"ދަ ޝޯ ރަނިން ފެސްޓިވަލް" ނޮވެމްބަރު މަހު ހުޅުމާލޭގައި ބާއްވަނީ

"ދަ ޝޯ ރަނިން ފެސްޓިވަލް" ނޮވެމްބަރު މަހު ހުޅުމާލޭގައި ބާއްވަނީ

ވީރަން އިން އިންތިޒާމުކޮށްގެން "ދަ ޝޯ ރަނިން ފެސްޓިވަލް" ގެ ނަމުގައި ދުވުމެއް ނޮވެމްބަރު 28، ގައި ހުޅުމާލޭ ބީޗުގައި ބޭއްވުމަށް ނިންމައިފި އެވެ.

ހުރިހާ އުމުރުފުރާތަކަށް ވެސް ބައިވެރިވެވޭ އެ ދުވުމުގައި ހިމެނެނީ 10 ކިލޯމީޓަރުގެ ސަންރައިޒް ރޭސް ކެޓަގަރީ އާއި ފަސް ކިލޯ މީޓަރުގެ ސަންސެޓް ރަން ކެޓަގަރީގެ އިތުރުން 2 ކިލޯ މީޓަރުގެ ކިޑްސް ޑޭޝް ކެޓަގަރީ އެވެ.

ކުޑަކުދިންގެ ކެޓަގަރީގައި ވާދަކުރެވޭނީ ހަތަރު އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް އެކަނި ކަމަށް ވީރަން އިން ބުންޏެވެ.

އެ ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ނަގަނީ 250ރ. އެވެ.

ދުވުންތަައް ފަށާ ގަޑި:

  • 10 ކިލޯ މީޓަރު ސަންރައިޒް ދުވުން - ހެނދުނު 6:00 ޖަހާއިރު (1 ގަޑިއިރާއި 45 މިނެޓު).
  • ފަސް ކިލޯ މީޓަރު ސަންސެޓް ދުވުން - ހަވީރު 4:40 (55 މިނެޓު).
  • ދެ ކިލޯ މީޓަރު ކިޑްސް ޑޭޝް - ހަވީރު 4:45

ވީރަންއިން ބުނީ ދަ ޝޯ ރަނިން ފެސްޓިވަލް ބާއްވަން ރާވަމުންދަނީ އާއިލާތަކަށް އައިސް ވަގުތު ހޭދަކޮށްލެވޭ ގޮތަށް އެކި ހަރަކާތްތަކާއެކު ކަމަށެވެ. އެގޮތުން އެކި ސްޓޯލްތައް ވެސް ހުންނާނެ ކަމަށް ވީރަންއިން ބުންޏެވެ.

ރާއްޖޭގައި ބީޗުގައި ބާއްވާ ފުރަތަމަ ފަހަރަށް ދުވުން ބާއްވާ ވީރަންގެ އަމާޒަކީ ރާއްޖޭގެ މޫދާއި ބީޗުގެ ރީތިކަން ދުވުމުން ދެއްކުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox