ފިޒިއޮތެރަޕީ ދުވަހުގެ ހަދިޔާއަކަށް ޓޯޓަލް ފިޒިއޯއިންދެނީ ޓްރީޓްމަންޓް ޕެކޭޖެއް

ފިޒިއޮތެރަޕީ ދުވަހުގެ ހަދިޔާއަކަށް ޓޯޓަލް ފިޒިއޯއިންދެނީ ޓްރީޓްމަންޓް ޕެކޭޖެއް

ފިޒިއޮތެރަޕީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަދިޔާއަކަށް ހަތް ދުވަހުގެ ޓްރީޓްމަންޓް ޕެކޭޖެއް ދިނުމަށް ޓޯޓަލް ފިޒިއޯއިން ނިންމައިފި އެވެ.

އެންމެ ޒަމާނީ ފިޒިއޮތަރަޕީގެ ހިދުމަތްދެމުން އަންނަ ޓޯޓަލްފިޒިއޯގެ ފަރާތުން ދޭ މި ޕެކޭޖް ދެނީ ބުރަކަށީގެ ތަދުތަކަށް ހާއްސަކޮށްގެންނެވެ.

ހަތް ދުވަހުގެ ޓްރީޓްމަންޓް ޕެކޭޖެއް ދިނުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު 8، ވާ އާދީއްތަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 18، ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

މި ޕެކޭޖްގެ ދަށުން ބުރަކަށީގެ ތަދުތަކަށް ފިޒިއޯތެރަޕީ ދޭންޖެހޭ ކަމުގައިވަނީނަމަ، ދޭންޖެހޭ އެންމެހައި ހިދުމަތްތަކެއް ކަވަރުކުރާނެ އެވެ. ނަމަވެސް، އެޑްވާންސްތެރަޕީގެ ދަށުން ފޯރުކޮށްދޭ ކްރަޔޯތެރަޕީ، ޝޮކްވޭވް ނުވަތަ ލޭޒާތެރަޕީ ދޭންޖެހޭކަމުގައި ވާނަމަ އެ ޕެކޭޖްގެ ދަށުން ކަވަރުކުރާނީ އެޑްވާންސްތެރަޕީގެ ދެ ސެޝަންކަމަށް ޓޯޓަލް ފިޒިއޯއިން ބުންޏެވެ.

ބުރަކަށީގެ ތަދުތަކަށް ދެވޭ ހަތް ދުވަހުގެ ޓްރީޓްމަންޓް ޕެކޭޖަކަށް އާއްމުގޮތެއްގައި އެވަރެޖްކޮށް ހަރަދުވަނީ 4،530ރ. އާއި 3،500ރ. ދެމެދެވެ. ނަމަވެސް، މި ޕެކޭޖްގެ ދަށުން ޕޭޝަންޓް ހަރަދުކުރަން ޖެހޭނީ 1،999ރ. އެވެ.

މިފަދަ ޕެކޭޖެއް ތައާރަފް ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖޭގައި ބުރަކަށީގެ މައްސަލަ ހުންނަ ފަރާތްތައް ގިނަވެފައި، ބުރަކަށީގެ ފަރުވާ އެކުލިނިކުން ބަޔަކު ހޯދަމުންދާތީކަމަށް ޓޯޓަލްފިޒިއޯއިން ބުންޏެވެ.

ޓޯޓަލްފިޒިއޯއަކީ އެންމެ ފުރަތަމަ ރާއްޖޭގައި އެޑްވާންސް ލޭޒާ ތެރަޕީ އަދި ކްރައޯތެރަޕީ ދޭންފެށި ކްލިނިކެވެ.

އެ ކްލިނިކުން ފިޒިއޯތެރަޕީގެ ހިދުމަތް ހޯއްދެވުމަށް ކޮންމެހެން ޑޮކްޓަރުގެ ލިޔުމެއް ބޭނުމެއްނުވާނެ އެވެ. އަދި ޑޮކްޓަރުގެ ލިޔުމެއް އޮތް ކަމުގައިވީ ނަމަވެސް އެއްވެސް ފަރުވާއެއް ދޭން ފަށާނީ ކޮންސަލްޓޭޝަނާއި އެސެސްމަންޓަށް ފަހު އެވެ.

ކޮންސަލްޓޭޝަނާއި އެސެސްމަންޓް ހަދާނީ އެ ޕޭޝަންޓަކަށް ފަރުވާދޭ ފިޒިއޯތެރަޕިސްޓެވެ.

ޓޯޓަލްފިޒިއޯއިން ދޭ ހިދުމަތްތަކާއި އަދި އަލަށް ތައާރްފް ކުރެވޭ އޮފާއާއި ގުޅޭގޮތުން އޮޅުން ފިލުވުމަށް ނުވަތަ ބުކިން ހެދުމަށް 3301700 އަށް ނުވަތަ 7661700 ގުޅައިގެން ކުރިއަށް ދެވޭނެ އެވެ. ނުވަތަ ވައިބާ ނަންބަރު 7661700 އަށް މެދުވެރިކޮށް މައުލޫމާތު ސާފުކޮށް އަދި އެޕޮއިންޓްމެންޓް ހެދޭނެ އެވެ.

ޓޯޓަލްފިޒިއޯ ކްލިނިކް ގާއިމްވެފައި ހުންނަނީ ހ.ސަކީނާ މަންޒިލް، 3 ވަނަ ފަންގިފިލާގަ އެވެ. ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 8، ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

11 ރަށެއްގައި އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކަށް

މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ރާއްޖޭގެ 11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް ކުންފުންޏާ މިއަދު ހަވާލުކޮށްފި. މިއީ އެއްގަމުގައި ހުންނަ އައިސްޕްލާންޓުތަކަށް ބަރޯސާވުން ކުޑަކުރުމަށް ސަރުކާރުން ކުރިން ގެންގުޅުނު ސިޔާސަތާ ތަފާތު ނިންމުމެއް.

ރިސޯޓު މަދު އަތޮޅުތަކުގެ ރަށްތަކުގެ އެކުއިޒިޝަން އަގު ހެޔޮކޮށްފި

މި ބަދަލާއެކު ރަށްތަކުގެ ބޭސް ރޭޓާއި ހެކްޓަރަކަށް ޖެހޭ އަގު ކުޑަކޮށްފައިވީ ނަމަވެސް، ފަޅުތައް ކުއްޔަށް ދޫކުރާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވޭ. ސަރުކާރުން މިފަދަ ލުއިތަކެއް ދީފައިވަނީ ރިސޯޓު ތަރައްގީކުރަން އިއުލާންކުރާ ރަށްތަކަށް އިންވެސްޓަރުން ލިބުން ދަތިވެފައިވާ ދަނޑިވަޅެއްގަ.

އެމްއެސް ފައިނޭންސްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލުކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެމްއެސް ފައިނޭންސްގެ ލައިސަންސް ހިފަހައްޓައި، އެ ކުންފުނި 500،000ރ. އިން އެމްއެމްއޭ އިން ޖޫރިމަނާކޮށްފި. އެފްއޭއެމްގެ ހިޔާނާތުގެ ފައިސާ ލޯންޑާކުރަން ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މި ކުންފުންޏަކީ، ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ފެށި މަސައްކަތުގެ ތެރެއިން ފިޔަވަޅު އެޅި ދެވަނަ މަނީ އެކްސްޗޭންޖު.

މެލޭޝިއާ އެއާލައިންސް ޓިކެޓުތަކުން ގްރީން ޓެކްސް ނަގަން ވިސްނަނީ

ތިމާވެއްޓާ ރައްޓެހި އޭވިއޭޝަން ފިއުލް (އެސް.އޭ.އެފް) ބޭނުންކުރުމަށް ހިނގާ ބޮޑު ހޭދަ ފޫބެއްދުމަށްޓަކައި، މެލޭޝިއާ އެއާލައިންސްގެ ޓިކެޓުތަކުން "ގްރީން ޓެކްސް" އެއް ނެގުމަށް އެ ކުންފުނިން ދަނީ ވިސްނަމުންނެވެ. މި ފިޔަވަޅަކީ 2050 ވަނަ އަހަރާ ހަމައަށް ޖައްވަށް ދޫކުރާ ކާބަން މަދުކުރުމަށް ކުރާ މަސައްކަތުގެ ބައެއް ނަމަވެސް، މީގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ އަގުތައް އުފުލިގެންދާނެއެވެ.

އެމްއެޗްއޭ މާޓް ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފި

އެމްއެޗްއޭގެ ފަސްވަނަ ފިހާރަ "އެމްއެޗްއޭ މާޓް" ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރުގައި މިދިޔަ ބުރާސްފަތި ދުވަހު ހުޅުވައިފިއެވެ. ދެ ބުރިއަށް ފަރުމާކޮށްފައިވާ މި ޒަމާނީ ފިހާރައަކީ ކާބޯތަކެއްޗާއި ދިރިއުޅުމުގެ ޒަރޫރީ ސާމާނު އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ލިބޭނެހެން ހުޅުވި ފިހާރައެކެވެ.

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

Newsletter

Get the latest news delivered straight to your inbox