މިލިޓާއޯގެ މޮޅު ގޯލާ އެކު ރެއާލްގެ ސައްތަ އިން ސައްތަ ރެކޯޑް ކުރިއަށް

Sep 20, 2025, 7:50 PM
މިލިޓާއޯގެ މޮޅު ގޯލާ އެކު ރެއާލްގެ ސައްތަ އިން ސައްތަ ރެކޯޑް ކުރިއަށް

މެޑްރިޑް (ސެޕްޓެމްބަރު 21) - ބްރެޒިލްގެ ޑިފެންޑަރު، އެޑާ މިިލިޓާއޯ ކާމިޔާބުކުރި މޮޅު ގޯލާ އެކު، 2-0 އިން އެސްޕަންޔޯލް ބަލިކޮށް، ސްޕެނިޝް ލީގުގެ އާ ސީޒަނުގައި ރެއާލް މެޑްރިޑުން ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައިފި އެވެ.

ސްޕެނިޝް ލީގުގެ އާ ސީޒަނުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، 15 ޕޮއިންޓާ އެކު، ރެއާލް އޮތީ ލީގުގެ އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އެސްޕަންޔޯލަށް ވަނީ ފަސް މެޗުން 10 ޕޮއިންޓް ލިބިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ރެއާލުން ލީޑުނެގީ 22 ވަނަ މިނިޓްގައި މިލިޓާއޯ ޖެހި ހިތްގައިމު ގޯލުންނެވެ. އޭރިއާބޭރުން މިލިޓާއޯ ޖެހި ބާރު ބޯޅަ ވަނީ ގޯލުގެ މަތީ ކަނުގައި ތަތްވެފަ އެވެ. މިއީ، އަނިޔާގެ މައްސަލަތަކުގެ ސަބަބުން ފޯމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ މިލިޓާއޯގެ ކޮންފިޑެންސް ރަނގަޅުކުރަން ބަލާއިރު މޮޅު ގޯލެކެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ ރެއާލުން ދެ ވަނަ ގޯލު ޖަހައި، ލީޑުފުޅާކުރި އެވެ. މި ލަނޑު ޖެހީ މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި ކީލިއަން އެމްބާޕޭ އެވެ. މެޗުގެ 47 ވަނަ މިނިޓްގައި އެސްޕަންޔޯލް ޑިފެންޑަރުން ހެދި ގޯހެއްގެ ފައިދާނަގައި، ރެއާލްގެ ވިނީޝިއުސް ޖޫނިއާ ދިން ބޯޅަ އެމްބާޕޭ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ. މިއީ މި ސިޒަނުގެ ހުރިހާ މުބާރާތަކަށް ބަލާއިރު، އެމްބާޕޭ ޖެހި ހަތް ވަނަ ގޯލެވެ. ލީގުގައި ޖެހި ހަ ވަނަ ގޯލެވެ.

މެޗަށް ފަހު، ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ ބުނީ، ހުރިހާ ކަމަކަށް ބަލާއިރު މި މެޗުގެ ނަތީޖާ ޕޮޒިޓިވް ކަމަށާއި އެކަމަކު މި އަށް ވުރެން ވެސް ރަނގަޅުކުރެވޭނެ ކަންކަން ފާހަގަކުރެވިފައިވާ ކަމަށެެވެ. އަދި، މި ވަގުތަށް ބަލާއިރު، ރެއާލުން އަންނަނީ މެޗުން މެޗަށް ކަންކަން ރަނގަޅުކުރަމުން ކަމަށް ވެސް އަލޮންސޯ ވަނީ ބުނެފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox