ދިވެހި ދައުލަތް އިޔަހޫދިކުރުން ހުއްޓުވަންޖެހޭ

ދިވެހި ދައުލަތް އިޔަހޫދިކުރުން ހުއްޓުވަންޖެހޭ

އިއްޔެ ނޫން އިހަށް ދުވަހު އަރަބި އިސްލާމީ ޤައުމެއްކަމަށްވާ ޤަތަރުގެ ވެރިރަށުގެ ސަރަހައްދަކަށް އިޒްރޭލުން ހަމަލާދޭން ބޭނުންވުމުން ހަމަލާދިނީއެވެ. މުޅި ދުނިޔޭގެ ގާނޫނުތަކާއި ހަމަތަކާއި އުސޫލުތަކާ ހިލާފަށެވެ. ހަމަ އެކަކަށް އެއްކަމެއް ވެސް ނުކުރެވުނެވެ. އާދޭހެވެ! އެއީ ޔަހޫދީންނެވެ. ޔަހޫދީންގެ ބާރުވެރިކަމެވެ. ޔަހޫދީންގެ މަކަރުވެރިކަމާއި ނުބައި އަނިޔާވެރިކަމެވެ. ނަމަވެސް އެބައިމީހުންގެ ނިމުން ހިތިވެ ބިމުން ލުހެވިދާތަން މާތް ﷲ ގެ ވާގިފުޅާއެކު ދިރިދުނިޔޭގައި ތިބި ބަޔަކަށް ނިކަން އަވަހަށް ދެއްކެވުމީ އެންމެންގެ ވެސް ދުއާއެވެ.

ޔަހޫދީންނަށް އެ ބާރުވެރިކަން ދުނިޔޭގައި ލިބުނީ އެބައިމީހުންގެ މަކަރުވެރިކަމާއި ނުރައްކާތެރިކަމާމެދު ދުނިޔޭގެ ގިނަ ބައިގަނޑަށް މީގެ ކުރިން ސަމާލުވާން އެނގިފައި ނެތީމައެވެ. ދިވެހި ބަހުގެ ބަސްފޮތުގައި، މަކަރާއި ހީލަތުގެ މާނަ ދެވޭ ލަފުޒެއްގެ ގޮތުގައި 'އިޔަހޫދި' މި ލަފުޒު އޮންނާތީ އަޅުގަނޑު ވަރަށް ވިސްނަމެވެ. އަޅުގަނޑަށް މިކަމުން އެނގުނު އެއްޗަކީ މާއިހުއްސުރެ އަހަރެމެންގެ ދިވެހި ކާބަފައިންގެ ކިބައިގައި ޔަހޫދީންގެ ހަގީގަތާމެދު ހޭލުންތެރިކަން ހުރިކަމުގެ ބޮޑުކަމާއި މިންވަރެވެ.

އެކަމަކު ސުވާލަކީ ޔަހޫދީންނާއި ޔަހޫދީންގެ ސިފަތައް އަހަރެމެން ޒުވާނުންނަށް އެނގޭ ބާވައެވެ؟ އަހަރެމެންގެ ސިޔާސީ ލީޑަރުންނަށް އެނގޭ ބާވައެވެ؟ ދިވެހި ދައުލަތަކީ އިސްލާމީ ދައުލަތެއްކަމަށް ފޮތެއްގައި ލިޔެގެން ތިއްބަސް އެތަނެއްގައި އިޔަހޫދިކަން އާންމުވެއްޖެނަމަ އެތަނެއް އިޔަހޫދި ތަނަކަށް ނޫނީ ވެދާނެ ބާވައެވެ؟

އަލްމާއިދާ ސޫރަތުގެ 78 ވަނަ އާޔަތާއި 79 ވަނަ އާޔަތަށް ފިކުރެއް ހިންގަވާށެވެ! "އިސްރާއީލުގެދަރިންގެ ތެރެއިން، ކާފިރުވި މީހުންނަށް ދާވޫދުގެފާނާއި، މަރްޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނުގެ ދޫފުޅުމަތިން ލައުނަތް ލައްވާފައިވެއެވެ. އެއީ އެމީހުން އުރެދުނު ކަމަށްޓަކައެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅައިދާކަމުގައި އެމީހުން ވީކަމަށްޓަކައެވެ. އެމީހުންކުރި ނުބައިކަންތައް، އެއްބަޔަކު އަނެއްބަޔަކަށް ނަހީކޮށެއް ނުއުޅެއެވެ. އެމީހުން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ!"

އެބަޔެއްގެ ނަބީބޭކަލުންގެ ދޫދޫފުޅުތަކުން ލައުނަތް ލެއްވުނު ޔަހޫދީންނަށް ލައުނަތް ލެއްވުނު ސަބަބެވެ. އުރެދުނީ އެކަންޏެއް ނޫނެވެ. އުރެދުމުގައި ހައްދުފަނައަޅާ ވެސް ދިޔައީއެވެ. އަދި އެގޮތަށް ނުބައިކަންކަން ކުރުމުގައި ހައްދުފަހަނައަޅާ ދާއިރު، އެކަންކަން އެއްބަޔަކު އަނެއްބަޔަކަށް މަނާކޮށް ވެސް ނޫޅެނީއެވެ.

ދަންނަވަންތޯއެވެ! އަހަރެމެން ދިވެހިންގެ ތެރޭގައި، މަސްތުވާތަކެތީގެ މައްސަލަތައް ހުރީ އެއުރެދުމުގައި ހައްދުފަހަނައަޅާފައެވެ. ވައްކަމާއި ކޮރަޕްޝަން ވެސް އޮތީ އެހެންނެވެ. ފާޅުގައި މާތް ﷲ ގަންދީ ހުވާކޮށްގެން ތިބެ ރައްޔިތުންގެ ކުރިމަތީގައި ދޮގުހެދުން ވެސް އޮތީ ހަމަ އެ ހިސާބުގައެވެ. ދެން އޭގެ އިތުރަށް އެވާހަކަތައް ދައްކާ ނޫސް މަޖައްލާތަކާމެދު ފިޔަވަޅުއަޅާ ބަންދުކުރުމުގެ މަގުތައް ކޮށަމުންދާއިރު، މިއީ މިއާޔަތުގައި މިހުރި ފަދަ އިޔަހޫދި ކަންކަމެއް ނޫންތޯއެވެ؟

ހަމަ މިގޮތަށް އަލްމާއިދާ ސޫރަތުގެ 62 ވަނަ އާޔަތާއި 63 ވަނަ އާޔަތް ވެސް ބައްލަވާލައްވާށެވެ. "އަދި އޭގެތެރެއިން ގިނަމީހުން ފާފަވެރިވުމާއި، ދެކޮޅުވެރިވުމާއި، ހަރާން މުދާ ކެއުމަށް އަވަސްވެގަންނަތަން، ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. އެމީހުން ކޮށްއުޅުނު އަމަލުތަކުގެ ނުބައިކަމާއެވެ. އެމީހުން ފާފަވެރި ބަސްތައް ބުނުމާއި، ހަރާން މުދާކެއުން ޔަހޫދީންގެ އަޅުވެރިންނާއި، އިލްމުވެރިން އެމީހުންނަށް މަނާކުރާނޭނަމަ ކޮންފަދަހެއްޔެވެ! އެމީހުން ކުރަމުންގެންދިޔަ ކަންތަކުގެ ނުބައިކަމާއެވެ!"

އިއްޔެ ކޮފީއެއް ބޯލާނެ މިންވަރު އަތުގައި ނެތް މީހުން ދައުލަތުގެ މަގާމުތަކާ ހަވާލުވެ އެކި ނަންނަމުގައި ނަގާ ރިޝްވަތާއެކު ބޮޑެތި މަހުޖަނުންނަށް ވަމުންދާ ކަމީ ހުރިހާ ދިވެހިން ދަންނަ ބޮޑު ސިއްރެވެ. އަދި އެބާވަތުގެ ކަންކަން އާންމުންގެ ސަމާލުކަމަށް ގެންނަ މީހުން އުލުބައިންދަން ގޮވުންފަދަ ފާފަވެރި ބަސްތައް ބުނުމަކީ މިއަދު ދިވެހި މުޖުތަމައުގައި އާންމުވެފައިވާ ކަމެކެވެ. އަހަރެމެންގެ "...އިލްމުވެރިން އެމީހުންނަށް މަނާކުރާނޭނަމަ ކޮންފަދަހެއްޔެވެ!"

ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ ފަޅާއަރުވާލުވުމުގެ މައްޗަށް ހިންގާ ނޫސްވެރިކަމަކީ، އެއީ އިސްލާމީ ދައުލަތެއްގައި ހުއްދަ ކަމެއްގެ ގޮތުގައި އޮންނަންޖެހޭ ކަމަކަށްވުރެ ވެސް މަތިވެރި ކަމެކެވެ. ކިއެއްތަ! އެއީ އިސްލާމީ ދައުލަތެއްގެ ވަސްމުޑިއެއްގެ ގޮތުގައި ނަގަހައްޓައި އެކަމަށް ތަރުހީބުދެވެން ޖެހޭ ކަމެކެވެ.

