ފުޓްބޯޅަ އައިސީޔޫގައި އޮތްއިރުގައި ވެންޓިލޭޓަރަކީ މާޒިޔާ: ސުޒޭން

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސުޒޭން ވާހަކަ ދައްކަނީ،---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސުޒޭން ވާހަކަ ދައްކަނީ،---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ރާއްޖޭގެ ފުޓްބޯޅަ ހުއްޓިފައި އޮތް ދެ އަހަރެއްހާ ދުވަސްތެރޭ، "ފުޓްބޯޅަ އައިސީޔޫގައި އޮތްއިރުގައި ވެންޓިލޭޓަރަކީ މާޒިޔާ" ކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން މި މަހުގައި ފެށިގެންދިޔައީ، 2023 ވަަނަ އަހަރުގެ ޑިސެމްބަރަށް ފަހު ފުރަތަމަ ފަހަރަށެވެ.

ދިރާގު ދިވެހި ޕްރިމިއާ ލިގުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުނީ، މި އައި ބްރޭކަކީ ދިވެހި ރާއްޖޭގެ ފުޓްބޯޅައިގައި އަންނަން ބޭނުންވާނެ ބްރޭކެއް ނޫން ކަމަށެެވެ. އެއީ، ދިވެހި ފުޓްބޯޅަ އަށް ކުރިމަތިވި، "ވަރަށް ހިތްދަތި ހިތާމަވެރި ދުވަސްކޮޅެއް" ކަމަށް ފާހަގަކުރައްވައި، ސުޒޭން ވިދާޅުވީ، މި ބްރޭކަށް ފަހު ފުޓްބޯޅަ ކުރިއަށްދިއުމަށް އޮތް އަޑިގަނޑުން އަރައިގަންނަން ބެލިއިރު އޮޑި ސްޕޯޓްސް ކްލަބާއި މާޒިޔާ އާއި ބުރު ސްޕޯޓްސް ކްލަބް ފަދަ ޓީމުތަކުން، ރަނގަޅު ސްކޮޑެއް ހަދައިގެން ކުރިއަށްދާން މޯޓިވޭޓް ވެފައި އޮތުމަކީ، ފުޓްބޯޅައިގެ ހިތްހަމަޖެހުން ކަމަށެެވެ.

"ބޮޑު މާޔޫސްކަމަކާ އެއްކޮށް ވެސް އެ ޓީމުތަކުން އެކަން ވިސްނުން ގެނައިކަން އެއީ ލީގަށް އައި މުއްސަނދި ކަމެއް. ދެން، ނިއު ރޭޑިއަންޓްގެ އިންޓްރެސްޓް ވެސް ކެޗަޕް ކުރެވޭނެ މިހާރު މިހުރި އުނދަގޫ ޗެލެންޖަސް. ނިއު ރޭޑިއަންޓަށް ވަރަށް ބޮޑު ޗެލެންޖެއް މި ޓީމުތަކަކީ، ނިއުގެ ވެސް އެބަހުރި ބައިވަރު. ރަނގަޅުކުރަން ޖެހޭ ކަންތައްތައް، ބްރޭކު ވެސް މި އަންނަނީ،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ، ހަގީގަތުގައި މި ބްރޭކަކީ ރާއްޖޭގެ ފުޓްބޯޅަ އަށް އައި ބޮޑު ވެއްޓުމެއް ކަމަށާއި ބައިނަލްއަގުވާމީ މެޗުތަކުގައި ރާއްޖޭން ކޮންމެ ދުވަހަކު ބަލިކުރާ ބަންގްލަދޭޝް ފަދަ ޓީމުތަކާ ޗެލެންޖްކުރަން ޖެހޭ ހިސާބަށް ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ވެއްޓުނު ކަމަށެވެ. އަދި، ދާދި ފަހުން ލަންކާގައި ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕްގެ ކާމިޔާބީ އާއި ލީގުގެ ފުރަތަމަ ދެ ހަފްތާގައި ފެނުނު ރަނގަޅު މެޗުތަކުން ފުޓްބޯޅަ އަށް ދިރުމެއް ލިބިފައިވާކަން ސުޒޭން ފާހަގަކުރި އެވެ.

"އޮޑި މި ފެންނަނީ ތަފާތު ވަރުގަދަކޮށް، މާޒިޔާ ހަމަ އާދަވެ، މިދިޔަ ތިން އަހަރު މެދުނުކެނޑި، ރާއްޖޭގެ ފުޓްބޯޅަ އައިސީޔޫގައި އޮތްއިރުގައި ވެންޓިލޭޓަރަކީ މާޒިޔާ ކަމަށް ބަލަމާ ހިނގާ އެއީ. ރާއްޖޭގެ ގައުމީ ޓީމު ހިފެހެއްޓުނީ ވެސް މާޒިޔާގެ މަސައްކަތުންނޭ އަޅުގަނޑު ދަންނަވަންޖެހޭނީ އޭރު މާޒިޔާ އިން މެދުކަނޑާނުލައި ގެންދިއުމުގެ ސަބަބުން ގައުމީ ޓީމު ކިރިޔާ ވެސް ހިފެހެއްޓުނީ ވެސް، އެ ގޮތަށް ބަލާއިރުގައި ވަރަށް ވަރުގަދަކޮށް މި ފަހަރު ޓީމުތައް މި އޮތީ، ދެން ބުރު، ވެސް މި ފެންނަނީ ވަރަށް މޯޓިވޭޓް ވަރުގަދަ ޓީމެއް.

ސުޒޭން ބުނީ، ލީގުގައި ވަރުގަދަ ގިނަ ޓީމުތަކެއް އޮތުމާ އެކީގައި، ވާދަވެރިކަން ފެންނަނީ ވަރަށް ބޮޑުކޮށް ކަމަށެވެ. އެ ކަންކަމަށް ބަލާއިރު، ފަހަތަށް ޖެހިގެން ޑިފެންސްކުރަން ތިބޭ ސްޓައިލަށް ކުޅޭނެހެން ހީނުވާ ކަމަށާއި ރަނގަޅު ޓީމުތަކާ "ފައިހަމަކޮށްލެވޭތޯ" ނިއު އިން ވެސް ބަލާނެ ކަމަށް ސުޒޭން ވަނީ ބުނެފަ އެެވެ.

ދެ ވަނަ ޑިވިޝަނަށް ވިޔަސް ސުޒޭން ހުރީ ނިއު އަށް އަންނަ ގޮތަށް

ޖޫން މަހު ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން ސުޒޭން ދުރަށް ދިޔައީ، ފުޓްބޯޅައާ ދުރުވުމަށް ނޫން ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި، ފުޓްބޯޅައިގައި ކުރިއަށްދިއުމުގެ ރޫހުގައި އޭނާ ހުއްޓައި ނިއު އިން އޮފާ ލިބުނު ކަމަށާއި އޭރު ނިއު އޮތީ ދެ ވަނަ ޑިވިޝަނުގައި ކަމަށް ވިޔަސް، ހަގީގަތަށް ވިސްނާނަމަ، ކަންކަން ފެންނަން އޮތީ ނިއު އަކީ ފުރަތަމަ ޑިވިޝަނުގައި ކުޅޭނެ ޓީމެއްގެ ގޮތަށް ކަމަށެވެ.

ދެ ވަނަ ޑިިވިޝަނުގައި ނިއު އޮތްނަމަ ވެސް އެ ޓީމާ ހަވާލުވެދާނެތޯ ސުވާލުކުރުމުން ސުޒޭން ބުނީ، އެ ކަމަށް ވެސް ތައްޔާރަށް ހުރި ކަމަށެވެ.

"ސެކަންޑް ޑިވިޝަންގައި ކުޅެން ޖެހުނު ނަމަވެސް، އެ ޗެލެންޖަކީ އަޅުގަނޑު ނުނަގާނެ ޗެލެންޖެއް ނޫން، އެ ޗެލެންޖު ވެސް ނަގަން ތައްޔާރަށް ހުރީ. އެއީ ފުޓްބޯޅައިގައި މަސައްކަތް ކުރާ ކަމަށްވަންޏާ އެބަޖެހޭ ތަފާތު ޗެލެންޖްތަކަށް ދާން، އަޅުގަނޑުގެ 40 ވަނަ ސީޒަން މި ގަލޮޅު ދަނޑުގައި މި ފަށަނީ، ފަށާއިރުގައި ސެކަންޑް ޑިވިޝަން ޓީމުގައި އޮތުން އެއީކީ އެއްވެސް މައްސަލައެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ސުޒޭން ބުންޏެވެ.

ނިއުއާ އެކު، ނުކުމެ ސުޒޭން ވަނީ ފުރަތަމަ ދެ މެޗުން މޮޅުވެފަ އެވެ. އެ ޓީމު ލީގުގެ ތިން ވަނަ ހަފްތާގެ މެޗުތަކަށް ނުކުންނައިރު، އޮތީ ދެ ވަނައިގަ އެވެ. ސުޒޭން ބުނީ، ނިއުއާ ހަވާލުވެ، މިއަދު، އެ ޓީމާ އެކު، 20 ވަނަ ޓްރެއިނިން ސެޝަން ބާއްވާއިރު، ވަރަށް ބައިވަރު ޕޮޒިޓިވް ކަންތައްތަކެއް ފެނި، ރަނގަޅު މިސްރާބަށް އެ ޓީމު ދާތަން ވެސް ފެންނަ ކަމަށެވެ.

ގްރީން ސްޓްރީޓްސް އަށް ކޯޗުކޮށްދެމުން، 2018 ވަނަ އަހަރުގެ އޭޕްރީލް މަސް ތެރޭގައި، ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޒޭން ވަނީ، އޭނާގެ ކެރިއަރުގައި ދެ ފަހަރެއްގެ މަތިން ނިއު އަށް ކޯޗުކޮށްދޭން ފުރުސަތު ލިބުނު ކަމަށް ބުނެފަ އެެވެ. ނިއު އިން ލިބުނު ފުރުސަތުތަކުގެ ބޭނުންނުހިފީ ކީއްވެތޯ އެ ފަހަރު ސުވާލުކުރުމުން ސުޒޭން ބުނީ، ނިއުއާ ގުޅުމަށް ވުރެ އެ ޓީމަށް ޗެލެންޖް ކޮށްލުން މާ ރަނގަޅު ކަމަށް ގަބޫލުކުރެވުމުން ކަމަށެވެ.

ނިއު އިން މި ފަހަރު ލިބުނު އޮފާގައި ބޭނުންހިފައި، ސުޒޭން އެ ޓީމާ އެކު ކުރިއަށް ދިއުމާ ބެހޭގޮތުން ބުނީ، އޭނާ އަކީ، ވިކްޓަރީ މެޗަކުން ބަލިވީމަ ގޭގައި ގޮސް ބަނޑުން އޮށޯވެ ރޯންތިބި ޖީލުގެ މީހުން ކަމަށެވެ. އަދި، ކުރިން، ރާއްޖޭގެ ފުޓްބޯޅައިގައި ޓްރާންސްފާގެ ކަންކަން ވެސް ނެތް ޒަމާނެއްގައި، ވިކްޓަރީންނާއި ނިއު އިން އެއް ޓީމު އަނެއް ޓީމަށް ދެކުނީ "ހަތުރުން"ގެ ގޮތުގައި ކަމަށް ސުޒޭން ފާހަަގަކުރި އެވެ. އެ ފަދަ ޒަމާޖެއްގައި އެ ގޮތަށް އޮތް ނަމަވެސް، މިހާރު ޒަމާން ބަދަލުވެފައި އޮތުމާއި، އަމިއްލަ ކެރިއަރަށް ވިސްނާއިރު، ބައެއް ނިންމުންތައް ނިންމަން ޖެހޭ ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.

