އިންގްލެންޑް ބަލިކޮށް އިންޑިއާ އިން ތަށި ދިފާއުކުރަން ޓީ20 ވޯލްޑް ކަޕް ފައިނަލަށް

Mar 6, 2026, 5:30 AM
އިންގްލެންޑް ބަލިކޮށް އިންޑިއާ އިން ތަށި ދިފާއުކުރަން ޓީ20 ވޯލްޑް ކަޕް ފައިނަލަށް

މުމްބާއި، އިންޑިއާ (މާޗް 6) - ފޯރިގަދަކޮށް ނިމިގެން ދިޔަ ސެމީ ފައިނަލް މެޗުން ހަތް ލަނޑުން އިންގްލެންޑް ބަލިކޮށް އިންޑިއާ އިން ޓީ20 ވޯލްޑް ކަޕްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އާދިއްތަ ދުވަހު ކުޅޭ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން، އިންޑިއާ އިން ކުޅޭނީ ނިއު ޒީލެންޑާ ދެކޮޅަށެވެ.

މަޝްހޫރު ވަންކެޑޭ ސްޓޭޑިއަމްގައި ރޭ ކުޅުނު ސެމީ ފައިނަލުގައި ޓޮސް ދިމާވުމުން އިންގްލެންޑުން ނިންމީ ހޮވާށެވެ. އިންޑިއާ އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 253 ލަނޑު ހެދި އެވެ. ސުޕަ 8ގެ ފަހު މެޗުގައި ރަނގަޅު ފޯމެއްގައި ކުޅެލި، އިންޑިއާގެ ސަންޖޫ ސެމްސަން މި މެޗުގައި ވެސް ތަފާތު ދެއްކި އެވެ. އޭނާ ނުބައިވީ، 42 ބޯޅަ އަށް 89 ލަނޑު ހަދާފައި ވަނިކޮށެވެ. ދެން، އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 25 ބޯޅައިން 43 ލަނޑު ހެދި ޝިވަމް ދޫބޭ އެވެ.

Advertisement

މި އިނިންގްސްގައި، އިންގްލެންޑްގެ ވިލް ޖެކްސް އާއި އާދިލް ރާޝިދު، ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނެގި އެވެ.

ޖަވާބުގައި ކުޅެން އަރައި އިންގްލެންޑުން 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިއަކު ނުބައިވިއިރު، ހެދުނީ 246 ލަނޑެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 48 ބޯޅައިން 105 ލަނޑު ހެދި ޖޭކަބް ބެތެލް އެވެ. އޭނާ އަކީ، އެންމެ ހަގު އުމުރުގައި ތިން ފޯމެޓްގައި، އިންގްލެންޑަށް ސައްތައެއް ފުރިހަަމަ ކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ.

މި އިނިންގްސްގައި، އިންޑިއާގެ ހާޑިކް ޕާންޑްޔާ ދެ ވިކެޓް ނެގިއިރު، އަކްސާ ޕަޓޭލް އާއި ޖަސްޕްރީތު ބުމްރާ ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

މިއީ، ޓީ20 ކްރިކެޓް ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބުކުރި އިންޑިއާ އިން ފައިނަލުގައި ކުޅޭ ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން، އިންޑިއާ މި ފޯމެޓްގައި ފައިނަލަކުން ބަލިވީ، 2014 ވަނަ އަހަރު ސްރީ ލަންކާ އަތުންނެވެ. ނިއު ޒީލެންޑުން މިހާތަނަށް ކުޅުނު ހަމައެކަނި ފައިނަލުން ވަނީ 2021 ވަނަ އަހަރު އޮސްޓްރޭލިއާ އަތުން ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox