ހުލާސާކޮށް އިއްޔެ: ހިޔާނާތުގެ ފައިސާ އާއި މުދާ ދައުލަތަށް ނަގަން ގާނޫނެއް ހަދަނީ

Sep 27, 2025, 1:20 AM
ރައީސް މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

ވޭތުވެދިޔަ ދުވަސްތަކުގައި ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންތަކާއި ވައްކަންތަކުގެ ފައިސާ ހޯދުމަށް އެސެޓް ރިކަވަރީ ގާނޫނެއް ތައާރަފުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވި އެވެ.

ތ. ތިމަރަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ އެސެޓް ރިކަވަރީ ގާނޫނެއް ތައާރަފު ކުރަނީ މިދިޔަ ދުވަސްތަކުގައި ހިންގާފައިވާ އެމްއެމްޕީއާރްސީ ފަދަ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގައި ފައިސާ ހޯދޭނެ ގޮތެއް މިހާރު އޮތް ނިޒާމުގެ ތެރޭގައި ނެތުމުން އެ ފައިސާ ހޯދޭނެ މަގު ފަހިކުރުމަށް ކަމަށެވެ.

"މިދިޔަ ދުވަސްތަކުގައި ހިންގާފައި ހުރި ބޮޑެތި ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް. އެމްއެމްޕީއާރްސީ ހާއްސަކޮށް. މިކަންކަން ބަލައި ނިމޭއިރުގައި މިއިން އެއްވެސް ފަރާތެއް ދައްކަން އޮތް އެއްޗެއް ހޯދޭ ގޮތެއް ނުވޭ. މިހާރު އޮތް ނިޒާމުގެ ތެރެއިން ނުހޯދޭ،" މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެން މި ހުށަހަޅަނީ އެސެޓް ރިކަވަރީ ގާނޫނެއް ތައާރަފު ކުރުމަށްޓަކައި ބިލެއް. މި ބިލު މަޖިލީހުން ނިންމަދީ ތަސްދީގުކުރަން ފޮނުވާ ދުވަހު ހަމަ އަޅުގަނޑު ތަސްދީގުކުރާނަން."

މުއިއްޒު ވިދާޅުވީ އެސެޓް ރިކަވަރީ ގާނޫނު ތަންފީޒުކުރަން ފެށުމުން ބޮޑެތި ވައްކަން ކޮށްފައި ތިބި ހުރިހާ އެންމެންގެ ފަހަތުން ސަރުކާރުގެ އިދާރާތަކުން ވަރަށް ބާރަށް ދާނެ ކަމަށެވެ.

އޭގެއިތުރުން މޯލްޑިވްސް 2.0 ގެ ޑިޖިޓަލައިޒޭޝަންގެ ބިޔަ މަޝްރޫއުގެ ދަށުން ސަރުކާރާއި ދައުލަތުގެ ތެރޭގައި އޮތް ކޮރަޕްޝަންގެ ނުބައި ވަބާ ނައްތާލެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެގޮތުން މުއިއްޒު ވިދާޅުވީ ޑިޖިޓަލައިޒްކުރެވުމުން ނިޒާމުގައި ސިސްޓަމްތައް ގާއިމުވެ ދެފުށް ފެންނާނެ ކަމަށާއި ކުރެވޭ ކަންކަން ޓްރޭސް ކުރެވުމުން އިތުރުން ހުރިހާ ކަމެއް ރެކޯޑު ކުރެވޭނެ ކަމަށެވެ.

އެސެޓް ރިކަވަރީ ގާނޫނެއް ހަދާ ވާހަކަ މުއިއްޒު ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފޯނުންގެ މެސެޖުތަކުގެ ފޮރެންސިކް ރިޕޯޓް ލީކްވެފައި ވަނިކޮށެވެ. އަދި ފެނަކަ ކޯޕަރޭޝަނުން އޮޑިޓު ރިޕޯޓު ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ނެރެފައި ވަނިކޮށެވެ.

މުއިއްޒު ވެސް އެ ކެބިނެޓެއްގައި ހިމެނިވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އެމްއެމްޕީއާރުސީ މެދުވެރިކޮށް ގިނަ އަދަދެއްގެ ފަޅުށާއި ފަޅުތައް ދޫކޮށް، ދައުލަތުގެ ބައެއް ވެރިން ނުހައްގު މުއްސަނދިކަން ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ.