"އަޅުގަނޑަކީ 100 ޕަސެންޓް ވިކްޓަރީ ބަލިވީމަ އެކަމާ ބަންޑުން އޮށޯވެ ރޯން އޮތް ޖީލުގެ މީހެއް ވީމަ، އެ ތަފާތު ވާހަަކަ އަދި އިހުސާސްތައް ވެސް ހުންނާނެ ހަމަ. އެހެން ނަމަވެސް އަޅުގަނޑުގެ އަމިއްލަ މަސައްކަތެއް ކުރާއިރު އަޅުގަނޑުގެ ފޯކަސް އޮންނާނީ އަޅުގަނޑަށް ކާމިޔާބު ހޯދަން، އިރާދަކުރެއްވިއްޔާ އެކަމަށް އަޅުގަނޑު މި އައީ، ނިއު ރޭޑިއަންޓް ކަހަލަ ބޮޑު ޓީމެއް އޮފާއެއް ހަމަ ގައިމު ވެސް ދިވެހި ކޯޗެއް ނޫނެކޭ ނުބުނާނެ، ހަމަ ބޭރު ކޯޗުން ވެސް އެ އޮފާ ނަގާނެ،" ސުޒޭން ބުންޏެވެ.

މި ފަހަރުގެ ސީޒަން ފެށިގެން މިހާތަނަށް ފެނިގެންދިޔަ ކަންކަމަށް ބަލާއިރު، އެންމެ ބޮޑު ހިތްހަަމަޖެހުމަކީ، ޓީމުތަކުން ބިދޭސީ ކޯޗުން ފެންނަ ނިސްބަތް އިތުރުވުން ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ. އޭގެ ސަބަބުން ދިވެހި ކޯޗުންނަށް އާ ކަންކަން ދަސްކުރަން މަގުފަހިވެގެންދާނެ ކަމަށާއި ރާއްޖޭގައި ތިބި ޕްރޯ ލައިސަންސް ކޯޗުން ޑިވެލޮޕްވުމަށް ފުރުސަތުތައް އިތުރުވާނެ ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.

ނިއު ރޭޑިއަންޓްގެ ސަޕޯޓަރުން ދަނޑަށް ވަނުމަކީ، އެ ޓީމަށް އޮތް އެޑްވާންޓޭޖެއްގެ ގޮތުގައި ފާހަގަކޮށް ސުޒޭން ބުނީ، އެހެން ޓީމުތަކުން ވެސް ފޯރިގެންނަން ކުރާ މަސައްކަތް ރަނގަޅު ކަމަށާއި ރަނގަޅު މެޗުތަކެއް ކުޅޭނަމަ، ސަޕޯޓަރުން ދަނޑަށް ވަންނާނެ ކަމަށެެވެ.

"ލީގުގައި މި ހުރި ގިނަ ޓީމުތަކަކީ މާޒިޔާ ނޫނިއްޔާ ތަންކޮޅެއް އާ ޓީމުތައް ވީމަ އެ ޓީމުތަކަށް ވެސް ސަޕޯޓަރުން އަންނާނެ މި ގޮތަށް ރަނގަޅު މެޗުތަކެއް ކުޅެންޏާ. ނިއު ރޭޑިއަންޓަކީ ވަރަށް ބޮޑު ތާރީހެއް އޮތް ޓީމެއް، އެ ސަޕޯޓަރުންތަކާ އެކު ނިއު ރޭޑިއަންޓަށް ވެސް އެޑްވާންޓޭޖެއް އޮންނާނެ. އެ ހައިޕް ގެނެވޭތޯ ނިއު ރޭޑިއަންޓުން ވެސް އެހެން ޓީމުތަކުން ވެސް ވަރަށް ބޮޑު މަަސައްކަތެއް އެބަކުރޭ، ލީގުގެ ފޯރިގަދަވުމަކީ ހަމަގައިމު ވެސް ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ޕޮޒިޓިވް އެއް ކަންތައް،" ސުޒޭން ބުންޏެވެ.

ލީގުގައި ނިއު އިން ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ބުދަ ދުވަހު ހަވީރު ކުޅޭނީ ކްލަބް ވެލެންސިއާއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox