ރޭ ލ. އަތޮޅުން ފުރައިގެން ހުވަދޫއަށް ދަތުރުކުރަނިކޮށް ގެއްލުނު "ކޮލަމާ" ބޯޓު ފެނިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެ ބޯޓު ފެނިފައިވަނީ އެކެފަރާ ސަރަހައްދުން ކަމަށާއި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. ބޯޓު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ 1:25 ގައި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
"ބޯޓުގެ ކެޕްޓަން ޕޮލިސް ލޯންޗުގައި ވިލިނގިލި ހޮސްޕިޓަލަށް ގެންދިއުމަށް ދަނީ ދަތުރު ކުރަމުން،" ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.
މި ހަބަރު ޝާއިއުކުރި ފަހުން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ކެޕްޓަން ވަނީ ނިޔާވެފަ އެވެ. މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

ކޮލަމާ ބޯޓު މިހާރު އޮތް ސަރަހައްދު --- ފޮޓޯ: ފޮލޯ މީ

ކޮލަމާ ބޯޓު ލ. އަތޮޅުން ފުރީ ރޭ 10:00 ހާއިރު އެވެ. މާލެ އިން މުދާ ހިފައިގެން އެކި ރަށްރަށަށް ދަތުރުކުރާ ކޮލަމާ ބޯޓު ފުރި ފަހުން އެއްވެސް ހަބަރެއް ނުވާތީ މިއަދު ސިފައިން ވެސް އެ ބޯޓު ހޯދަން މަސައްކަތް ކުރި އެވެ.
titledesc