އެމްއެމްޕީއާރުސީ އަށް ލިބެންޖެހޭ ފައިސާ އަމިއްލަ ކުންފުންޏަކަށް ޖަމާކޮށް، އެ ފައިސާއިން ޕީޕީއެމް/ޕީއެންސީގެ ވެރިން ހިމެނޭހެން ރާއްޖޭގެ ސިޔާސީ މީހުންނާއި ނުފޫޒުގަދަ މީހުންނަށް ދީފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ މައްސަލަތަކުގައި ޔާމީންގެ މައްޗަށް ކުރިން ކުރި ހުކުމަކީ "ހަރާމް ހުކުމެއް" ކަމަށާއި، އެ މަނިކުފާނުގެ މައްޗަށް އުފުލި ދައުވާތަކަކީ ނުހައްގު، ސިޔާސީ ދައުވާތަކެއް ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި މުއިއްޒު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން ޔާމީންގެ މައްސަލަ ކުރިއަށް ގެންދިޔައީ ރައީސް އޮފީހުގެ ނުފޫޒުން ކަމަށް މުއިއްޒު އޭރު ތުހުމަތު ކުރެއްވިއިރު، ވެރިކަމަށް ވަޑައިގެން އެ މައްސަލަ އަނބުރާ ގެންދިޔުމުގެ ބަދަލުގައި މައްސަލައިގެ ދައުވާތަކަށް ބަދަލެއް ނުގެނެސް އެބަ ހިންގަ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނާޒިމްގެ ތުހުމަތާ ގުޅިގެން ޖަވާބުދާރީވާން އިންޑިއާއިން އަންގައިފި

މިކަމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ރާއްޖޭގެ ހައިކޮމިޝަނަށް ސިޓީއެއް ފޮނުވައިފައެވެ. ނާޒިމްގެ މި ވާހަކަތައް ހާމަވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގެ އޯޑިއޯ ލީކުވުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓަށް ސަމީރު އައްޔަނުކުރަން މަޖިލީހުގެ ރުހުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އިއްތިފާގުން ފާސްކޮށްފިއެވެ. ސަމީރު މި މަގާމަށް އައްޔަނުކުރަން ނިންމީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޓަޔާ ކުރައްވާތީ ހުސްވާ މަގާމަށެވެ.

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދިން މައްސަލައެއް

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދީ، އެ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ލަފާކުރެވޭ ގޮތުގައި މިއީ އޭޓީއެމް ފަޅާލައިގެން ފައިސާ ނަގަން ކުރި މަސައްކަތެއް ނަމަވެސް، އެއްވެސް ފައިސާއެއް ގެއްލިފައި ނުވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

"މުއިއްޒު ސަރުކާރުން ދަނީ ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުން

ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސީދާކޮށްނާއި ނުސީދާކޮށް ވަޒީފާގެ ބިރުދައްކަމުންދާ ކަމަށް މެންބަރު ހުސައިން ޒިޔާދު ތުހުމަތުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ވެމްކޯ އާއި ފެނަކަ ފަދަ ކުންފުނިތަކުގެ މުވައްޒަފުންގެ އިތުރުން، މަޖިލިސް މެންބަރުންވެސް މިއަދު ތިއްބެވީ ސަރުކާރުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ސީއެސްސީގެ އަށްވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

ރާއްޖެއާއި އިންޑިއާ ހިމެނޭހެން މެންބަރު ގައުމުތަކުގެ އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި، ކަނޑުގެ ސަލާމަތާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މަޖިލީހުގެ ތިންވަނަ ދައުަރު ދަންމާލަން ފާސްކޮށްފި

ރަސްމާލެ މަޝްރޫއާ ގުޅޭ ބިލުތަކާއި އެހެނިހެން މުހިންމު ބިލުތަކުގެ މަސައްކަތް ނިންމުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ޑިސެމްބަރު 15 ގެ ނިޔަލަށް ދަންމާލަން މިއަދު ފާސްކޮށްފި އެވެ.

10 އަހަރު ތެރޭ ދުވަސްނުފުރާ އުފަންވި 41 ކުދިން ސަލާމަތްކޮށްފި

ވޭތުވެދިޔަ 10 އަހަރު ތެރޭގައި މާބަނޑުވިތާ 23 ހަފުތާއާއި 26 ހަފުތާއާ ދެމެދު ދުވަސްނުފުރާ އުފަންވި 41 ކުދިންގެ ފުރާނަ އައިޖީއެމްއެޗްގެ އެންއައިސީޔޫއިން ވަނީ ސަލާމަތްކޮށްފައެވެ. މީގެ ތެރޭގައި އެންމެ 500 ގްރާމްގެ ބަރުދަނުގައި އުފަންވި ކުދިން ހިމެނޭއިރު، މިއީ އެ ހޮސްޕިޓަލުގެ ފަރުވާގެ ފެންވަރު ރަނގަޅުވަމުންދާކަން ހާމަކޮށްދޭ ތަފާސްހިސާބުތަކެކެވެ. އައިޖީއެމްއެޗުން ބުނިގޮތުގައި މިފަދަ ކުދިން ސަލާމަތްކުރުމުގައި އިންފެކްޝަނުން ރައްކާތެރިކުރުމާއި، ރަނގަޅު ކާނާ އަދި ގަވާއިދުން ފޮލޯއަޕް ހެދުން ނުހަނު މުހިންމެވެ.

Newsletter

Get the latest news delivered straight to your inbox