ޓީ20 ވޯލްޑް ކަޕް ފައިނަލް: ނިއު ޒީލެންޑާ ދެކޮޅަށް އިންޑިއާ އަށް އޮތީ އުނދަގޫ މަރުހަލާއެއް

Mar 8, 2026, 5:31 AM
ޓީ20 ވޯލްޑް ކަޕް ފައިނަލް: ނިއު ޒީލެންޑާ ދެކޮޅަށް އިންޑިއާ އަށް އޮތީ އުނދަގޫ މަރުހަލާއެއް

އަހުމަދުއާބާދު، އިންޑިއާ (މާޗް 8) - ޓީ20 ކްރިކެޓް ވޯލްޑް ކަޕް ފައިނަލުގައި އިންޑިއާ އާއި ނިއު ޒީލެންޑުން ކުރިމަތިލާއިރު، މި މެޗު އެތައް ގޮތަކުން ކްރިކެޓްގެ ތާރީހާ ވަނީ ގުޅިފަ އެވެ. އިންޑިއާ އިން ތަށި ދިފާއުކުރަން ނުކުންނައިރު، ނިއު ޒީލެންޑުން ނުކުންނާނީ ފައިނަލުން ބަލިވުމުގެ ހިތި ހަނދާންތަކުން އަރައިގަތުމަށެވެ.

މެޗަކުން ބަލިނުވެ ސެމީ ފައިނަލާ ހަމައަށް ދަތުރުކުރި ދެކުނު އެފްރިކާ ނުވަ ވިކެޓުން ބަލިކޮށް، ނިއު ޒީލެންޑުން ފައިނަލަށް ދަތުރުކުރިއިރު، އިންޑިއާ އިން ޖެހިޖެހިގެން ދެ ވަނަ ފައިނަލުން ފުރުސަތު ހޯދީ ސެމީ ފައިނަލުގައި ވާދަވެރި ކުޅުމަކަށް ފަހު ހަތް ލަނޑުން އިންގްލެންޑް ބަލިކޮށްފަ އެވެ.

ފައިނަލަށް ނުކުންނައިރު، އިންޑިއާ އިން ވިސްނަން ޖެހޭ ތިން ކަމެއް އެބައޮތެވެ. ޓީ20 ވޯލްޑް ކަޕެއްގައި އިންޑިއާ އަށް އަދި ނިއު ޒީލެންޑް ބަލިކުރެވިފައިނުވެ އެވެ. އަމިއްލަ ގައުމުގައި ކުޅުނު ޓީމަކުން، ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްފައިނުވާއިރު، މިހާތަނަށް ނުވަ ފަހަރު ޓީ20 ވޯލްޑް ކަޕް ބޭއްވިއިރު، އެއްވެސް ޓީމަކަށް ތަށި ދިފާއުކުރެވިފައިނުވެ އެވެ.

އިންޑިއާ އަތުން މިދިޔަ އަހަރުގެ ޗެމްޕިއަންސް ޓްރޮފީ މުބާރާތުގައި ނިއު ޒީލެންޑް ވަނީ ތިން ފަހަރު ބަލިވެފަ އެވެ. ޓީ20 ވޯލްޑް ކަޕެއްގެ ފައިނަލުގައި މިހާތަނަށް ނިއު ޒީލެންޑުން ކުޅުނީ 2021 ވަނަ އަހަރު އެވެ. އެ ފަހަރު ފައިނަލުގައި އޮސްޓްރޭލިއާ އަތުން ވަނީ އަށް ވިކެޓުން ބަލިވެފަ އެވެ.

އެންމެ ފަހުން، 2024 ވަނަ އަހަރު ކެރީބިއަންގައި ކުރިއަށްދިޔަ، ޓީ20 ވޯލްޑް ކަޕް ފައިނަލުގައި އިންޑިއާ އިން ދެކުނު އެފްރިކާ ބަލިކުރިއިރު، މި ފަހަރުގެ މުބާރާތުގައި އިންޑިއާ އިން ވަނީ ސުޕަ 8 ބުރުގައި، 76 ލަނޑުން ދެކުނު އެފްރިކާ އަތުން ބަލިވެފަ އެވެ. އެއީ، މި ފަހަރުގެ މުބާރާތުގައި އިންޑިއާ ބަލިވި ހަމައެކަނި މެެޗެވެ.

ނަރެންދުރަ މޯޑީ ސްޓޭޑިއަމްގައި މިރޭ ކުޅޭ ފައިނަލަށް ނުކުތުމުގެ ކުރިން، އިންޑިއާގެ ކެޕްޓަން، ސޫރްޔަކުމާރު ޔާދަވް (ސްކައި) ބުނެފައިވަނީ، އެ ޓީމުގައި 2024 ވަނަ އަހަރުގެ ޓީ20 ވޯލްޑް ކަޕްގެ ކާމިޔާބީގައި ވެސް މުހިންމު ރޯލެއް އަދާކުރި ކުޅުންތެރިން އެބަތިބި ކަމަށެވެ. އަދި، ޕްރެޝަރު ވަގުތުތަކުގައި އެ ކުޅުންތެރިންނަށް ބަރޯސާވެވޭނެކަން ސާބިތުކޮށްދީފައިވާ ކަމަށް ސްކައި ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox