އޭޝިއާ ކަޕް: ސުޕަ 4 ގައި ވެސް އިންޑިއާ އިން ޕާކިސްތާން ބަލިކޮށްފި

Sep 22, 2025, 2:04 AM
އިންޑިއާގެ އަބިޝޭކް ރޭގެ މެޗުގެ ތެރެއިން ބޯޅައެއް ފޮނުވާލަނީ: އޭނާ ވަނީ މި މެޗުގައި، ފަސް ބޯޅަ ހަޔަކަށް އަދި ހަ ބޯޅަ ހަތަރަކަށް ޖަހައިފައި.

އިންޑިއާގެ އަބިޝޭކް ރޭގެ މެޗުގެ ތެރެއިން ބޯޅައެއް ފޮނުވާލަނީ: އޭނާ ވަނީ މި މެޗުގައި، ފަސް ބޯޅަ ހަޔަކަށް އަދި ހަ ބޯޅަ ހަތަރަކަށް ޖަހައިފައި.

ދުބާއީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ސެޕްޓެމްބަރު 22) - މިހާރު ކުރިއަށްދާ އޭޝިއާ ކަޕް ކްރިކެޓް މުބާރާތުގެ ސުޕަ 4 ގައި، އެންމެ ފަހުގެ ޗެމްޕިއަން، އިންޑިއާ އިން ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ޕާކިސްތާން އަތުން މޮޅުވެއްޖެ އެވެ.

އޭޝިއާ ކަޕްގެ އެންމެ ކާމިޔާބު ޓީމު އިންޑިއާ އިން ވަނީ، މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖު ބުރުގައި ވެސް ޕާކިސްތާން ބަލިކޮށްފަ އެވެ. އެ ގޮތުން، އޭޝިއާ ކަޕްގެ ޗެމްޕިއަންކަން، އަށް ފަހަރު ހޯދާފައިވާ އިންޑިއާ އިން ގްރޫޕް މެޗުގައި ޕާކިސްތާން ބަލިކުރީ، ހަތް ވިކެޓުންނެވެ. އަދި، ރޭ، ސުޕަ 4 ގައި ކުޅުނު މެޗުން އިންޑިއާ މޮޅުވީ، ހަ ވިކެޓުންނެވެ.

ދުބާއީ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ޓޮސް ދިމާވުމުން އިންޑިއާ އިން ނިންމީ ފީލްޑް ކުރުމަށެވެ. އެ ގޮތުން، އިންޑިއާ އިން ހޮވަން އެރިއިރު، ޕާކިސްތާނުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި، ފަސް ކުޅުންތެރިން ނުބައިވެގެން، ހެދުނީ 171 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ، 45 ބޯޅައިން 58 ލަނޑު ހެދި، ޝަހީބްޒާދާ ފަރްހާން އެވެ. މި އިނިންސްގައި، އިންޑިއާގެ ޝިވަމް ދޫބޭ ވަނީ ހަތަރު އޯވަރަށް ދެ ވިކެޓް ނަަގައިފަ އެވެ.

ޖަވާބުގައި ކުޅެން އަރައި، އިންޑިއާ އިން ވަނީ، 18.5 އޯވަރުގެ ތެރޭގައި، ހަތަރު ކުޅުންތެރިން ނުބައިވިއިރު، 174 ލަނޑު ހަދައި، މެޗުން މޮޅުވެފަ އެވެ. އިންޑިއާ އަށް އެންމެ ރަނގަޅު ކުުޅުމެއް ދައްކައިދިނީ، އޯޕަނިން ބެޓްސްމަނުންގެ ގޮތުގައި އަރައި، ރަނގަޅު ޕާޓްނާޝިޕެއް ހެދި، އަބިޝޭކް ޝަރުމާ އާއި ޝުބްމަން ގިލް އެވެ. އަބިޝޭކް ވަނީ 39 ބޯޅައިން 74 ލަނޑު ހަދައިފަ އެވެ. އަދި، ޝުބްމަން ވަނީ 28 ބޯޅައިން 47 ލަނޑު ހަދައިފަ އެވެ.

ސުޕަ 4 ގައި، ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި، މާދަމާ، ޕާކިސްތާނުން ސްރީ ލަންކާއާ ކުޅޭނެ އެވެ. ލަންކާ އިން ސުޕަ 4 ފެށި މެޗުން ވަނީ ހަތަރު ވިކެޓުން ބަންގްލަދޭޝް އަތުން ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox