔާގެ 57 މައްސަލައަކާއި، ކުޑަކުދިންގެ އަހުލާގީ 35 މައްސަލައެއްގެ އިތުރުން އާއިލީ 33 މައްސަލައެއް އެ މަހު ރިޕޯޓުކޮށްފައިވެއެވެ.

"އަހާބަލަ" ނަމުގައި އެމްޑީޕީގެ މުޒާހަރާ ބުރާސްފަތި ދުވަހުގެރޭ

ރަސްމާލޭގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، "އަހާބަލަ" ނަމުގައި ބުރާސްފަތި ދުވަހުގެރޭ މުޒާހަރާކުރުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.

ބިލު ފާސްނުކުރަން ގޮވާލައި "ފައިސަލްއާޒިމް" ޓީމުގެ ސިޓީއެއް

ރަސްމާލެއިން ބޮޑު ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަށް މަގުފަހިވާ ގޮތަށް ފަރުމާކޮށްފައިވާ ރިއަލް އެސްޓޭޓް ބިލު ފާސްނުކުރުމަށް ގޮވާލައި "ފައިސަލްއާޒިމް" ޓީމުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ވަނީ ހުށަހަޅާފައި. ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މި ބިލަކީ ވަކި ބަޔަކަށް ފައިދާވާގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް.

ސަރުކާރުން ފޮނުވި ގޮތަށް 59 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް 63 މެންބަރުންގެ ވޯޓާއެކު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އިދިކޮޅު އެމްޑީޕީން ބަޖެޓަށް ހުށަހެޅި އެއްވެސް އިސްލާހެއް ފާސްނުވާއިރު، މި ބަޖެޓުގައި މާލީ ބޮޑެތި ރިސްކުތަކެއް ހުރިކަމަށް އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވާފައި

މުއިއްޒު ހެއްކެއް ގޮތުގައި ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް

އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފު ކުރުމުގެ ދައުވާގައި، މުއިއްޒު ހެއްކެއްގެ ގޮތުގައި ބަލައިނުގަންނަން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައި. ކްރިމިނަލް ކޯޓާއި ހައި ކޯޓުން މި ހެކި ބަލައިނުގަތުމަށް ވަނީ ނިންމާފައި.

ވީއައިއޭގެ އީ-ގޭޓުތަކުން ދޭ ހިދުމަތް ފަތުރުވެރިންނަށް ފުޅާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އީ-ގޭޓްތަކުން ފަތުރުވެރިންނަށް ޚިދުމަތް ދޭން ފެށުމާއެކު، 39 ގައުމެއްގެ ފަތުރުވެރިންނަށް އިމިގްރޭޝަންގެ މަރުހަލާތައް އަވަސްވެ، ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައިވޭ. މި ނިޒާމުގެ ދަށުން "އިމުގާ" މެދުވެރިކޮށް ކްލިއަރެންސް ލިބި، އީ-ގޭޓް ބޭނުންކުރުމުން ވަގުތުން އީ-ވިސާ ދޫކުރެވޭ.

Newsletter

Get the latest news delivered straight to your inbox