އެހެނީ އިންވެސްޓިގޭޓިވް ޖާނަލިޒަމަކީ އިސްލާމްދީނުގައި ހުރިހާ މުއުމިންތަކުންނަށް އަމުރުވެވިގެންވާ މުންކަރާތްތައް ނަހީކުރުމުގެ މަތިވެރި ދީނީ ވާޖިބުގެ ތެރޭގައި ހިމެނިފައިވާ ކަމެކެވެ. މީގެ ދަލީލަކީ އާލްޢިމްރާން ސޫރަތުގެ 104 ވަނަ އާޔަތެވެ. "ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް އަމުރުކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ."

ހެޔޮ ވެރިކަމެއްގެ ނިޒާމަށް ދިމާވާ އެންމެ ބޮޑު އެއް ނުރައްކަލަކީ ވައްކަމާއި ކޮރަޕްޝަންކަމީ މުސްލިމުންނާއި ޣައިރު މުސްލިމުންގެ ވެސް ހޭޖެހޭހާ ބަޔަކު ގަބޫލުކުރާ ހަގީގަތެކެވެ. އަދި އެބަލީގެ އެންމެ މުހިންމު ފަރުވާއާއި ހައްލުގެ ގޮތުގައި އެކަން ފަޅާއަރުވާލުވުމާއި އެކަމަށް އާންމުން ހޭލުންތެރިކުރުމަށް ހިންގޭ ނޫސްވެރިކަމުގެ ހަރަކާތްތަކަށްވުރެ މޮޅު އެހެން ހަތިޔާރެއް ނެތްކަމަށް ވެސް ކަމުގެ އެންމެހާ މާހިރުން އެއްބަސްވެއެވެ.

މިއާ ހިލާފަށް ހެޔޮ ކަންކަމަށް އަމުރުކުރުން މަނާކޮށް ނުބައިކަންކަން ކުރުމަށް އެއްބަޔަކު އަނެއްބަޔަކަށް ހިތްވަރުދިނުމާއި އެކަމުގެ މަގުތައް ކޮށުމަކީ މުނާފިގުންގެ ގޮތެވެ. ނިކަން އައްތައުބާ ސޫރަތުގެ 67 ވަނަ އާޔަތް ބައްލަވާށެވެ. "މުނާފިޤު ފިރިހެނުންނާއި، މުނާފިޤު އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ ތެރެއިންވާ ބަޔެކެވެ. އެމީހުން ނުބައިކަންތަކަށް އަމުރުކުރެއެވެ. އަދި އެމީހުން ހެޔޮކަންތައް ނަހީކުރެއެވެ."

ހެޔޮ ކަންތަކަށް އަމުރުކުރުމާއި ނުބައިކަންތައް މަނާކުރުމަކީ، ވާޖިބެއްކަމަށް އުންމަތުގެ އެންމެހާ އިލްމުވެރިން އިއްތިފާގުވެފައިވެއެވެ. އިމާމް އިބްނު ޙަޒްމު ވިދާޅުވެފައިވެއެވެ. "ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރުމަކީ ވާޖިބެއްކަމަށް މުޅި އުންމަތް އިއްތިފާގުވެއެވެ. އަދި އެކަމުގައި އެއިން އެކެއްގެ މެދުގައިވެސް ޚިލާފެއް އުފެދިފައި ނުވެއެވެ."

ޒަމާނީ ނޫސްވެރިކަން ހިމެނިގެންވަނީ ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުމުގެ އެންމެ އިފެކްޓިވް ވަސީލަތްތަކުގެ ތެރޭގައެވެ. މިކަމަށް ހަމަލާދީ ހުރަސްއެޅުމަކީ ޝަރުޢީ މި ވާޖިބާ ދިމާއަށް އިދިކީލިވެގަތުމުގެ އަމަލެކެވެ. އާލް ޢިމްރާން ސޫރަތުގެ 21 ވަނަ އާޔަތް ވިދާޅުވާށެވެ. "...މީސްތަކުންގެ ތެރެއިން އަދުލުވެރިކަމަށް އަމުރުކުރާ މީހުން ޤަތުލުކޮށް އުޅޭމީހުން (ދަންނާށެވެ!) ފަހެ، އެމީހުންނަށް ވޭންދެނިވި އަޒާބުހުރިކަމުގެ ޚަބަރު ކަލޭގެފާނު ދެއްވާށެވެ!"

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox